10 ޖެނުއަރީ 2023
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އަމިއްލަ އޮފީހެއްގެ ގޮތުގައި ބޭނުންކުރެއްވި އިމާރާތެއްގެ ތެރެއިން، އެމެރިކާ ސަރުކާރުގެ ރަސްމީ ސިއްރު ލިޔުންތަކެއް ފެނުނު މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އެ މަގާމަށް ވަޑައިގަތުމުގެ ކުރިން އަމިއްލަ އޮފީހެއްގެ ގޮތުގައި ބޭނުންކުރެއްވި އިމާރާތެއްގެ ތެރެއިން، އެމެރިކާ ސަރުކާރުގެ ރަސްމީ ސިއްރު ލިޔުންތަކެއް ފެނުނު މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.
ރައީސް ބައިޑެންގެ ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި، އަމިއްލަ އޮފީހެއްގެ ގޮތުގައި ބޭނުންކުރުމަށް ވޮޝިންޓަނުން ކުއްޔަށް ހިފާފައި ހުރި އިމާރާތެއްގެ އޮފީސް ޖާގައެއް އެތަނުގެ ވެރިފަރާތާ ހަވާލުކުރުމަށްޓަކައި، ގާނޫނީ ވަކީލުންގެ ޓީމުން އެތަން ހުސްކުރަން އުޅެނިކޮށެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ތަނުން ފެނުނު ސިއްރު ލިޔުންތަކަކީ، އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމުގައި ބައިޑެން ހުންނެވި ދުވަސްވަރުގެ ލިޔުންތަކެއް ކަމަށް ވެސް އޭނާގެ ވަކީލުން ވިދާޅުވެ އެވެ.
އެ ލިޔުންތައް ފެނުމާއެކު، އެކަން އެމެރިކާގެ ބަންޑާރަ ނައިބުގެ ސަމާލުކަމަށް ގެނައި ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ. ކަމުގެ ހަގީގަތް އެނގޭ ބައެއް މަސްދަރުތަކާ ހަވާލާދީ އެމެރިކާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ތަހުގީގު ކުރުމަށް، އެމެރިކާގެ ބަންޑާރަ ނައިބު މެރިކް ގާލޭންޑް މިހާރު ވަނީ ޝިކާގޯގެ ބަންޑާރަ ނައިބަށް އަންގަވައިފަ އެވެ.
އޭގެ އިތުރުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ، އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް މިހާރު ގެންދަނީ މިކަން ހިނގާފައިވާ ގޮތެއް ބަލަމުންނެވެ.
ސިއްރު ލިޔުންތައް ފެނުނު އޮފީހަކީ، ޔުނިވަސިޓީ އޮފް ޕެންސިލްވީނިއާގެ އޮނަރަރީ ޕްރޮފެސަރެއްގެ ގޮތުގައި 2017-2019 އަށް އުޅުއްވި ދުވަސްވަރު، އެކަމާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް، "ޕެން ބައިޑެން ސެންޓަރ ފޯ ޑިޕްލޮމެސީ އެންޑް ގްލޯބަލް އެންގޭޖްމަންޓް"ގެ ނަމުގައި ވޮޝިންޓަންގައި ގާއިމުކުރެއްވި އޮފީހެކެވެ.
އެ އޮފީހުން ފެނުނު ސިއްރު ލިޔުންތަކުގެ އަދަދު ގާތްގަނޑަކަށް 10 އަށް އަރާނެ ކަމަށް ބެލެވޭއިރު، އެއީ ކޮން ކަމަކާ ގުޅޭ ސިއްރު ލިޔުންތަކެއް ކަމެއް ނޭނގެ އެވެ. އަދި އެ ލިޔުންތައް ބައިޑެންގެ އަމިއްލަ އޮފީހަށް ގެންދެވީ ކޮން ބޭނުމެއްގައި ކަމެއް ވެސް އެނގޭކަށް ނެތެވެ.
ބައިޑެންގެ ވަކީލުން ވިދާޅުވި ގޮތުގައި އެ އޮފީހުގެ ތެރެއިން ސިއްރު ލިޔުންތައް ފެނުމާ އެކު، އެމެރިކާގެ ކަމާ ބެހޭ އިދާރާތަކަށް އެކަން އަންގައި، އެފަދަ ލިޔުންތައް ބެލެހެއްޓުން ގާނޫނީ ގޮތުން ލާޒިމުކުރާ އެމެރިކާގެ ގައުމީ އަރުޝީފަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އަދި އެކަމުގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވެސް ބައިޑެންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުންޏެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ސީބީއެސް ނިއުސް އިން ބުނެފައިވާ ގޮތުގައި ބައިޑެންގެ އަމިއްލަ އޮފީހުން ފެނުނު ސިއްރު ލިޔުންތަކުގެ ތެރޭގައި، އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ އެއްވެސް ލިޔުމެއް ނެތެވެ.
މި މައްސަލަ ފެންމަތިވި އިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަމިއްލަ ގެއެއްގައި ސަރުކާރުގެ ސިއްރު ލިޔުންތަކެއް ގެންގުޅުނު މައްސަލައެއް އެމެރިކާގެ ތަހުގީގީ އިދާރާތަކުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. މިކަން ފެންމަތިވުމާ އެކު، ކުރީގެ ރައީސް ޓްރަމްޕުވަނީ، ބައިޑެންގެ އަމިއްލަ ގެތަކަށާއި ބައިޑެން މިހާރު ދިރިއުޅުއްވާ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އަށް، އެމެރިކާ މަރުކަޒީ ތަހުގީގީ އިދާރާ، އެފްބީއައިގެ ޓީމުން ވަދެގަންނާނީ ކޮން އިރަކުންތޯ ސުވާލު ކުރައްވައިފަ އެވެ.
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ދެކުނު ކޮރެއާ- އެމެރިކާއަސްކަރީ ފަރިތަކުރުން ފުޅާކުރަނީ
"ޖޯނަސް ބްރަދާސް" ގެ ވީޑިއޯއެއްގައި ރައީސް ބައިޑެން
އެމެރިކާގައި 400 ބިލިއަން ޑޮލަރުގެ ޒަމާނީ ސިޓީއެއް
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން