Roadha Mihaaru
އިނާމު ހުށަހެޅި، ލޭޑީ ގާގާގެ ކުއްތާތައް ފެނިއްޖެ

ލޭޑީ ގާގާގެ ކުއްތާތައް ފެނިއްޖެ، 500،000 ޑޮލަރު ދިންކަމެއް ނޭނގެ

28 ފެބުރުއަރީ 2021

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ދެ ޕެޓް ކުއްތާ ވަގަށް ނެގުމާ ގުޅިގެން އެ ހޯދައިދޭ ބަޔަކަށް 500،000 ޑޮލަރުގެ އިނާމެއް ދޭން ހުށަހަޅާފައި ވަނިކޮށް ދެ ކުއްތާ ފެނި އޭނާއާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ދެ ޕެޓް ކުއްތާ ވަގަށް ނެގުމާ ގުޅިގެން އެ ހޯދައިދޭ ބަޔަކަށް 500،000 ޑޮލަރުގެ އިނާމެއް ދޭން ހުށަހަޅާފައި ވަނިކޮށް ދެ ކުއްތާ ފެނި އޭނާއާ ހަވާލުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ހޮނިހިރު ދުވަހު ގާގާއާ ކުއްތާތައް ހަވާލުކުރީ އެ މައްސަލަ ތަހުގީގުކުރަމުން ދިޔަ ލޮސް އެންޖެލިސްގެ ފުލުހުން ކަމަށެވެ. ގަސްޓަވް އާއި ކޯޖީ ނަމަކަށް ކިޔާ ދެ ކުއްތާ ގާގާއާ ހަވާލުކުރިކަން އޭނާގެ ތަރުޖަމާނު ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.

އަދި ކުއްތާތައް ލިބުމާ ގުޅިގެން ގާގާ ކުރި ޓްވީޓެއްގައި އެ ވާހަކަ ހިއްސާކޮށް ކުއްތާތައް ހޯދައިދިން މީހަކަށް ދޭން ބުނީ 500،000 ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީޑިއާތަކުން ބުނީ ލޮސް އެންޖެލިސްގެ އޮލިމްޕިކް ކޮމިއުނިޓީ ފުލުހުންނާ ކުއްތާތައް ހަވާލުކޮށް ދިނީ އަންހެނެއް ކަމަށާއި އޭނާ އަށް އިނާމު ދިންކަން އަދި ކަށަވަރު ނުވާ ކަމަށެވެ. އަދި ކުއްތާތައް ފެނުނު ގޮތާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ވެސް ހާމައެއްނުކުރެ އެވެ.

ގާގާގެ ތިން ކުއްތާގެ ތެރެއިން ދޭތި ވަގަށް ގެންދިޔައީ އެ ބަލަހައްޓާ ރަޔަން ފިޝާއ އެ އެއްޗިއްސާ އެކު މަގުމަތިން ދަނިކޮށް، ދެ މީހަކު މީހަކު ބަޑިން ހަމަލާ ދިނުމަށް ފަހު އެވެ. މި ހާދިސާގައި ތިން ކުއްތާގެ ތެރެއިން މިސް އޭޝިއާ ކިޔާ ކުއްތާ ފިލައިގެން މަގުމަތީގައި އުޅެނިކޮށް ހާދިސާ ހިނގި ރޭ އެ ހޯދައި ގާގާއާ ހަވާލުކޮށްފައިވެ އެވެ.

ފިޝާ އަށް ދިން ހަމަލާއާ ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ. އަދި ފިޝާ ދެއްކި ހިތްވަރު ފާގަހަކޮށް އެއީ ހީރޯއެއް ކަމަށް ބުނެ ގާގާ ޓްވީޓްކޮށްފައިވެ އެވެ.