Roadha Mihaaru
މީހަކު ސަލާމަތްކޮށްދޭން ކުއްތާއެއްގެ ބޮޑު އެހީއެއް

ދުވަސްވީ މީހަކު ސަލާމަތްކޮށްދޭން ކުއްތާއެއްގެ ބޮޑު އެހީއެއް

10 ސެޕްޓެމްބަރ 2021

ކުއްތާ ގޮވައިގެން ހިނގާލަން ނުކުމެ އުޅެނިކޮށް، ދެކުނު ކޮރެއާގެ ދުވަސްވީ އަންހެނަކު ހަނޑޫ ދަނޑެއްގެ ތެރެއަށް ވެއްޓި އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުމުން، އެ މީހާގެ ފުރާނަ ސަލާމަތްވީ ކުއްތާގެ ސަބަބުން ކަމަށް ނިންމައި ހާއްސަ ޝަރަފެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުއްތާ ގޮވައިގެން ހިނގާލަން ނުކުމެ އުޅެނިކޮށް، ދެކުނު ކޮރެއާގެ ދުވަސްވީ އަންހެނަކު ހަނޑޫ ދަނޑެއްގެ ތެރެއަށް ވެއްޓި އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުމުން، އެ މީހާގެ ފުރާނަ ސަލާމަތްވީ ކުއްތާގެ ސަބަބުން ކަމަށް ނިންމައި ހާއްސަ ޝަރަފެއް ދީފި އެވެ.

ކިމް ކިޔާ 90 އަހަރުގެ މީހާ އަށް ވީނުވީއެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ފުލުހުން ނެރުނު ބަޔާނެގައި ބުނީ އަންހެނާ މީހާ ކުއްތާ ގޮވައިގެން ހިނގާލަން ނުކުމެ އުޅުނު ހިސާބަކުން ސީސީޓީވީ ކެމެރާއަކަށް އަރާފައިވާ ކަމަށެވެ. އެކަމަކު ފަހުން އޭނާ އަށް ވީ ގޮތެއް ނޭނގެ އެވެ.

އަންހެން މީހާއާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި އޭނާ އަށް ދިމާވި ގޮތަކީ ހިނގާލަން ނުކުމުގެ އުޅުމުގެ ތެރޭގައި ގެއާ ދެ ކިލޯމީޓަރުގެ ދުރު ހިސާބަކަށް ދެވި، އެ ސަރަހައްދުގެ ހަނޑޫ ދަނޑެއްގެ ތެރެއަށް ވެއްޓުނީ އެވެ. އަދި އޭގެ ތެރެއިން އެރޭނެ ގޮތެއް ނެތުމުގެ އިތުރަށް، ހަނޑޫ ގަހުގެ ފަތްތައް ވަރަށް ބޮޑަށް ދިގުވެފައި ހުރުމުން އޭގެ ތެރޭގައި މީހަކު އޮތަސް ފާހަގަނުކުރެވުނީ އެވެ.

އަދި ދަނޑުގެ ތެރޭގައި ތާށިވެ 40 ގަޑިއިރު ވަންދެން އޮންނަން ޖެހުނު އިރު، ފިނިން ސަލާމަތްކޮށްދިނީ ކުއްތާގެ ހޫނުން ކަމަށް ބުންޏެވެ. ކިމް ކިޔައި ދީފައިވާ ގޮތުގައި ކުއްތާއާ އެކު ހަނޑޫދަނޑުގެ ތެރެއަށް ވެއްޓުނު ހިސާބުން ކުއްތާ އޭނާ ދޫކޮށެއް ނުލަ އެވެ. އަދި އެ ނެތް ނަމަ މަރުވީސް ކަމަށް ކިމް ބުންޏެވެ.

ފުލުހުންނަށް އޭނާ ހޯދުނީ ޑްރޯންގެ އެހީގަ އެވެ.

ދުވަސްވީ މީހާގެ ފުރާނަ ހަތަރު އަހަރުގެ ބައެެކޫ ކިޔާ ކުއްތާގެ ސަބަބުން ސަލާމަތްވުމުން އެކަން މިދިޔަ ހޯމަ ދުވަހު ފާހަގަކޮށް ކުއްތާ އަށް އޮނަރަރީ ރެސްކިއު ޑޯގްގެ ޝަރަދު ދީފައިވެ އެވެ. މިއީ އެފަދަ ޝަރަފެއް ދެކުނު ކޮރެއާގައި ކުއްތާއަކަށް ދިން ފުރަތަމަ ފަހަރެވެ.

ކުއްތާ އަށް ޝަރަފު ދޭން ބޭއްވި ހަފުލާގައި ކަރުގައި މާފައްޗެއް އަޅުވައި ކޭކެއް ވެސް ފެޅި އެވެ.

ކިމްގެ ދަރިއެއް ކަމަށްމާ ޝިމް ގެއުމް-ސަން ކިޔައިދިން ގޮތުގައި ބައެކޫ އަކީ މީގެ ތިން އަހަރު ކުރިން އެޑޮޕްޓްކުރި ކުއްތާއެކެވެ. އަދި އެ ޑޮޕްޓްކުރީ މަންމަ އަށް ކުއްތާއެއް ހަމަލާދިނުމުން ހަށިފާރަވެރިއެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

"މަންމަ ދެކެ ވަރަށް ލޯބިވާނެ ބައެކޫ. އެހެންވެ އެކީގައި ގޮވައިހެން ވަރަށް ގިނައިން ހިނގާލަން ނުކުމެ އުޅޭނެ،" ޝިމް ބުންޏެވެ. "ބައެކޫ އަބަދު އުޅޭނީ ވެސް މަންމަގެ ފަސްފަހަތުން."