Roadha Mihaaru

300،000 ޑޮލަރުގެ އަނގޮޓިއަކާ އެކު ޓިމޮތީ، ކައިލީ ގާތުގައި އިންނަން އަހަނީ

ހޮލީވުޑްގެ އެކްޓަރު ޓިމޮތީ ޝެލަމޭ 300،000 ޑޮލަރުގެ އަގުބޮޑު އަނގޮޓިއަކާ އެކު، އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާގެ މަޝްހޫރު މީޑިއާ ޕާސަނަލިޓީ ކައިލީ ޖެނާ ގާތުގައި އިންނަން އަހަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަގުބޮޑު އަނގޮޓިއެއްދީ ޓިމޮތީ އާއި ކައިލީ އެންގޭޖުވަނީ

ހޮލީވުޑްގެ އެކްޓަރު ޓިމޮތީ ޝެލަމޭ 300،000 ޑޮލަރުގެ އަގުބޮޑު އަނގޮޓިއަކާ އެކު، އޭނާގެ ލޯބިވެރިޔާ އަދި އެމެރިކާގެ މަޝްހޫރު މީޑިއާ ޕާސަނަލިޓީ ކައިލީ ޖެނާ ގާތުގައި އިންނަން އަހަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔޫއެސް ސަން އިން، ޓިމޮތީގެ ގާތް ރައްޓެއްސަކާ ހަވާލާދީ ބުނީ އޭނާ ކައިލީއަށް ޕްރޮޕޯސްކުރަން ތައްޔާރުވަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި އެ މީހުން ވަރަށް އަވަހަށް އެންގޭޖުވާނެ ކަމަށާއި ކައިލީ އަށް ދޭން 300،00 ޑޮލަރުގެ އަގުބޮޑު އަނގޮޓިއެއް ވެސް ޓިމޮތީ ބަލާފައިވާ ކަމަށް އެ ނޫހުގައި ބުންޏެވެ.

އެ ނޫހުގައި ބުނި ގޮތުގައި، އެއީ ފްރާންސުގެ ޑިޒައިނަރަކު ތައްޔާރުކޮށްދޭ، 150 ޖަވާހިރުން ޖަރީކޮށްފައިވާ އަނގޮޓިއެކެވެ. އެ މީހުންގެ އެންގޭޖުމަންޓް ބާއްވަނީ ޕެރިސްގަ އެވެ.

އެ އަނގޮޓި ތައްޔާރުކޮށް ނިމެން ހަ ހަފުތާ ވަރު ހޭދަވާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ޓިމޮތީ އާއި ކައިލީ ރަށްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެ އެވެ. ރަށްޓެހިވި ފަހުން ދެމީހުން އެކުގައި ވަރަށް ގިނަ އިވެންޓުތަކުން ފެނިފައިވެ އެވެ. އެންމެފަހުން ބޭއްވި އޮސްކާ އެވޯޑު ހަފުލާއަށް ވެސް ދެމީހުން އެކުގައި ދިޔަ އެވެ.