30 ޖޫން 2024
ކުރިން ހިނގި ގޮތަށް މިހާރު ނުހިނގުނަސް، ކުރިން ބަހުސްކުރިހާ މޮޅަށް ބަހުސް ނުކުރެވުނަސް ތެދުބަހުން ވާހަކަ ދައްކަން އެނގޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ބަހުސަށް ފަހު އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.
ކުރިން ހިނގި ގޮތަށް މިހާރު ނުހިނގުނަސް، ކުރިން ބަހުސްކުރިހާ މޮޅަށް ބަހުސް ނުކުރެވުނަސް ތެދުބަހުން ވާހަކަ ދައްކަން އެނގޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ބަހުސަށް ފަހު އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.
ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައިި ބައިޑެންގެ ފަރާތުން ފެނުނު ދަށް ހުށަހެޅުމާއި އޭނާގެ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ބަލިކަމުގެ ސަބަބުން ރައީސްކަމުގެ އިތުރު ދައުރެއް އަދާކުރެވިދާނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑަކީ ޒުވާނެއް ނޫންކަން،" ވާދަވެރިކަން ބޮޑު ސްޓޭޓެއް ކަމަށްވާ ނޯތު ކެރޮލައިނާގައި ހުކުރު ދުވަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ބައިޑެން ވިދާޅުވި އެވެ.
"ކުރިން ހިނގާބިނގާވެ އުޅޭހާ ފަސޭހައިން މިހާރަކު ނުހިނގޭ... ކުރިން ބަހުސްކުރިހާ މޮޅަށް މިހާރު ބަހުސެއް ވެސް ނުކުރެވޭ،" ބައިޑެން އެއްބަސްވެވަޑައިގަތެވެ. "އެކަމަކު އަޅުގަނޑަށް އެނގޭ ކަންކަން މިހާރު ވެސް އެނގޭ، ތެދު ބުނަން އެނގޭ [އަދި] މި މަސައްކަތް ކުރަން އެނގޭ."
އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވީ އަދި އިތުރު ދައުރެއް އޭނާއަށް އަދާކުރެއްވޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ބައިޑެންގެ އުމުރު މަތިވެފައިވާތީ އޭނާގެ ގާބިލްކަމާ މެދު މީގެ ކުރިން ވެސް ވާހަކަ ދެކެވެ އެވެ. އެކަމަކު ބުރާސްފަތު ދުވަހު ސީއެންއެން އިން ބޭއްވި ރިޔާސީ ބަހުސަށް ފަހު މި އަޑު ވަނީ ގަދަވެފަ އެވެ. އެއްބަޔަކު ދަނީ ޓްރަމްޕް ރިޔާސީ ރޭހުން ވަކިވެވަޑައިގެން އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ވެސް ގޮވާލައިފަ އެވެ.
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ސުޕްރީމް ކޯޓުގެ ހުކުމަށް ބައިޑެން ފާޑުވިދާޅުވެއްޖެ
ބަހުސަށް ފަހު ބުނަނީ "ބައިޑެން ނޫން ގޮތެއް" ހޯދަން
ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރިޔާސީ ރޭހަށް
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓްރަމްޕު އަދިވެސް ވެރިކަމުގެ ހުވަފެނުގައި
ބައިޑެންގެ ސަރުކާރަށް އުންމީދު ބޮޑު: ވާވޭގެ ސީއީއޯ
ކަމަލާގެ ޓިކްޓޮކް ވީޑިއޯއެއްގައި ޓްރަމްޕަށް ޖޯކެއް