22 ޑިސެމްބަރ 2021
ލައިވް ސްޓްރީމްކޮށް އެކި ކަހަލަ ސާމާނު ވިއްކައިގެން މަޝްހޫރުކަން ހޯދާފައިވާ ޗައިނާގެ ސެލެބްރިޓީ އަކު އާމްދަނީގެ ޓެކްހަށް މަކަރު ހަދާފައިވާތީ 1.34 ބިލިއަން ޔުއާން (210 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކޮށްފި އެވެ.
ލައިވް ސްޓްރީމްކޮށް އެކި ކަހަލަ ސާމާނު ވިއްކައިގެން މަޝްހޫރުކަން ހޯދާފައިވާ ޗައިނާގެ ސެލެބްރިޓީ އަކު އާމްދަނީގެ ޓެކްހަށް މަކަރު ހަދާފައިވާތީ 1.34 ބިލިއަން ޔުއާން (210 މިލިއަން ޑޮލަރު) އިން ޖޫރިމަނާ ކޮށްފި އެވެ.
ވިޔާގެ ނަމުން މަޝްހޫރު ހުއާންގް ވީ އަށް ބޮޑު ޖޫރިމަނާއެއް އައީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުގެ އާމްދަނީ އާއި އޭނާ އަށް މާލީ ގޮތުން ލިބެމުން އަންނަ ފައިދާއާ ބެހޭ އިތުރު މައުލޫމާތުތައް ސިއްރުކޮށް، ކަމާ ބެހޭ ފަރާތްތަކުން ތަކުރާރުކޮށް އެދުމުން ވެސް މައުލޫމާތު ހާމަކުރަން ދެކޮޅު ހެދުމުން ކަމަށް މީޑިއާތަކުން ބުންޏެވެ.
އެތައް ހާސް ފޮލޯވަރުން ތިބި ވިޔާ އަށް އައި ޖޫރިމަނާއާ ގުޅިގެން ޗައިނާގެ މަޝްހޫރު ސޯޝަލް ޕްލެޓްފޯމް، ވެއިބޯގައި އޭނާ ބުނީ ޖޫރިމަނާ ބަލައިގަންނަ ކަމަށާއި "މައާފަށް ވެސް އެދޭ" ކަމަށެވެ.
ޗައިނާގެ މީޑިއާތަކުން ބުނި ގޮތުގައި 36 އަހަރުގެ ވިޔާ އަކީ ޗައިނާގެ ސެލެބްރިޓީންގެ ތެރެއިން އޮންލައިން ވިޔަފާރީން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެކެކެވެ. އެކަމާ ހުރެ އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ "ލައިބް-ސްޓްރީމް ކްއީން" ގެ ގޮތުގަ އެވެ. ވިޔާ އަކީ ލައިވް-ސްޓްރީމްގައި އުފެއްދުންތައް އަމިއްލަ އަށް ތަޖުރިބާކޮށް އެ އެއްޗެހި ރިވިއު ވެސް ކޮށްދޭ މީހެކެވެ.
އޭނަގެ މި ވިޔަފާރީގެ ކާމިޔާބީގެ ސަބަބުން މި އަހަރު "ޓައިމް" މެގަޒިނުން ގެނެސްދިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުން ވެސް ޖާގަ ލިބުނެވެ.
ވިޔާ.
އޮންލައިން ވިޔަފާރި ޕްލެޓްފޯމް، ޓައޮބޯއާގައި ވިޔާ ވަރަށް ގިނަ އެއްޗެހި ވިއްކަ އެވެ. އޭގެ ތެރޭގައި އެކި ބާވަތުގެ ނޫޑްލްސް އާއި ރީތިވާ ސާމާނާއި އެ ނޫން ވެސް އެތައް އެއްޗެއް ހިމެނެ އެވެ.
ވިޔާގެ އިތުރުން އާމްދަނީގެ ޓެކްހަށް މަކަރު ހަދައިގެން ޗައިނާގެ އެހެން ދެ ސެލެބްރިޓީއަކު ވެސް ޖޫރިމަނާކޮށްފައިވެ އެވެ. އެއީ 10.2 މިލިއަން ޖޫރިމަނާކުރި ޒޫ ޗެންހުއީ އާއި 4.3 މިލިއަން ޑޮލަރުން ޖޫރިމަނާކުރި ލިން ޝަންޝަން އެވެ. އެ ދެ މީހުންގެ ވެއިބޯ އެކައުންޓްތައް ވެސް ބްލޮކްކޮށްފައިވެ އެވެ.
މީހެއްގެ އަޑު ބޭނުންކުރާތީ ޓިކްޓޮކަށް ދައުވާކޮށްފި
ޓިކްޓޮކްގައި 100 މިލިއަން ހަމަކޮށްގެން ރެކޯޑެއް
މިއީ ދެ މީހުންނެއް ނޫން
އިމޯޖީއަކުން ޖަވާބު ދިނުމުން ވަޒީފާ ގެއްލިއްޖެ
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އެންމެ ގިނައިން ޓެކްސް ދެއްކި ސެލެބްރިޓީއަކީ ޝާހު
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް
ބޮޑު ޖަވާހިރެއް ގެންގުޅޭ ވާހަކަ ތަމަންނާ ދޮގުކޮށްފި
ވިޖޭއަށް އިންސްޓައިން މިލިއަނަކަށް ވުރެ ގިނަ ފޮލޯވާސް