02 ޖެނުއަރީ 2025
ހޮލީވުޑްގެ އެކްޓަރު އާރޮން ޓޭލާ ޖޯންސަން އޭނާގެ އަންހެނުންނާ އެކު އާ އަހަރު ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ހޮލީވުޑްގެ އެކްޓަރު އާރޮން ޓޭލާ ޖޯންސަން އޭނާގެ އަންހެނުންނާ އެކު އާ އަހަރު ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
އާރޮން އާއި އޭނާގެ އަންހެނުން، ފިލްމު ޑައިރެކްޓަރު ސޭމް އާރޮން ޖޯންސަން ތިބީ ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ރިސޯޓުގަ އެވެ.
މި ދަތުރުގެ ބައެއް ފޮޓޯތައް އާރޮން ވަނީ އޭނާގެ އިންސްޓަގްރާމްގައި އިއްޔެ ހިއްސާކޮށްފަ އެވެ.
"އަ ލިޓުލް ބްރޭކް އިން ޕްރެޑައިސް،" އާރޮންގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
އެ ޕޯސްޓުގައި ހިއްސާކުރި ބައެއް ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ދެމަފިރިން ވަނީ ފީނަން ވެސް ގޮސްފަ އެވެ. ރިސޯޓުގެ އެކި ތަންތަނުގައި ނަގާފައިވާ ފޮޓޯތައް ވެސް އެ ޕޯސްޓުގައިވެ އެވެ.
އާރޮންގެ އަންހެނުން ސޭމް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނީ އޭނާ ފީނަން ދަސްކުރީ ވެސް މި ދަތުރުގައި ކަމަށެވެ. އެއީ ކުރިން އޭނާ ވަރަށް ބިރުގަންނަ ކަމެއް ކަމަށް ވެސް ބުންޏެވެ.
"މިއީ 2024 ނިންމާލަން އެންމެ ސަޅި ގޮތް. ބިރަކާއި ކުރިމަތިލާ ފީނަން ވެސް ދަސްކޮށްފިން. މިޔަރުތަކާ އެއްކޮށް ފަތައި، ނީމޯ ވެސް ހޯދައިފިން،" ސޭމްގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
މާވެލްގެ ފިލްމުތަކުގައި ކުއިކްސިލްވާގެ ރޯލު ކުޅުނު އާރޮންގެ އެންމެފަހުގެ ފިލްމަކީ މިދިޔަ މަހު 10 ގައި ނުކުތް "ކްރޭވަން ދަ ހަންޓާ" އެވެ. އެ ފިލްމުގެ ޕްރިމިއާއަށް އެމެރިކާގެ ނިއު ޔޯކުގައި ބޭއްވި އިވެންޓުގައި ވެސް އޭނާގެ އަންހެނުންނާއި ދެ ކުދިން ވެސް ބައިވެރިވި އެވެ. އެއީ ރެޑްކާޕެޓް އިވެންޓަކަށް އެ އާއިލާ އެކުގައި ދިޔަ ފުރަތަމަ ފަހަރެވެ.
ނަމަވެސް "ކްރޭވަން ދަ ހަންޓާ"އަށް ހީކުރިވަރުގެ ތަރުހީބެއް ނުލިބި ވަނީ ފްލޮޕްވެފަ އެވެ.
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
ދުއާ ލިޕާ އެންގޭޖުވީތަ؟
ޖާންވީ އާއި ހުޝީއާ އެކު ވެދަންގް ވެސް ރާއްޖެއަށް
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ޓޭޓަމް އާއި ޒޯއީ އެންގޭޖުވެއްޖެ
ކްރިސް އެވަންސް ވަރަށް ސިއްރުން ކައިވެނިކޮށްފި
ބްރިޓްނީގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށްފި
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި