ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އެމެރިކާގެ މަޝްހޫރު މީޑިއާ ޕާސަނަލިޓީ ކައިލީ ޖެނާ އިންސްޓަގްރާމުން އޭނާގެ ލޯބިވެރިޔާ އަދި ހޮލީވުޑްގެ އެކްޓަރު ޓިމޮތީ ޝެލަމޭއަށް އިއްޔެ ފޮލޯކޮށްފި އެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން އެމެރިކާގެ މަޝްހޫރު މީޑިއާ ޕާސަނަލިޓީ ކައިލީ ޖެނާ އިންސްޓަގްރާމުން އޭނާގެ ލޯބިވެރިޔާ އަދި ހޮލީވުޑްގެ އެކްޓަރު ޓިމޮތީ ޝެލަމޭއަށް އިއްޔެ ފޮލޯކޮށްފި އެވެ.
ޓިމޮތީއާއެކު، ކައިލީ މިހާރު އިންސްޓަގްރާމުން ފޮލޯކުރަނީ 119 މީހަކަށެވެ. ކައިލީއަށް ފޮލޯކުރާ 393 މިލިއަނަށް ވުރެ ގިނަ މީހުން އިންސްޓަގްރާމްގައި ތިބެ އެވެ.
ގާތްގަނޑަށް 20 މިލިއަނެއްހާ ފޮލޯވާސް ތިބި ޓިމޮތީ އޭނާގެ އިންސްޓަގްރާމުން އެއްވެސް މީހަކަށް އަދި ފޮލޯއެއް ނުކުރެ އެވެ.
ޓިމޮތީ އާއި ކައިލީ ރަށްޓެހިވީ 2023 ވަނަ އަހަރު އެވެ. ރަށްޓެހިވި ފަހުން ދެމީހުން އެކުގައި ވަރަށް ގިނަ އިވެންޓުތަކުން ފެނިފައިވެ އެވެ. އެންމެފަހުން ބޭއްވި އޮސްކާ އެވޯޑު ހަފުލާއަށް ވެސް ދެމީހުން އެކުގައި ދިޔަ އެވެ.
ކައިލީ އާއި ޓިމޮތީ އެންގޭޖުވާން އުޅޭކަމުގެ އަޑުތަކެއް ވެސް މިދިޔަ މާޗު މާހު ފެތުރުނެވެ. ޓިމޮތީ ވަނީ ފްރާންސުގެ ޑިޒައިނަރަކު ލައްވައި، 150 ޖަވާހިރުން ޖަރީކޮށްފައިވާ 300،000 ޑޮލަރުގެ އަނގޮޓިއެއް ފަރުމާކުރަން ވެސް ހަވާލުކޮށްފައިވެ އެވެ.
އެއީ، އޭނާ ކައިލީއަށް ޕްރޮޕޯސްކުރަން ފަރުމާކުރާ އަނގޮޓިއެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކާންޔޭ 24 ގަޑިއިރަށް އިންސްޓަގްރާމުން ބޭރުކޮށްލައިފި
ކައިލީ އަށް އިންސްޓަގްރާމުން އާ ރިކޯޑެއް
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި
ޖޭލޯގެ ކުރީގެ ލޯބިވެރިޔާގެ ފޮޓޯތައް ގެއްލިއްޖެ
އަދިތުޔަގެ އިންސްޓަގްރާމްގައި ކާކުގެ އަތެއް؟
ޕެން ބޭޖްލީ "ކަހޯނާ ޕިޔާރު ހޭ"އަށް ނަށަނީ؟
އަގުބޮޑު އަނގޮޓިއެއްދީ ޓިމޮތީ އާއި ކައިލީ އެންގޭޖުވަނީ
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
ތުރިޕްތީގެ އިންސްޓަ ފޮލޮވާސްގެ އަދަދު ދެ މިލިއަނަށް