Roadha Mihaaru

ރޯޒްމަންޑް ތިންވަނަ ފަހަރަށް ރާއްޖެއަށް

އިނގިރޭސި އެކްޓްރެސް ރޯޒްމަންޑް ޕައިކް ތިންވަނަ ފަހަރަށް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ރޯޒްމަންޑް ތިންވަނަ ފަހަރަށް ރާއްޖެއަށް

އިނގިރޭސި އެކްޓްރެސް ރޯޒްމަންޑް ޕައިކް ތިންވަނަ ފަހަރަށް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ހޮލީވުޑްގެ ފިލްމުތަކުގައި މަސައްކަތްކުރާ އަދި އެމެޒަން ޕްރައިމް ވީޑިއޯ އިން މިހާރު ގެނެސްދެމުން އަންނަ މަޝްހޫރު ފެންޓަސީ ސީރީޒް "ދަ ވީލް އޮފް ޓައިމް"ގެ އެކްޓްރެސް ރޯޒްމަންޑް ޗުއްޓީ ހޭދަކުރަމުން އަންނަނީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ.

މި ދަތުރުގެ ވީޑިއޯއެއް އޭނާ ވަނީ އިންސްޓަގްރާމްގައި މިއަދު ޕޯސްޓުކޮށްފަ އެވެ.

އެ ޕޯސްޓުގައި ރޯޒްމަންޑް ބުނީ މާހައުލު ބަދަލުކޮށްލަން ލަންޑަނުން ފުރައިގެން ޗުއްޓީއަށް ރާއްޖެ އައުމާ އެކު އޭނާއަށް ވަރަަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ. ޕަޓީނާ މޯލްޑިވްސް އަށް އޭނާ އައި މިއީ ތިންވަނަ ފަހަރު ކަމަށް ވެސް ބުންޏެވެ.

އޭނާގެ އެންމެފަހުގެ ފިލްމު "ސޯލްޓްބާން"ގައި ކުޅުނު އެލްސްޕެތުގެ ރޯލަށް ތައްޔާރުވި ދުވަސްވަރު އަރާމުކޮށްލަން އެ ރިސޯޓަށް އައި ކަމަށާއި އެކަމަކު މިފަހަރު މި އައީ މަސައްކަތް ކޮށްކޮށް އަވަދިވެގެން ކަމަށް އޭނާ ބުންޏެވެ.

އޭނާ ލީޑު ރޯލެއް ކުޅޭ "ވީލް އޮފް ޓައިމް"ގެ ތިންވަނަ ސީޒަންގެ ފަހު އެޕިސޯޑު ސްޓްރީމްކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރާއްޖެއަކީ ސުވަރުގެއެއް ފަދަ ތަނެއް ކަމަށާއި މޫދަށް އެރި ވަގުތު ހޭދަކޮށްލުމާ އެކު އޭނާގެ އުދާސްތައް ފުހެވިގެން ހިނގައްްޖެ ކަަމަށް ވެސް ރޯޒްމަންޑް ބުންޏެވެ.

"ގޯން ގާލް" އާއި "ޖެކް ރީޗާ" ކަހަލަ މަޝްހޫރު ފިލްމުތައް ކުޅެފައިވާ ރޯޒްމަންޑްގެ ވީޑިއޯގައި ވަނީ އޭނާ ކޯމަސް ބަލަން ގޮސް އުޅޭ ތަނާއި ރިސޯޓުގައި ބައިސްކަލް ދުއްވާ ތަނާއި މަޑިއެއް ކައިރީގައި ފީނާ މަންޒަރު ހިމަނައިފަ އެވެ. އަދި ޖެޓްސްކީ ދުއްވާ މަންޒަރާއި ފުޅި އަޅައިގެން ފީނާ ވީޑިއޯއެއްގެ އިތުރުން ކަނޑުއަޑި އާއި އިރުއޮއްސޭ ރީތި މަންޒަރު ވެސް ހިމަނާފައިވެ އެވެ.