25 ޑިސެމްބަރ 2024
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރާ ކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި އަދި އެކަން އެގޮތަށް ނުކުރުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސްކޮށްފަ އެވެ.
މަގުމަތީގައި އުޅޭ ބުޅާތަކަށް އަނިޔާކުރާ ކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި އަދި އެކަން އެގޮތަށް ނުކުރުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން އިލްތިމާސްކޮށްފަ އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ބައެއް ރަށްރަށުގައި މަގުމަތީގައި އުޅޭ ބުޅާތަކަށް ބައެއް މީހުން ގޯނާކޮށް، އަދި ބުޅާ މަރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ހިލާފު ކަމަކަށް ވާތީ އެކަން ނުކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެ ބަޔާނުގައި ބުނީ ޖަނަވާރުންނާ ބެހޭގޮތުން ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ ފަސް މިނިވަން ކަމެއް ވެ އެވެ. އެ ކަންތައްތަކަކީ؛
- ބަނޑުހައިހޫނުކަމާއި ކަރުހިއްކުމާއި ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި ހާސްވުމާއި ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ޖިސްމާނީ އަރާމު ނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި ބަލިން މިންޖުވުމުގެ މިނިވަންކަން.
- ޖަނަވާރުން އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
އެ މިނިސްޓްރީން ބުނީ ޖަނަވާރުގެ ސިއްހަތާ ބެހޭ ބައިނަލްއަގްވާމީ ޖަމިއްޔާގެ އެނިމަލް ހެލްތު ކޯޑުގެ ދަށުން މުނިފޫހިފިލުވުމާއި ދަނޑުވެރިކަމާއި އިލްމީ ދިރާސާ އަދި އެ ނޫން ކަންކަމުގައި ވެސް ޖަނަވާރު ގެންގުޅޭ ނަމަ، ޖަނަވާރުންގެ ދުޅަހެޔޮކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
"އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ ވަކި ބާވަތެއްގެ ކާނާއެއް ކާންދީ، އެ އެއްޗެއްގެ ސުލޫކު ވަކި ގޮތަކަށް ބައްޓަންކޮށް އަޅާލުމާއި ލޯބިދީ، ހޭހަންކޮށްގެން ގެންގުޅޭ އެއްޗަކަށް ވާތީ މަގުމައްޗަށް ދޫކޮށްލުމުން އެ ސޮރުމެންނަށް ލިބެމުންދިޔަ އަޅާލުމާއި ލޯބިން މަހުރޫމްވެ އެވެ،" އެނިމަލް ވެލްފެއާ މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
"މީގެ ނަތީޖާއަކަށް ވާނީ ކަންބޮޑުވުމާއި ހިތްދަތިކަން އިހުސާސްކުރަން ޖެހުމުގެ އިތުރުން އާދަވަމުން ދިޔަ ކާނާ ނުލިބުމާއި އުޅެމުން ދިޔަ އަމާން އަދި އަރާމް ވެށި ގެއްލުމުގެ ސަބަބުން އިންސާނުންނާ ދޯޅުވެ ގާތުގައި އުޅުމެވެ."
އެހެންވެ، ޖަނަވާރަށް ގޯނާ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަދި އެ ތަކެއްޗަށް ރަހުމްކޮށް، އޯގާތެރިވެ އަދި އަޅާލަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ދިރޭތަކެތި ނައްތާލުމުގެ ހަރަދު ދޭންޖެހޭނީ ގެނައިފަރާތުން
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ބުޅާ މެރި މީހާ ބަންދުން ދޫނުކުރާތީ ޝަކުވާކޮށްފި
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ބުޅާ މަރާތީ ކަންބޮޑުވުން؛ އެއީ ކުށެއް
ޖަނަވާރުންނަށް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި
ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވަނީ
މާލޭގައި ގްރޫޕަކުން އަނިޔާވެރިކޮށް ބުޅާ މަރަނީ!
ބުޅަލެއްގެ މަރުގެ ބަދަލުގައި ދެ ލައްކަ ޑޮލަރަށް އެދެފި