Roadha Mihaaru
މަރުވަމުން އެދުނީ 5 މިލިއަން ޑޮލަރު ކުއްތާއަށް ދޭން

މަރުވަމުން ވަސިއްޔަތްކުރީ ފަސް މިލިއަން ޑޮލަރު ކުއްތާއަށް ދޭން

14 ފެބުރުއަރީ 2021

އެމެރިކާގެ ދުވަސްވީ ފިރިހެން ވިޔަފާރިވެރިޔަކު މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި ހުރި ފަސް މިލިއަން ޑޮލަރު އޭނާގެ ކުއްތާ އަށް ހިބައިން ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ދުވަސްވީ ފިރިހެން ވިޔަފާރިވެރިޔަކު މަރުވި އިރު އޭނާގެ މިލްކިއްޔާތުގައި ހުރި ފަސް މިލިއަން ޑޮލަރު އޭނާގެ ކުއްތާ އަށް ހިބައިން ދީފި އެވެ.

މީޑިއާތަކުން ބުނީ އެމެރިކާގެ ޓެނެސީގެ ވިޔަފާވެރިޔާ ބިލް ޑޮރިސް މިދިޔަ އަހަރުގެ ފަހުކޮޅު 84 އަހަރުގައި މަރުވި އިރު ވަސިއްޔަތްކޮށްފައި އޮތީ އެކައުންޓްގައި ހުރި ފަސް މިލިއަން ޑޮލަރު، ލޫލޫ ކިޔާ 8 އަހަރުގެ ކުއްތާ އަށް ދޭން ކަމަށެވެ.

ބިލް މަރުވި އިރު ކުއްތާ ބެލުމުގެ ޒިންމާ ހަވާލުކޮށްފައި އޮތީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ މާތާ ބާޓަން، 88، އާ އެވެ. އެހެންވެ ކުއްތާ ބަލަން އޭނާ އަމިއްލަ އަށް އެއްވެސް ހަރަދެއްކުރާކަށް ނުޖެހޭނެ އެވެ. ވަސިއްޔަތުގައި، ލޫލޫ ބެލުމަށް ބާޓަން ކުރާ މަސައްކަތަށް ކޮންމެ މަހަކު އޭނާ ބޭނުންވާ މިންވަރެއް ނެގުމަށް ވެސް ވަސިއްޔަތްކޮށްފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ބާޓަން ބުނީ ބިލްގެ ފަސް މިލިއަން ޑޮލަރު ކުއްތާ އަށް ދިނުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

"އަހަރެން ވަރަށް ރަނގަޅަށް ދަންނަ މީހެއް އެއީ. ބިލް، ލުލޫ ގެންގުޅުނީ އުފަން ދަރިޔަކު މީހަކު ގެންގުޅޭހާ ލޯބިން،" ނިއުސް ޗެނެލް 5 އަށް ބާޓަން ބުންޏެވެ.

ބާޓަންއާ އެކު ލޫލޫ.

ބާޓަންއާ އެކު ލޫލޫ.

އުމުރުން ވަރަށް ދުވަސްވެފައި ހުރުމުގެ ސަބަބުން ދެން މާ ގިނަ ދުވަހަކު ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދެއް ބާޓަންގެ ނެތް ނަމަވެސް، އޭނާ މަރުވެއްޖެ ނަމަ ކުއްތާގެ ފައިސާ އަށް ހަދާނެ ވަކި ގޮތެއް އަދި ނުނިންމަ އެވެ

"ހިއެއް ނުވޭ އަހަރެން ދުނިޔޭގައި ހުއްޓާ އެ ފައިސާ އެއްކޮށް ހުސްވާނެހެންނެއް،" ބާޓަން ބުންޏެވެ.