15 ނޮވެމްބަރ 2019
އެމެރިކާގެ މިޒޯރީގެ މަގުމަތީ، ފިނީގެ ތެރޭގައި އުޅެނިކޮށް ސަލާމަތްކުރި 10 ހަފުތާވީ ކުއްތާއެއްގެ ބޮލުގައި "ނަގުލެއް" އިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އެމެރިކާގެ މިޒޯރީގެ މަގުމަތީ، ފިނީގެ ތެރޭގައި އުޅެނިކޮށް ސަލާމަތްކުރި 10 ހަފުތާވީ ކުއްތާއެއްގެ ބޮލުގައި "ނަގުލެއް" އިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
"ނާވަލް ދަ ލިޓްލް މެޖިކަލް ފަރީ ޔުނިކޯން" ގެ ނަން ދީފައިވާ މި ކުއްތާ ސަލާމަތްކުރި އެމެރިކާގެ ޖަމާއަތެއް ކަމަށްވާ މެކް ދަ ދަ ޕިޓްބުލް އިން އޭގެ ފޮޓޯތަކާއި ވީޑިއޯތައް ފޭސްބުކްގައި ހިއްސާކުރުމުން އެ އެޑޮޕްޓްކުރަން މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން އޭތި ހުށަހަޅާފައިވެ އެވެ.
ނަމަވެސް މި ވަގުތު އަދި ޕަޕީ އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލަން ބޭނުންނުވާ ކަމަށް މެކް މިޝަނުން ބުންޏެވެ.
އެތަނުން ބުނީ މުށިކުލައިގެ ނާވަލްގެ ބޮލުގެ މަތިން ކުޑަވަރެއްގެ "ނަގުލެއް" ފަޅާފައި ހުރުން ފިޔަވައި އޭތިގެ ކިބައިގައި އާދަޔާހިލާފު އިތުރު އެއްވެސް ކަމެއް ނެތް ކަމަށާއި އެހެން ކުއްތަކާ އެއްގޮތަށް އޭތީގައި ވެސް އާދައިގެ ނަގުލެއް އިންނަ ކަމަށެވެ. އަދި އޭގެ ސިއްހީ ހާލަތު ވެސް ރަނގަޅު ކަމަށް ބުންޏެވެ.
މެކް މިޝަނުން ފޭސްބުކްގައި ބުނީ ނާވަލުގެ ބޮލުގައި ނަގުލެއް ފަޅާފައި އިނުމުން އެކްސް-ރޭ ނަގައިގެން އެއްވެސް މައްސަލައެއް ހުރިތޯ ވެސް ބަލާފައިވާ ކަމަށެވެ.
"ޑޮކްޓަރުން ބުނަނީ އެއްވެސް މައްސަލައެއް ނެތް ކަމަށް. އަދި ބޮލުގައި އިން ނަގުލުގައި އާދަޔާހިލާފު އެއްވެސް ކަމެއް ނެތް ކަމަށާއި އޭގެ ސަބަބުން ނާވަލް އަށް ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތުމުގެ ފުރުސަތެއް ވެސް ނެތް ކަމަށް،" މެކް މިޝަނުން ބުންޏެވެ. "އެހެންވެ އޭތި ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ޑޮކްޓަރުން ބުނި."
މެކް މިޝަންގެ ތަރުޖަމާނު ސީއެންއެން އަށް ބުނީ ނަވާލްއާ މެކް މިޝަންގައި މަސައްކަތްކުރާ މީހުންނަށް ވެސް މިހާރު ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ.
"އެންމެ އުފާވަކަމަކީ މިހާރު ގިނަ ބައެއްގެ ސަމާކުލަން ނަވާލް އަށް ހުއްޓިފައިވާތީ. އޮންލައިންކޮށް ވަރަށް ގިނަ މީހުން ނަވާލްއާ ބެހޭ ގޮތުން ވަރަށް ސުވާލުތައް އެބަކުރޭ މިހާރު." އޭނާ ބުންޏެވެ. "އަހަރެމެންނަށް ވެސް މިހާރު މި އުޅެނީ ހުވަފެނެއްގެ ތެރޭގައި ކަހަލަ."
ބައިޑެންގެ ދެކަނބަކުން ބުޅަލެއް އެޑޮޕްޓްކުރައްވަނީ
ލޭޑީ ގާގާގެ ކުއްތާތައް ހޯދައިދޭ މީހަކަށް 500،00
މަރުވަމުން އެދުނީ 5 މިލިއަން ޑޮލަރު ކުއްތާއަށް ދޭން
އެންމެ ގިނަ ހަރަކާތުން ދެ ކުއްތާ އަށް ރެކޯޑެއް
ކުއްތާއަކަށް އޮނަރަރީ ޑޮކްޓަރޭޓް ޑިގްރީއެއް
ބައިޑެންގެ ކުއްތާ ދަތްއަޅާތީ ގަނޑުވަރުން ބޭރުކޮށްފި
ކުއްތާއަކަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބުގެ ނަން
ވައުދު ނުފުއްދުމުން 30،000 ޑޮލަރު ދޭން ޖެހިއްޖެ
ކެވިލްގެ ހުރިހާ ވެސް އެއްޗަކީ ކުއްތާ
މީހަކު ސަލާމަތްކޮށްދޭން ކުއްތާއެއްގެ ބޮޑު އެހީއެއް