06 ޑިސެމްބަރ 2021
އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކުގައި މައިކްރޮޗިޕެއް ހަރުކުރަން މަޖުބޫރުވާ އުސޫލަކަށް އިނގިރޭސިވިލާތުގައި އަމަލުލުކުރަން ފަށައިފި އެވެ.
އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކުގައި މައިކްރޮޗިޕެއް ހަރުކުރަން މަޖުބޫރުވާ އުސޫލަކަށް އިނގިރޭސިވިލާތުގައި އަމަލުލުކުރަން ފަށައިފި އެވެ.
މިކަން މިދިޔަ ހޮނިހިރު ދުވަހު އިއުލާންކުރީ އެ ގައުމުގެ ޑިޕާޓްމަންޓް ފޯ އެންވަޔަރަމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒުންނެވެ. އެތަނުން ބުނި ގޮތުގައި އޮޅު ބުޅާތަކުގައި ޗިޕެއް ހަރުކުރަން މަޖުބޫރުކުރަނީ ގެއްލޭ ބުޅާތައް ހޯދަން ވީހާ ވެސް ބޮޑަށް ފަސޭހަކުރުމުގެ ގޮތުންނެވެ. އެހެންވެ ބުޅަލުގައި ޗިޕް ހަރުކުރަން ލާޒިމުވާނެ އެވެ. އަދި އެކަމާ ދެކޮޅު ހަދާ ނަމަ ބުޅާ ގެންގުޅޭ މީހުން 500 ޕައުންޑް (662 ޑޮލަރު) އިން ޖޫރިމަނާކުރާނެ އެވެ.
އެންވަޔަރަމަންޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި އެފަދަ އުސޫލެއް އެކުލަވާލައި އަމަލުކުރަން ނިންމީ އާންމުންގެ ހިޔާލު ވެސް ހޯދުމަށް ފަހު އެވެ. އަދި އެކަމަށް 99 ޕަސެންޓް މީހުން ތާއީދުކުރާ ކަމަށް ބުންޏެވެ.
އިނގިރޭސިވިލާތަކީ އޮޅުކޮށްގެން ބުޅޭ ގެންގުޅޭ މީހުންގެ ނިސްބަތް ވަރަށް ބޮޑު ގައުމެކެވެ.
It’s heart-breaking when beloved pets go missing.
— Defra UK (@DefraGovUK) December 4, 2021
That’s why we’re introducing mandatory cat microchipping by the time they reach 20 weeks of age.
This will help to reunite lost or stray cats with owners.
Read more: https://t.co/dPcqiePGF6#ActionForAnimals | @CatsProtection pic.twitter.com/h0YolCng9Z
އަލަށް އަމަލުކުރަން ފެށި އުސޫލާ ބެހޭ ގޮތުން އެނިމަލް ވެލްފެއާ މިިނިސްޓަރު ލޯޑް ގޯލްޑްސުމިތު ވިދާޅުވީ އިނގިރޭސިންނަކީ ވަރަށް ލޯބިން ބުޅާ ގެންގުޅޭ ބަޔަކަށްވާތީ ބުޅަލުގައި މައިކްރޮޗިޕެއް ހަރުކުރުމަކީ ވަރަށް ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ގެއްލޭ ނުވަތަ ވަގަށް ނަގާ ބުޅާތައް ހޯދަން ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.
އޮޅު ބުޅާތަކުގައި ޗިޕް ހަރުކުރަން ފަށާފައިވާ އިރު މިހާރު ވެސް އިނގިރޭސިވިލާތުގައި އޮޅުކޮށްގެން ގެންގުޅޭ ބުޅާތަކުގެ މެޖޯރިޓީ އަކީ ޗިޕް ހަރުކޮށްފައިވާ އެއްޗިއްސެވެ. އެކަމަކު އޮޅުކޮށްގެން ގެންގުޅޭ 10.8 މިލިއަން ބުޅަލުގެ ތެރެއިން 2.8 މިލިއަން ބުޅަލުގައި ޗިޕް ހަރުކޮށްފައެއް ނުވެ އެވެ. ހަމަމިއާ އެކު ވަގު ބުޅާތަކުގެ ތެރެއިން ބެލެހެއްޓުންތެރި ކަމަށް ގެންގޮސްފައިވާ ކޮންމެ 10 ބުޅަލަކުން އަށް ބުޅަލުގައި ޗިޕް ހަރުނުކުރާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޔޫކޭގެ އެނިމަލް ވެލްފެއާ މިނިސްޓަރު.
އާ އުސޫލުގެ ދަށުން ބުޅަލުގައި ޗިޕް ހަރުކުރަން ޖެހެނީ ބުޅަލަށް 20 ހަފުތާވުމުގެ ކުރިންނެވެ. އަދި ޗިޕް ހަރުނުކޮށް ބުޅާ ގެންގުޅޭ ނަމަ ޗިޕް ޖަހަން 21 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު، އެގޮތަށް އަމަލުނުކުރާ ނަމަ 500 ޕައުންޑްގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހޭނެ އެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމަށް އެ ގައުމުގެ ބުޅާތަކާ ބެހޭ ވަރަށް ގިނަ ޗެރިޓީތަކުން މަރުހަބާ ވެސް ކިޔާފައިވެ އެވެ.
Following years of campaigning from Cats Protection and tens of thousands of our supporters, the government has today announced that microchipping of pet cats will be made compulsory! #MicrochipsReunite ? pic.twitter.com/mH3IcPZmqQ
— Cats Protection (@CatsProtection) December 4, 2021
ކެޓްސް ޕްރޮޓެކްޝަންގެ އެޑްވޮކެސީ އެންޑް ގަވަރަމަންޓް ރިލޭޝަންސްގެ ހެޑް ޖެކްއީ ކަފް ވިދާޅުވި ގޮތުގައި އާ އުސޫލަކީ ބުޅާ ގެންގުޅޭ މީހުންނަށް ލިބޭ ވަރަށް ލުޔެކެވެ. އެހެންވެ ހުރިހާ އެންމެން ވެސް އެއަށް ތަބާވުމަށް ގޮވާލެއްވި އެވެ.
"ގެންގުޅޭ ބުޅަލެއް ގެއްލިގެން އުޅެން ޖެހުމަކީ ހަމަ ވަރަށް ބޮޑު ހިތްދަތި ކަމަކަށް ވާނެ. އެހެންވީމަ މިއީ އެކަމުން ސަލާމަތްކޮށްދޭނެ ކަމެއް." ޖެކްއީ ވިދާޅުވި އެވެ.
ގެއްލުނު ބުޅަލެއް 10 އަހަރު ފަހުން ފެނިއްޖެ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ވައުދު ނުފުއްދުމުން 30،000 ޑޮލަރު ދޭން ޖެހިއްޖެ
ޕެޓް ބަލަހައްޓަން ރޮބޮޓެއް
"މަރުވެގެން އަންދާލިފަހުން" ބުޅާ އައީ ގެޔަށް
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
އިންސާނުންގެ ފަރާތުން ބުޅަލަށް ކޮވިޑް-19 ޖެހޭ!
ބުޅަލުގެ "މިއައު" ތަރުޖަމާކުރެވޭ އެޕެއް
އެކަނިވެރިކަން ފިލުވައިދޭން ބުޅާ