Roadha Mihaaru
ޕެޓް ބަލަހައްޓަން ރޮބޮޓެއް

ޕެޓް ބަލަހައްޓަން ރޮބޮޓެއް

08 ޖުލައި 2021

އޮޅުކޮށްގެން ބުޅާ ފަދަ އެއްޗެހި ގެންގުޅޭ މީހުންނަށް މިއީ ވަރަށް ހާއްސަ އެއްޗެކެވެ. މިއީ "ޓުޓީ" ކިޔާ ކުޑަކުޑަ ރޮބޮޓެކެވެ. އެކަނި އުޅޭ މީހުންނާއި ނުވަތަ ވަޒީފާއަށްދާ ދެމަފިރިއަކު ޕެޓެއް ގެންގުޅޭ ނަމަ މި ރޮބޮޓަކީ ވަރަށް ބޭނުންތެރި އެއްޗަކށް ވާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޮޅުކޮށްގެން ބުޅާ ފަދަ އެއްޗެހި ގެންގުޅޭ މީހުންނަށް މިއީ ވަރަށް ހާއްސަ އެއްޗެކެވެ. މިއީ "ޓުޓީ" ކިޔާ ކުޑަކުޑަ ރޮބޮޓެކެވެ. އެކަނި އުޅޭ މީހުންނާއި ނުވަތަ ވަޒީފާއަށްދާ ދެމަފިރިއަކު ޕެޓެއް ގެންގުޅޭ ނަމަ މި ރޮބޮޓަކީ ވަރަށް ބޭނުންތެރި އެއްޗަކށް ވާނެ އެވެ.

މިއީ ވެރީމީހާ ގޭގައި ނުހުން ވަގުތުތަކުގައި ޕެޓްގެ ބެލެހެއްޓުންތެރިޔާ އެވެ. ހަތަރު ފުރޮޅު މަތީގައި ކުޑަ ކާރެއް ގޮތަށް ދުވާ މި ރޮބޮޓަކީ ޕެޓަށް ކާންދީ، ކުޅެ އަދި ޕެޓް އުޅޭނޫޅޭ ގޮތް ވެރިފަރާތަށް މޮބައިލް އެޕަކުން އަންގައިދޭނެ އެވެ. މީގެ އެންމެ ހާއްސަ އެއް ފީޗާ އަކީ އަކީ އޭގެ އިންނަ ލޭޒާ ލައިޓަކާ އެޕުން ކުޅެ، ވާޗުއަލްކޮށް، ޕެޓާ އެކު ކުޅެ، ސަކަރާތް ވެސް ޖެހުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ.

"ޓުޓީ" އިން ކެމެރާ އިން ފޮޓޯ އާއި ވީޑިއޯ އަދި ލައިވް-ސްޓްރީމް ވެސް ކުރެވޭނެ އެވެ. އެހެންވީމާ ގޭގައި ޕެޓް އެކަނިކޮށްލާފައި ދާކަށް ދެން ކަންބޮޑުވާކާށް ނުޖެހޭނެ އެވެ. އޭގެ ހުރިހާ ކަމެއް މި ރޮބޮޓް ބަލަހައްޓައިދޭނެ އެވެ. ޕެޓަށް ބޭނުންވާ ކާނާ ވެސް މީގެ ތެރޭގައި ރައްކާކުރެވޭނެ އެވެ.

ޓުޓީގެ ވެބްސައިޓާއި އެމެޒޯން އިން "ޓުޓީ" ވެސް ގަނެވޭނެ އެވެ. އަގަކީ 272 ޑޮލަރު (4,188ރ.) އެވެ.