ބާސެލޯނާ (ނޮވެމްބަރު 17) – ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާސެލޯނާގެ މުހިއްމު ތިން ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ އަދި ޖެރެމީ މެތިއު ފިޓްވެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.
17 ނޮވެމްބަރ 2016
ބާސެލޯނާ (ނޮވެމްބަރު 17) – ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު މަލާގާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާސެލޯނާގެ މުހިއްމު ތިން ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ އަދި ޖެރެމީ މެތިއު ފިޓްވެ ޕްރެކްޓިހަށް ނުކުމެއްޖެ އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު މެންޗެސްޓާ ސިޓީ އަތުން 4-0 އިން ބާސެލޯނާ މޮޅުވި މެޗުގެ ފަހުން ޕީކޭ އާއި އަލަބާ ނުކުޅެ އެވެ. އެ މުއްދަތުގައި އެ ކުޅުންތެރިންނަށް ވަނީ ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް ކުޅުނު މެޗާއި ލީގުގައި ވެލެންސިއާ އާއި ގްރަނަޑާ އަދި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ގެއްލިފަ އެވެ.
މެތިއުގެ ކުޑަކަޅުވާއަށް އަނިޔާވީ މިދިޔަ މަހުގެ ފަހުކޮޅު ކަޓަލަން ސުޕަ ކަޕުގައި އެސްޕަންޔޯލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ތިން ކުޅުންތެރިން އެނބުރި އައި ނަމަވެސް އަދިވެސް ބާސެލޯނާ އަށް މުޅިން ހަމަޖެހުމެއް ނުލިބެ އެވެ. އެގޮތުން ފްރާންސް ގައުމީ ޓީމަށް ކުޅެނިކޮށް ޑިފެންޑަރު ސެމުއަލް އުމްޓީޓީގެ ފަލަމަސްގަނޑަށް އަނިޔާވެ ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު އަންދްރޭ އިނިއެސްޓާގެ ކަކުލުގެ އަނިޔާ އަދިވެސް ރަނގަޅެއް ނުވެ އެވެ. މީގެ އިތުރުން ސަސްޕެންޝަނުގެ ސަބަބުން މަލާގާއާ ދެކޮޅަށް ފޯވާޑް ލުއިސް ސުއަރޭޒަށް ނުކުޅެވޭނެ އެވެ.
ބާސާގެ ޑިފެންޑަރު ޕީކޭ ފުޓުބޯޅަ ކުޅުން ހުއްޓާލަނީ
ބާސާ އަށް ހަމަޖެހުމެއް އަތުވެއްޖެ: ޒަވީ
ޓީވީ ޝޯތަކުގައި ބައިވެރިނުވާން ޕީކޭއަށް ޒަވީ އަންގައިފި
ޕީކޭ އަށް ސީޒަން ނިމުމުގެ ބިރު ބޮޑު
ޕީކޭ ފުޓްބޯޅައިގެ ބޮޑު ދެ ޕްރޮޖެކްޓަަކާ ދިމާލަށް
ޕީކޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
އެސްޕަންޔޯލާ އެއްވަރުކޮށް ބާސާ ރެކޯޑެއް ހަދައިފި
ލެވަންޑޯސްކީއަށް އަނިޔާވެ މުހިއްމު ތިން ހަފްތާ ގެއްލެނީ
ފަހު ވަގުތުގެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް
ދެ ވަނަ ލެގުން ބަލިވިޔަސް ބާސާ އާއި ޕީއެސްޖީ ސެމީއަށް