20 ޑިސެމްބަރ 2021
ކޮވިޑް-19 ގެ ވެކްސިން ޕްރޮމޯޓްކުރުމުގެ ގޮތުން، އެމެރިކާގެ ތިން ބެއިން ހިމެނޭ ބޭންޑް "ޖޯނަސް ބްރަދާޒް" ވީޑިއޯއެއްގައި ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައިގެންފި އެވެ.
ކޮވިޑް-19 ގެ ވެކްސިން ޕްރޮމޯޓްކުރުމުގެ ގޮތުން، އެމެރިކާގެ ތިން ބެއިން ހިމެނޭ ބޭންޑް "ޖޯނަސް ބްރަދާޒް" ވީޑިއޯއެއްގައި ރައީސް ޖޯ ބައިޑެން ބައިވެރިވެވަޑައިގެންފި އެވެ.
ޓިކްޓޮކަށް ހެދި އެ ވީޑިއޯ އިންސްޓަގްރާމާއި ޓްވިޓާގައި ވެސް އާންމުކޮށްފައިވާ އިރު، އޭގައި ފެންނަނީ ވައިޓް ހައުސްގެ އެކި ދިމަދިމާލުގައި ތިބެގެން ބޭންޑްގެ ތިން މެމްބަރުން ވެކްސިންއާ ގުޅޭ ވާހަކަތަކެއް ވަރަށް ފޯރީގައި މަޖާ ގޮތަކަށް ދައްކާ ތަނެވެ. އަދި ރައީސަކީ ކާކުތޯ އަހައި އެއީ ބައިޑެން ކަމަށް ވެސް ބުނެ އެވެ.
ތިން ބެއިންނަކީ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ ނިކް ޖޯނަސް އާއި އޭނަގެ ބޭބެއިން ކަމަށްވާ ޖޯ އާއި ކެވިން ޖޯނަސް އެވެ. ޖޯ އަކީ "ގޭމް އޮފް ތުރޯންސް" ގެ ރޯލެއް ކުޅުނު ބަތަލާ ސޯފީ ޓާނާގެ ފިރިމީހާ އެވެ.
ވީޑިއޯ ނިމޭ ތަނުން ފެންނަނީ ބައިޑެން ފޯނުން ތިން ބެއިން ވީޑިއޯ ކުރައްވަން ހުއްޓިވަޑައިގެން ވެކްސިން ޖަހާފައިވާ ކަމަށް ވިދާޅުވާ ތަނެވެ. "ޖޯނަސް ބްރަދާސް" ގެ އިންސްޓަގްރާމްގައި ވީޑިއޯ ޕޯސްޓްކޮށްފައި އިނީ ޕޯޓަސް އެކައުންޓް ޓެގްކޮށް "އޭ ޔޫ" ޖަހައިފަ އެވެ.
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
އިންސްޓަގްރާމްގައި ޕްރިޔަންކާ ފަހަތަށް ޖައްސާލައިފި
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ބައިޑެންގެ އަމިއްލަ އޮފީހުން ސިއްރު ލިޔުންތަކެއް
އެމެރިކާއިން ކޮވިޑްގެ ވަބާއީ ހާލަތު ފިލައިފި: ބައިޑެން
ދެކުނު ކޮރެއާ- އެމެރިކާއަސްކަރީ ފަރިތަކުރުން ފުޅާކުރަނީ
ޕްރިޔަންކާގެ ނަމުން "ޖޯނަސް" އުނިކޮށްފި