29 އޯގަސްޓް 2020
އެމެރިކާގެ މައިކްރޮސޮފްޓާއި އޮރޭކަލް ކޯޕަރޭޝަނުން ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން މަޝްވަރާކުރަމުން އަންނަނިކޮށް، މި ރޭހަށް އަނެއްކާ ވެސް އެމެރިކާގެ އިތުރު ކުންފުންޏެއް ނުކުމެއްޖެ އެވެ.
އެމެރިކާގެ މައިކްރޮސޮފްޓާއި އޮރޭކަލް ކޯޕަރޭޝަނުން ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން މަޝްވަރާކުރަމުން އަންނަނިކޮށް، މި ރޭހަށް އަނެއްކާ ވެސް އެމެރިކާގެ އިތުރު ކުންފުންޏެއް ނުކުމެއްޖެ އެވެ.
ވޮލްމާޓްގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ބުނީ ސުޕަމާޓްތައް ހިންގާ ކުންފުންޏެއްގެ ގޮތުގައި މަޝްހޫރު ވޮލްމާޓުން ޓިކްޓޮކް ގަންނަން ބިޑްކޮށްފައި ވަނީ މައިކްރޮސޮފްޓާ ޕާޓްނަޝިޕް ހަދާ ގޮތަށެވެ. އަދި މިކަން ކާމިޔާބު ވެސް ކުރެވޭނެ ކަމަށާއި ވޮލްމާޓްގެ ބޭނުމަކީ ޓިކްޓޮކް އޮޕަރޭޓްކުރުމުގައި އެމެރިކާގެ ބައިވެރިވުން ފުޅާކުރުން ކަމަށް ބުނެފައިވެ އެވެ.
މައިކްރޮސޮފްޓުން މި މަހުގެ 2 ވަނަ ދުވަހު އާންމުކޮށްފައިވާ ބަޔާނެއްގައިވާ ގޮތުން އެ ކުންފުނިން މަޝްވަރާކުރަމުން އަންނަނީ ޓިކްޓޮކްގެ އެމެރިކާ އާއި ކެނެޑާ އޮސްޓްރޭލިއާގެ އިތުރުން ނިއު ޒީލެންޑްގެ އޮޕަރޭޝަންސް ގަތުމަށެވެ.
އެމެރިކާގެ ޓްރަމްޕްގެ ސަރުކާރުން ޓިކްޓޮކް އެމެރިކާ އަށް ވިއްކައިލަން މަޖުބޫރުކޮށް، އެ މުއާމަލާތް ކޮޅެއްގައި ޖައްސަން ވަނީ 90 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 12 ގަ އެވެ. އަދި ޓިކްޓޮކް އެމެރިކާ އަށް ވިއްކާނުލައިފި ނަމަ އެ އެޕް އެމެރިކާގައި މަނާކުރާނެކަމުގެ އިންޒާރު ޓްރަމްޕްމް ވަނީ ދެއްވައިފަ އެވެ.
ވޮލްމާޓުން ޓިކްޓޮކްގެ މުއާމަލާތުގައި ހިއްސާވާން ނިންމާފައިވާ އިރު، އެ ކުންފުނީގެ ތަރުޖަމާނު ބީބީސީ އަށް ވިދާޅުވީ މައިކްރޮސޮފްޓާ ގުޅިގެން ޓިކްޓޮކް ހިންގުމުން، އެމެރިކާގެ ސަރުކާރުން ފާޅުކުރާ ކަންބޮޑުވުންތަކާއި ޖުމްލަކޮށް މުޅި ރައްޔިތުންނަށް ވެސް ޓިކްޓޮކް ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.
ޓިކްޓޮކަށް އެމެރިކާ އަށް ފިއްތުންތައް ކުރިމަތިކުރަމުންދާ އިރު، ޓިކްޓޮކްގެ އޮޕަރޭޝަންސް ހޯދުމަށް ޓްވިޓާ އާއި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ރިލައިންސް ގްރޫޕުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. ޖޫން މަހުގެ ފަހުކޮޅު ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާ އިން ވަނީ މަނާކޮށްފަ އެވެ.
އެމެރިކާ އިން ކުރިމަތިކުރަމުންދާ ޕްރެޝަރާ ގުޅިގެން ޓިކްޓޮކުން މިދިޔަ ހޯމަ ދުވަހު އެމެރިކާ ސަރުކާރަށް ދައުވާކޮށްފައިވާ އިރު، ޓިކްޓޮކްގެ ސީއީއޯ އާއި ބައިޓްޑާންސްގެ ސީއޯއޯގެ މަގާމުގައި ހުރި އެމެރިކާގެ ކެވިން މޭޔާ ވަނީ ބުރާސްފަތި ދުވަހު މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ޓްވިޓާ، އެފްބީ އަދި ގޫގުލް އަށް ޓްރަމްޕް ދައުވާކުރަނީ
ޓްރަމްޕްގެ އެފްބީ އާއި އިންސްޓަ އަދިވެސް ދެވޭކަށް ނެތް
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
ޓިކްޓޮކް ވިއްކައިލަން ދިން މުހުލަތު 90 ދުވަހަށް
ޓިކްޓޮކާއި އިންޑިއާގެ ރިލަޔަންސް މަޝްވަރާގައި
މައިކްރޮސޮފްޓުން ޓިކްޓޮކާ އުޅޭތީ ގޭޓްސްގެ ފާޑުކިޔުން
ޓިކްޓޮކާއި ވީ ޗެޓާ ދެކޮޅަށް ޓްރަމްޕުގެ އަމުރެއް
ޓިކްޓޮކަށް ޓްރަމްޕްގެ ސުންގަޑިއެއް