Roadha Mihaaru
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ

ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ

02 މެއި 2021

މިހާރު ވެސް އޮޅުކޮށްގެން ދެ ކުއްތާ ގެންގުޅުއްވާ އެމެރިކާގެ މިހާރުގެ ރައީސް ޖޯސް ބައިޑެން އާއި އަނބިކަނބަލުން ޖިލް ބައިޑެން ބުޅަލެއް އެޑޮޕްޓްކުރައްވާކަން ކަށަވަރުކޮށް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު ވެސް އޮޅުކޮށްގެން ދެ ކުއްތާ ގެންގުޅުއްވާ އެމެރިކާގެ މިހާރުގެ ރައީސް ޖޯސް ބައިޑެން އާއި އަނބިކަނބަލުން ޖިލް ބައިޑެން ބުޅަލެއް އެޑޮޕްޓްކުރައްވާކަން ކަށަވަރުކޮށް ދެއްވައިފި އެވެ.

ވައިޓްސް ހައުސްގައި ގެންގުޅުއްވާ ދެ ކުއްތާ ކަމަށްވާ ޗޭމްޕް އާއި މޭޖާގެ ފައުޖަށް ދެ ބޭފުޅުން ބުޅަލެއް އިތުރުކުރައްވަން އުޅުއްވާ ވާހަކަ ވަރަށް ބޮޑަށް ތުންތުންމަތިން ވެސް ދެކެވިފައިވެ އެވެ. ހުކުރު ދުވަހު "ޓުޑޭޒް" ޝޯގައި ކްރެއިގް މެލްވިން އަށް ދެއްވި އިންޓަވިއުއެއްގައި ބައިޑެންގެ ދެކަނބަލުން ވިދާޅުވީ އެއީ ހަމަ ރަނގަޅު ވާހަކައެއް ކަމަށާއި ވަރަށް އަވަހަށް ވައިޓް ހައުސް އަށް ބުޅާ ގެންނަވާނެ ކަމަށެވެ. އަދި އެކަމާ ވަރަށް އުފަލުން ތިއްބެވި ކަމަށް ވެސް ވިދާޅުވި އެވެ.

ބުޅަލެއް އެޑޮޕްޓްކުރެއްވުމަކީ ކޮން ބޭފުޅެއްގެ ހިޔާލެއްތޯ އެހުމުން ބައިޑެން ވިދާޅުވީ އެއީ އޭނާގެ ހިޔާލެއް ނޫން ކަމަށާއި އެކަމަކު އެކަމަށް އެއްބަސްވެވަޑައިގަތުމަކީ ފަސޭހަ ކަމެއް ކަމަށެވެ.

ވައިޓްސް އަށް ދެ ބޭފުޅުން ބުޅަލެއް ގެންނަވާ އިރު މޭޖާގެ ފަރާތުން ފަހަކަށް އައިސް ހަރުކަށިކަން ފެނި ވައިޓްހައުސްގެ މުވައްޒުންތަކެއްގެ ގައިގައި ދަތް އެޅި މައްސަލަތަކެއް ފެންމަތިވެފައި އެވެ. އެގޮތުން މާޗް މަހުގެ ތެރޭގައި ހިނގި ހާދިސާއާ ގުޅިގެން ދެ ކުއްތާ އަލުން ބައިޑެންގެ އާއިލީ ގެއަށް ބަދަލުކުރިތާ މާ ގިނަ ދުވަސްޔތަކެއް ނުވެ އަލުން ވައިޓްސް އަށް ބަދަލުކުރި އެވެ. އެއާ އެކު އަނެއްކާ ވެސް މޭޖާ ވައިޓް ހައުސްގެ މުވައްޒަފަކަށް ހަމަލާ ދީފައިވެ އެވެ.

ކުއްތާތަކުގެ ތެރެއަށް ބުޅަލެއް އިތުރުކުރައްވާތީ އެކަމުގެ ސަބަބުން އިތުރު މައްސަލަތަކެއް ނުކުމެދާނެތޯ ސުވާލުކުރުން ޖިލް ބައިޑެން ވިދާޅުވީ އެފަދަ ކަމެއް ނުހިނގާނެ ކަމަށެވެ. ސަބަބަކީ ބުޅާ ވައިޓް ހައުސް އަށް ރަސްމީކޮށް ގެންދިއުމުގެ ކުރިން މޭޖާ އަށް ބުޅާތަކާ އެކު އުޅެން ދަސްކޮށްދޭން ތަމްރީނުކުރަމުން ދިއުމެވެ.

"އެކަން އެބަ ކުރިއަށްދޭ. ނަތީޖާ ވެސް ވަރަށް ރަނގަޅު،" ޖިލް ވިދާޅުވި އެވެ.