02 ޑިސެމްބަރ 2024
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދަރިފުޅު ހަންޓަ ބައިޑެންގެ މައްޗަށް ސާބިތު ވެފައިވާ ޖިނާއީ ކުށުގެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވެފައި ވިޔަސް ވެރިކަމުގެ ފަހު ހަފުތާތަކުގެ ތެރޭގައި ދަރިފުޅަށް މާފު ދެއްވައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ދަރިފުޅު ހަންޓަ ބައިޑެންގެ މައްޗަށް ސާބިތު ވެފައިވާ ޖިނާއީ ކުށުގެ މައްސަލައިގައި އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ވިދާޅުވެފައި ވިޔަސް ވެރިކަމުގެ ފަހު ހަފުތާތަކުގެ ތެރޭގައި ދަރިފުޅަށް މާފު ދެއްވައިފި އެވެ.
އުމުރުން 54 އަހަރުގެ ހަންޓާގެ މައްޗަށް މިދިޔަ ޖޫން މަހު ވަނީ 2018 ވަނަ އަހަރު ބަޑިއެއް ގަތް އިރު، އޭނާ އަކީ ކޮކެއިން އަށް އެޑިކްޓުވެފައިވާ މީހެއް ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ދިނުމާއި އެ މައްސަލައާ ގުޅޭ އިތުރު ދެ ކުށެއް ވެސް ސާބިތުވެފަ އެވެ. މިއީ އެމެރިކާގެ ރައީސަކު މަގާމުގައި ހުންނަވަނިކޮށް ދަރިއެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މި މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށް ބައިޑެން ކުރިން ވިދާޅުވެފައި ވިޔަސް ބައިޑެން ހަންޓާއަށް މާފު ދެއްވިކަން އިއުލާނުކުރައްވައި ދެއްކެވީ އެހެން ވާހަކައެކެވެ.
"ހަމަ ވިސްނޭ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެ ހަންޓާގެ އެ މައްސަލަ ބަލައި ކުށް ސާބިތުވީ އެއީ އެކަނި އަޅުގަނޑުގެ ދަރިފުޅަށް ވީތީކަން. އެއީ ރަނގަޅު ގޮތެއް ނޫން،" އިންސާފުން އެއްކިބާވެ ނިންމާފައިވާ ނިންމުމެއް ކަމަށް ސިފަކޮށް ބައިޑެން ނެެރުއްވި ބަޔާނުގައިވެ އެވެ.
ބައިޑެން މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވަނީ ދަރިފުޅަށް ރައީސްގެ މާފު ނުދެއްވާނެ ކަމަށެވެ.
"ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުންތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް އަޅުގަނޑު ބުނިން، އަޅުގަނޑުގެ ދަރިފުޅަށް ސިލެކްޓިވްކޮށް، ބޭއިންސާފުން ދައުވާކުރާ ތަން ފެނުނު އިރު ވެސް އަޅުގަނޑު ގެ ބަހެއް ނުބުނެ ހުރީ،" ރައީސް ބައިޑެންގެ ބަޔާނުގައިވެ އެވެ.
"އޭނާގެ މައްސަލަތަކުގައި ދައުވާކުރަން ފެށީ ކޮންގްރެސްގައި ތިއްބެވި އަޅުގަނޑުގެ ސިޔާސީ ވާދަވެރިންގެ ތެރެއިން ގިނަ ބަޔަކު އަޅުގަނޑާ ދެކޮޅުވެ، އަޅުގަނޑުގެ އަލުން އިންތިހާބުކުރުމާ ދެކޮޅު ހެދުމަށް ހިތްވަރު ދިނުމުން،" އޭނާ ވިދާޅުވި އެވެ.
"އަދުލު އިންސާފުގެ ނިޒާމު އަޅުގަނޑު ގަބޫލުކުރަން، އެކަމަކު އަޅުގަނޑު މިކަމުގެ ތެރެއަށް ވަންނަން ޖެހުނީ މި މައްސަލައިގެ ތެރެއަށް ސިޔާސީ ކަންކަން ވަދެ އެކަމުގެ އަސަރުކޮށް، އެކަމުގެ ސަބަބުން އަދުލު އިންސާފު ގެއްލިފައިވާތީ."
މިއީ އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަމާ މެދު އަނެއްކާވެސް ސުވާލު އުފެދޭނެ ނިންމުމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. ހާއްސަކޮށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލައަށް އެފްބީއައި އާއި ޖަސްޓިސް ޑިޕާޓްމަންޓަށް އޭނާގެ ވަފާތެރިން އައްޔަން ކުރަން ނިންމަވާފައިވާ މި ދަނޑިވަޅުގައި މި ސުވާލު އުފައްދާ މީހުން ގިނަ އެވެ.
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބައިޑެންއާ ދެކޮޅު އަޑު ގަދަވިޔަސް ކެމްޕެއިން ކުރިއަށް
ބަހުސަށް އެރީ ބަލިވެ އުޅެމުން: ބައިޑެން
ބައިޑެންގެ އަމިއްލަ އޮފީހުން ސިއްރު ލިޔުންތަކެއް
ދެކުނު ކޮރެއާ- އެމެރިކާއަސްކަރީ ފަރިތަކުރުން ފުޅާކުރަނީ
"ޖޯނަސް ބްރަދާސް" ގެ ވީޑިއޯއެއްގައި ރައީސް ބައިޑެން
އެމެރިކާގައި 400 ބިލިއަން ޑޮލަރުގެ ޒަމާނީ ސިޓީއެއް
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން