12 މެއި 2021
ޗައިނާގެ ޓިކްޓޮކްގެ ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަނުގައި ކެނެޑާ މީހެއްގެ އަޑު ބޭނުންކުރާތީ އެ މައްސަލާގައި އެމެރިކާގެ ނިއު ޔޯކްގެ ކޯޓެއްގައި ދައުވާކޮށްފި އެވެ.
ޗައިނާގެ ޓިކްޓޮކްގެ ޓެކްސްޓް-ޓު-ސްޕީޗް ފަންކްޝަނުގައި ކެނެޑާ މީހެއްގެ އަޑު ބޭނުންކުރާތީ އެ މައްސަލާގައި އެމެރިކާގެ ނިއު ޔޯކްގެ ކޯޓެއްގައި ދައުވާކޮށްފި އެވެ.
އެ މައްސަލާގައި ދައުވާކުރަނީ ވޮއިސް-އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ ބޭވް ސްޓޭންޑިން އެވެ. އޭނާ ބުނި ގޮތުގައި ޓިކްޓޮކްގެ އުތުރު އެމެރިކާގެ ވާޝަނުގައި ބޭނުން ކުރަނީ 2018 ގައި، ޗައިނާގެ ސަރުކާރުގެ ބައިވެރިވުން އޮންނަ ޗައިނީޒް އިންސްޓިޓިއުޓް އޮފް އެކޯސްޓިކަށް އޭނާ ރެކޯޑްކޮށްދިން އަޑުތަކެވެ. އެތަނަށް ބޭވް ތަރުޖަމާއެއްގެ ގޮތުގައި 10،000 ޖުމްލަ ރެކޯޑްކޮށް ދީފައިވެ އެވެ.
ނަމަވެސް އެ އަޑުތައް ހިމަނައިގެން ޓިކްޓޮކްގައި ބޭނުންކުރެވޭ ގޮތް ހަދާފައި ހުރިކަން އެނގުމުން ވަރަށް ބޮޑު ޝޮކެއް ލިބުނު ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި އަމިއްލަ އަޑު ބޭނުންކޮށްގެން ހުތުރު ބަސްތަކާއި އެ ނޫން ވެސް ބަސްތައް ވެސް ހިމެނޭ ގޮތަށް ޓިކްޓޮކްގައި ވީޑިއޯތައް ހިމަނާފައިވާ ކަމަށެވެ.
"އަހަރެންގެ އަޑަކީ އަހަރެންގެ އަމިއްލަ ހައްގެއް. އަހަރެންގެ އަޑު ބޭނުންކޮށްގެން ހަޑިހުތުރު އެއްޗެހި ކިޔުމަކީ އަހަރެންގެ އަބުރަށް ދެވޭ ގެއްލުމެއް. އަދި މިކަމުގެ ސަބަބުން އަހަރެންގެ އަމިއްލަ މަސައްކަތަށް ހުރަސް އެޅޭނެ،" ބޭވް ވުންޏެވެ.
އޭނާ ބުނީ ޗައިނީޒް އިންސްޓިޓިއުޓް އޮފް އެކޯސްޓިކަށް އަޑު ރެކޯޑްކޮށްދިނީ އެހެން ބަޔަކަށް ބޭނުންކުރެވޭ ގޮތަށް ނޫން ކަމަށެވެ.
"މީހެއްގެ އަޑު ބޭނުން ކަމަށްވަންޏާ އެކަމަށް އަގު ވެސް ދޭން ޖެހޭނެ. ޓިކްޓޮކުން އަމަލު އެ ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް،" ބެވް ބުންޏެވެ. "އެ އެޕުން އެ ކުރާ ކަމަކުން އަހަރެންގެ މަސައްކަތް ހުއްޓި ކްލައިޓުން އަހަރެންނެ ބޭނުން ހިފުން ވެސް ހުއްޓައިލަފާނެ. އެހެންވެ ދައުވާކުރަން ނިންމީ."
މިކަމާ ބެހޭ ގޮތުން އޭނާގެ ވަކީލު ރޮބަޓް ޝިގްލިމްޕަގްލިއާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އެހީގައި ކޮންމެ މީހެއްގެ އަޑު ވެސް ނަކަލުކުރެވިދާނެ ކަމަށެވެ.
"މީގައި އެންމެ ބޮޑު މައްސަލަ އަކީ މީހަކު ކާންބޯން ކުރާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް މީހެއްގެ އަޑު ހުއްދައަކާ ނުލައި ބޭނުންކުރުން." އޭނާ ވިދާޅުވި އެވެ.
ޓިކްޓޮކަށް ދައިވާކުރާ މައްސަލާގައި އެ އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
ޓެކުހަށް މަކަރު ހެދުމުން 210 މިލިއަންގެ ޖޫރިމަނާއެއް
"ޖޯނަސް ބްރަދާސް" ގެ ވީޑިއޯއެއްގައި ރައީސް ބައިޑެން
ސީއެންއެން އިން ކްރިސް ކުއޯމޯ ވަކިކޮށްފި
ކަމިލަ އާއި މެންޑޭޒްގެ ލޯބީގެ ގުޅުމުގައި ސިއްކަ
ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ކިމް ކާޑޭޝަން ހެދުންއެޅިގޮތުން ނުޖަހާ ޖޯކެއް ނެތް
އެންމެ މަގުބޫލު ސިޓީ އަކީ ސެން ފްރާންސިސްކޯ
ޖޭލޯގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ