14 ޑިސެމްބަރ 2023
ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރިތާ މަސް ދުވަސް ވާއިރު، އަދިވެސް ބަންދުގައި ބަހައްޓާ ސަބަބެއް ނުވިސްނޭ ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި އަހްމަދު ނަސީމް އިއްޔެ ކޯޓުގައި ބުނެފި އެވެ.
ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރިތާ މަސް ދުވަސް ވާއިރު، އަދިވެސް ބަންދުގައި ބަހައްޓާ ސަބަބެއް ނުވިސްނޭ ކަމަށް އެ މައްސަލައިގައި ހައްޔަރުކުރި އަހްމަދު ނަސީމް އިއްޔެ ކޯޓުގައި ބުނެފި އެވެ.
މަގުމަތީގައި އޮތް މާބަނޑު ބުޅަލެއްގެ ބަނޑަށް ވަޅި ހަރާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ މަހު އާންމުވުމާ އެކު އެ ވީޑިއޯގައި ފެންނަ ނަސީމް ހައްޔަރުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އުމުރުން 45 އަހަރުގެ ނަސީމްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށް އިއްޔެ ވެސް ވަނީ ފަސް ދުވަސް ބަންދަށް އިތުރުކޮށްފަ އެވެ.
އިސް ގާޒީ އާދަމް މުހައްމަދު ނެރުއްވި ބަންދު އަމުރުގައިވާ ގޮތުން މި މައްސަލައިގައި ނަސީމްގެ މައްޗަށް ދައުވާކުރުމަށް ކުރިއަށް އޮތް 5-7 ދުވަސް ތެރޭ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭވާރު ވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަސީމްގެ ބަންދު ދަމަހައްޓަމުން އަންނަނީ ތުހުމަތުކުރެވޭ ކުށް ކަމަށްވާ ޖަނަވާރަށް އަނިޔާވެރި އަމަލު ހިންގުމުގެ ކުށް ކުރި ކަމަށް ބެލެވޭ ވަރަށް ހެކި ހުރުމާއި މުޖުތަމައުގެ ސަލާމަތަށް މީނާގެ ސަބަބުން ނުރައްކާ ވެދާނެ ކަމަށް ފެންނާތީ އެވެ.
މާލޭގެ މަގެއްގެ މަތީގައި އޮތް ބުޅަލެއްގެ ގަޔަށް ހަރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް
ގާނޫނުލްއުގޫބާތުގައި މި ކުށުގެ އަސާސީ އަދަބަކަށް ވެސް އޮތީ 1 މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. ކުށުގެ ތުހުމަތަށް ބަންދުގައި ހުންނަ މުއްދަތު ހުކުމުން އުނިވާނެތީ، ނަސީމްގެ މައްޗަށް ކުށް ސާބިތު ވިޔަސް މިހާރު އޮތް ބަންދުގެ މުއްދަތުން އޭނާ އިތުރަށް ތަންފީޒްކުރަންޖެހޭ ޖަލު ހުކުމެއް ނެތި މިނިވަން ވާނެ އެވެ.
މީގެ ކުރިން ވެސް ބައެއް މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ނަސީމް ބުޅާ މެރި މައްސަލައިގައި ހައްޔަރުކުރިތާ އިއްޔެ މަސް ދުވަސް ވެފައި ވާއިރު، އޭނާ ކޯޓުގައި ބުނީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.
ނަސީމް ބުޅަލަށް ހަމަލާ ދިންކަން ސާބިތުކުރުމަށް ސީސީޓީވީ ފުޓޭޖް ހެކީގެ ގޮތުގައި ހުށަހަޅާފައި ވާއިރު އޭނާ މީގެ ކުރިން ވަނީ ވީޑިއޯ އަކީ މިހާރު ކޮންމެ މީހަކަށް ވެސް ހެދިދާނެ އެއްޗެއް ކަމަށް ބުނެ ވީޑިއޯއާ މެދު ސުވާލު އުފައްދައިފަ އެވެ. ނަސީމް އެހެން ބުޅަލަކަށް ހަމަލާ ދޭން އުޅުނު ކަމަށް ބުނެ މީހަކު ދީފައިވާ ބަޔާނެއް ވެސް އޭނާއާ ދެކޮޅަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވެ އެވެ.
ޖަނަވާރަށް އަނިޔާވެރި އަމަލު ހިންގުމަކީ ގާނޫނުލްއުގޫބާތުގައި އަދަބު ކަނޑައަޅާފައިވާ ކުށެކެވެ. އަނިޔާވެރިކަމާ އެކު ޖަނަވާރަކާ މެދު އަމަލުކުރުން ނުވަތަ އެ މީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ ޖަނަވާރަކަށް އަޅާނުލައި ދޫކޮށްލުމަކީ ވެސް ކުށެކެވެ.
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ބުޅާ ފެސިލިޓީއަށް ސާމާނު ހޯދަން ރެޕިޑްއިންޖިނިއަރިންއަށް
ކައުންސިލްގެ ވިސްނުމަކީ 1،000 ބުޅާ ނިއުޓާ ކުރުން
ބުޅާތައް މަރުވިގޮތް ބަލަނީ، އިހުމާލެއް އަދި ނުފެނޭ
ވެޓަށް ގެންދާ ބުޅާތައް މަރުވާ މައްސަލަ ބޮޑުވެއްޖެ
ވެޓް ކްލިނިކް އަލުން ހުޅުވުމުގެ ވިސްނުމެއް ނެތް
ބުޅާ ގެންގުޅޭ ނަމަ ޗިޕެއް ހަރުކުރަން މަޖުބޫރު
ގެއްލުނު ބުޅަލެއް 10 އަހަރު ފަހުން ފެނިއްޖެ
ބުޅާ ސަލާމަތްކުރުމުން އިނާމަކަށް 50،000 ދިރުހަމް
ބުޅަލެއް ސަލާމަތްކުރުމުން ދުބާއީގެ ބޮޑުވަޒީރުގެ ތައުރީފް