Roadha Mihaaru
ލޭޑީ ގާގާގެ ކުއްތާތައް ހޯދައިދޭ މީހަކަށް 500،00

ލޭޑީ ގާގާގެ ކުއްތާތައް ހޯދައިދޭ މީހަކަށް 500،000 ޑޮލަރު

27 ފެބުރުއަރީ 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ގެންގުޅޭ ތިން ކުއްތާގެ ތެރެއިން ދޭތި ވަގަށް ގެންގޮސްފައިވާތީ އެ އެއްޗެހި ހޯދައިދޭ މީހަކަށް 500،000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ގެންގުޅޭ ތިން ކުއްތާގެ ތެރެއިން ދޭތި ވަގަށް ގެންގޮސްފައިވާތީ އެ އެއްޗެހި ހޯދައިދޭ މީހަކަށް 500،000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ.

މީޑިއާތަކުން ބުނީ ގާގާގެ ތިން ކުއްތާގެ ތެރެއިން ފްރެންޗް ދެ ބުލްޑޮލް ވަގަށް ގެންދިޔައީ އެ ބަލަހައްޓާ މީހާ އަށް ލޮސް އެންޖެލިސްގައި ބުދަ ދުވަހުގެ ރޭ ބަޑިއަކުން ހަމަލާ ދިނުމަށް ފަހު އެވެ. މި ހާދިސާގައި ތިން ކުއްތާގެ ތެރެއިން މިސް އޭޝިއާ ކިޔާ ކުއްތާ ފިލި ނަމަވެސް އޭތި ފަހުން ފުލުހުން ވަނީ މަގުމަތިން ހޯދައި ހަވާލުކޮށްފަ އެވެ.

ކުއްތާ ގެންގުޅޭ މީހާ އަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ވަގަށް ގެންދިޔައީ ކޯޖީ އާއި ގަސްޓަވް ކިޔާ ކުއްތާ އެވެ. މީޑިއާތަކުން ބުނީ ކުއްތާ ވަގަށް ގެންދިޔަ މީހާ އަކީ ރަޔަން ފިޝާ ކިޔާ މީހެއް ކަމަށެވެ. އެ ހާދިސާ ހިނގި ސަރަހައްދުގެ ސީސިޓީވީ ކެމެރާ ފުޓޭޖްތަކުގެ އެހީގައި، އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ލޮސް ކަމަށް އެންޖެލިސް ފުލުހުން ބުންޏެވެ.

ގާގާ މުވައްފަޒަށް ބަޑިއަކުން ހަމަލާދިނުމުން އޭނާ އަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ވެސް ދެމުންނެެ.