06 ޖުލައި 2024
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ލަދުވެތިކަމާ ކުރިމަތިވެ ފާޑު ކިޔަސް ރިޔާސީ ރޭހުން ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި ބަހުސްގައި އެގޮތަށް ދިމާވީ ރޯގާ ޖެހި ބަލިވެ އުޅެމުން ބަހުސަށް އެރުމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ލަދުވެތިކަމާ ކުރިމަތިވެ ފާޑު ކިޔަސް ރިޔާސީ ރޭހުން ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި ބަހުސްގައި އެގޮތަށް ދިމާވީ ރޯގާ ޖެހި ބަލިވެ އުޅެމުން ބަހުސަށް އެރުމުން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
އުމުރުން 81 އަހަރުގެ ބައިޑެން ރިޔާސީ ބަހުސްގައި ހުއްޓުން އަރައި، މައުޟޫއިން ބޭރުވެ ނިކަމެތި ގޮތަކަށް ފެނުމުން އޭނާގެ ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ވެސް ވަނީ ހާސްކަން އުފެދިފަ އެވެ. ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި ފަންޑުކުރާ މީހުންގެ މެދުގައި ވެސް ބައިޑެންގެ ގާބިލްކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށް އޭނާ ދިފާއުވެވަޑައިގެން އަނެއްކާ ވެސް ވާހަކަ ދެއްކެވީ އޭބީސީ ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"އަޅުގަނޑު އުޅުނީ ބަލިވެ. ވަރަށް އުނދަގޫވެފައި ހުރީ ... އަޅުގަނޑަށް ވެފައި ހުރި ގޮތެއް ދެނެގަތުމަށް ވެސް މަސައްކަތްކުރަމުން ދިޔައީ،" ރިޔާސީ ބަހުސަށް ފަހު ދެއްވި ފުރަތަމަ ޓީވީ އިންޓަވިއުގައި ބައިޑެން ވިދާޅުވެ އެވެ.
"އިންފެކްޝަނެއް ޖެހިގެންތޯ ބަލަން ޓެސްޓު ވެސް ހެދި. ވައިރަހެއްތޯ ބަލަން. އެކަމަކު ނެތް. އަޅުގަނޑަށް ވަރަށް ގަދަޔަށް ހުރީ ރޯގާ ޖެހިފައި."
އިންޓަވިއުގައި ވެސް ބައިޑެންގެ އަޑުު ހުރީ ކުރަކިކޮށް، ބަލިކޮށެވެ. އެއާ އެކު ބައިޑެންގެ ކެމްޕެއިނުން އެކްސްގައި މަލާމާތްކޮށް "ބައިޑެން ގަދަ" ކަމަށް ބުނެ ޕޯސްޓެއް ކޮށްފައިވެ އެވެ.
ރިޔާސީ ބަހުސްގެ މައްސަލައިގައި ބައިޑެން އުންމީދު ގެއްލޭ ހިސާބަށް ގޮސްފައި ވާއިރު ވައިޓް ހައުސް އާއި އޭނާގެ ކެމްޕެއިނުން ކެނޑިނޭޅި މިހާރު މަސައްކަތްކުރަމުން ދަނީ ބައިޑެން އަދިވެސް އެއް ދައުރު ވެރިކަން ކުރުމުގެ ގާބިލްކަން ހުރިކަން ސާބިތުކޮށްދިނުމަށެވެ. އެކަމަކު މި ކެމްޕެއިންތަކުން މައްސަލަ އިތުރަށް ގޯސްވަމުންދާ ކަމަށް އެއްބަޔަކު ބުނެ އެވެ.
އަނެއްކޮޅުން އިދިކޮޅު ރިޕަބްލިކަންގެ ކެންޑިޑޭޓް ޓްރަމްޕާ ދެކޮޅަށް ކުރި ދައުވާތައް ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ހުއްޓުމަކަށް އައިސް އޭނާއަށް މަގު ތަނަވަސްވެ އަދި އާންމުންގެ ތާއީދު ވެސް ވަނީ އިތުރުވާން ފަށާފައި ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ބައިޑެންގެ ވެރިކަމުގެ ފަހު ވަގުތު ދަރިފުޅަށް މާފު ދީފި
ހުވާކުރާ ރަސްމިއްޔާތަށް ބައިޑެން ވަޑައިގަންނަވާނެ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސް ނުކުރެވުނަސް ތެދުބަސް ބުނަން އެނގޭ: ބައިޑެން
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
އަނެއްކާވެސް ޓްރަމްޕް/ބައިޑެންގެ ކުރިމަތިލުމަކަށް ވެދާނެ