ޗައިނާގެ އެހީގައި ސްރީ ލަންކާގައި ހަދާފައިވާ ކޮލަމްބޯ ޕޯޓް ސިޓީގެ ކަންކަން އިންތިޒާމުކުރަމުން އަންނަ ގޮތުގެ ސަބަބުން އެއީ މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަން ފަސޭހަ ތަނަކަށް ވެދާނެ ކަމުގެ އިންޒާރު ލަންކާ އާއި ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލީޒް ދެއްވައިފި އެވެ.
ޗައިނާގެ އެހީގައި ސްރީ ލަންކާގައި ހަދާފައިވާ ކޮލަމްބޯ ޕޯޓް ސިޓީގެ ކަންކަން އިންތިޒާމުކުރަމުން އަންނަ ގޮތުގެ ސަބަބުން އެއީ މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަން ފަސޭހަ ތަނަކަށް ވެދާނެ ކަމުގެ އިންޒާރު ލަންކާ އާއި ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލީޒް ދެއްވައިފި އެވެ.
ލަންކާގެ އިގްތިސާދީ ނާރެހެއްގެ ގޮތުގައި ސިފަކުރާ ބިލިއަން ޑޮލަރުގެ ޕޯޓް ސިޓީގައި ވިޔަފާރި ކުރުމަށް ވަރަށް ލުއި ގޮތްތަކާއި ޓެކްސް މާފުކޮށްދިނުން ފަދަ އެތައް ކަމެއް ހަމަޖައްސައިދޭއިރު އެ ކަންކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ބިރު ބޮޑު ކަމަށް ސަފީރު ވިދާޅުވި އެވެ.
މި ކަންބޮޑުވުން ފާޅުކުރެއްވީ ޕޯޓް ސިޓީ ކޮމިޝަންގެ ބިލްގެ ޑްރާފްޓެއް ސަރުކާރުން އެކުލަވައިލުމާ އެކުގަ އެވެ. އޭގައި، ޓެކްސް ދައްކަން ނުޖެހޭ ގޮތަށް މުސާރަ ދިނުމާއި އޯފްޝޯ ފައިނޭންޝަލް ސެންޓަރުތައް ހެދުން އަދި ޓެކްސް މާފުކޮށްދިނުން ފަދަ އެތައް ކަމެއް ހިމެނެ އެވެ. މީގެ ތެރޭގައި ޕޯޓް ހިންގާ އެޖެންސީން ބޭނުންވާ ނަމަ 40 އަހަރު ދުވަހަށް ޓެކްސް މާފުކޮށްދިނުމުގެ ބާރު ވެސް އޮވެ އެވެ.
"ޕޯޓް ސިޓީއާ ބެހޭ ގާނޫނީ ކޮންމެ ކަމަކާ މެދު އަދި އޭގެ އިގްތިސާދީ ނަތީޖާއާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ،" ކޮލަމްބޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޓެޕްލީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަނީލޯންޑަރިން ހިންގުމަކީ ޕޯޓް ސިޓީގެ މަގްސަދަކަށް ނުވިޔަސް ކަންކަން އިންތިޒާމުކުރާ ގޮތުގެ ސަބަބުން އެފަދަ އަމަލުތައް ހިންގުމަށް ފަސޭހަވެގން ހިނގައިދާނެ ކަމަށެވެ. އަދި ގާނޫނީ ގޮތުން މަނާ އެތައް ކަމެއް ހުއްދަ ކަންކަމުގެ ގޮތުގައި ކުރެވޭނެ މަގު ފަހިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވި އެވެ.
ޓެކްސް އިން ލަންކާ އަށް ލިބޭ އާމްދަނީ 2020 ވަނަ އަހަރު ވަނީ ދަށްވެފަ އެވެ. އަދި މައިގަނޑު ގޮތެއްގައި ޗައިނާ އިން ނަގާފައިވާ ލޯނުތަކާއި އެހެން ދަރަނިތައް އަދާކުރުމަށް ދައްކަންޖެހޭ ފައިސާ ގިނަވުމާއި ސަރުކާރުގެ ކުންފުނިތަކުން ގެއްލުން ވާތީ އެކަން ފޫބައްދަން ކުރަންޖެހޭ ހޭދަ ގިނަވެ ލަންކާގެ ކްރެޑިޓް ރޭޓިން ވެސް ވަނީ ދަށްވެފަ އެވެ.
އެމެރިކާ ސަފީރު ވިދާޅުވީ ޕޯޓް ސިޓީ އަކީ ލަންކާ އިން އިގްތިސާދީ މަންފާ ހޯދުމުގެ މުހިންމު މަގްސަދުގައި ހިންގާ ތަނެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެތަން ހިންގުމާ ބެހޭ ގާނޫނީ އޮނިގަނޑު އޮންނަންވާނީ ނުރަނގަޅު ކަންކަމަށް މަގު ފަހިނުވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
އެމެރިކާ އާއި ޗައިނާއިން ލަންކާ އަށް އެހީވާނެ
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
ޗައިނާ-އެމެރިކާގެ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވެއްޖެ
އެމެރިކާގެ ބޮޑު ނުރައްކަލަކީ ޗައިނާ: އިންޓެލް ރިޕޯޓް
ވީގޫރުން ޑީޕޯޓްކުރި އޮފިޝަލުންނަށް އެމެރިކާއަށް ނޭރޭނެ
ކޮވިޑުގެ އަސްލާ މެދު ސީއައިއޭ ދެކޭ ގޮތް ބަދަލުވެއްޖެ
އެމެރިކާގެ ކުރިއަށް ޗައިނާއަކަށް ނޭރޭނެ: ބައިޑެން
ޗައިނާގެ ހެކަރެއް ހައްޔަރުކުރަން 10 މިލިއަން ޑޮލަރު