އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 104 ޕަސެންޓުގެ ޓެރިފެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައި ފެއްޓެވި "ވިޔަފާރީގެ ހަނގުރާމަ" ޗައިނާގެ ވަރުގަދަ ރައްދަކާ އެކު މިއަދު ހޫނުވެއްޖެ އެވެ.
އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން 104 ޕަސެންޓުގެ ޓެރިފެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމަވައި ފެއްޓެވި "ވިޔަފާރީގެ ހަނގުރާމަ" ޗައިނާގެ ވަރުގަދަ ރައްދަކާ އެކު މިއަދު ހޫނުވެއްޖެ އެވެ.
ޗައިނާގެ މުދަލުން ޓެރިފް ބޮޑުކުރަން ނިންމުމުން އެ ގައުމުން އެންމެ ފުރަތަމަ ނިންމާފައި އޮތީ 34 ޕަސެންޓުގައި އެމެރިކާގެ މުދަލުން ޓެރިފް ނަގާށެވެ. ޖީއެމްޓީ ގަޑިން ބުދަ ދުވަހުގެ ހަވީރު 4:01 އިން ފެށިގެން މި ރޭޓުގައި އެމެރިކާގެ މުދަލުން ޓެރިފް ނަގަން ނިންމި ނިންމުން ބަދަލުކޮށް ޗައިނާގެ ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 84 ޕަސެންޓުގައި އެމެރިކާގެ މުދަލުން ޓެރިފް ނަގާނެކަން އިއުލާނުކޮށްފަ އެވެ.
"އެމެރިކާއިން ޗައިނާއާ ދެކޮޅަށް ޓެރިފް ބޮޑުކުރަމުން ދިއުމަކީ ގޯހުގެ މައްޗަށް ހަދާ ގޯހެއް. އެއީ ޗައިނާގެ ގާނޫނީ ހައްގުތަކާއި މަސްލަހަތުތަކަށް ވަރަށް ބޮޑަށް އުނިކަން އަންނަ ކަމެއް،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެމެރިކާގެ ނިންމުމަކީ ދެ ގައުމުގެ މެދުގައިވާ، "އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ވިޔަފާރީގެ ނިޒާމަށް" ލިބޭނެ ގެއްލުމެއް ކަމަށް ވެސް ޗައިނާއިން ބުންޏެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު އެހެން ބަޔާނެއްގައި ބުނީ ޝީލްޑް އޭއައި އާއި ސިއެރާ ނެވާޑާ ކޯޕް ހިމެނޭ ގޮތަށް އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސްގެ ހަ ކުންފުންޏެއް ބްލެކްލިސްޓް ވެސް ކުރާނެ ކަމަށެވެ.
ޖަޕާނުގެ ޓޯކްޔޯ ސްޓޮކް އެކްސްޗޭންޖުގެ ހިސާބުތައް ފެންނަ ބޯޑެއްގެ ކައިރިން މީހަކު މިއަދު ހިނގާފައި ދަނީ: އެމެރިކާއާ ހެދި ފެށިފައިވާ ވިޔަފާރީގެ ހަނގުރާމައާ އެކު ހިއްސާގެ ބާޒާރުތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައި. -- ފޮޓޯ: އޭއެފްޕީ
ޗައިނާގެ ރައްދު ހަމަލާއަށް ޓްރަމްޕް އަދި ޖަވާބެއް ނުދެއްވި ނަމަވެސް ޓެރިފްތަކުން ސަލާމަތްވުމަށް ކުންފުނިތައް އެމެރިކާއަށް ބަދަލުވާން ފެށުމަށް ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ. ޓްރަމްޕް އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ވަނީ "އެޕަލް ފަދައިން، އަދި އެހެން ބައިވަރު ކުންފުނިތަކުން ވެސް އަމަލުކުރަން ފަށާފައިވާ ގޮތަށް" މަސައްކަތްތައް އެމެރިކާއަށް ބަދަލުކުރުމަށް ބާރުއަޅުއްވައިފަ އެވެ.
"ލަސްނުކޮށް، މިހާރު އެކަން ކުރޭ،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ޓްރަމްޕު މިހާރު ވަނީ ޗައިނާއިން އެމެރިކާއަށް ގެންނަ ކުދި ޕާރްސަލްތަކުން ނަގާ 30 ޕަސެންޓުގެ ޓެރިފް ވެސް 90 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. މިއީ އެމެރިކާގައި ވެސް މަގުބޫލު ޗައިނާގެ އަގު ހެޔޮ މުދަލުގެ އަގުތައް އެތައް ގުނައެއް އުފުލިގެންދާނެ ސަބަބެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
ޓްރަމްޕް ގަބޫލުކުރައްވާ ގޮތުގައި ޓެރިފްތައް ބޮޑުކޮށްގެން މި އަޅުއްވާ ފިޔަވަޅުތަކުން އެމެރިކާގެ މެނުފެކްޗަރިން ބޭސް ފުޅާވެ ކުންފުނިތައް އަލުން އެމެރިކާއަށް ބަދަލުވާނެ އެވެ. އެކަމަކު މިއީ ކިހާ އަވަހަކަށް ވާނެ ކަމެއްތޯ އަދި ދުވަހަކު ވެސް ވާނެ ކަމެއްތޯ އިގްތިސާދީ މާހިރުން ސުވާލު އުފައްދަވަ އެވެ.
އެމެރިކާއިން ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކުރުމާ އެކު އެހެން ގައުމުތަކުން ވެސް ރައްދުގައި ފިޔަވަޅުތައް އަޅަން ފެށުމުން ފެށިފައިވާ ވިޔަފާރީގެ ހަނގުރާމަ ވަރުގަދަވަމުން ދާތީ ރިސެޝަނެއްގެ ބިރު ބޮޑުވެ މިދިޔަ ހަފްތާއިން ފެށިގެން މުޅި ދުނިޔޭގައި ވެސް ހިއްސާގެ ބާޒާރުތަކުން ވަނީ އެތައް ޓްރިލިއަން ޑޮލަރެއް ގެއްލިފަ އެވެ.
އެމެރިކާގެ ޓެރިފުން އިލެކްޓްރޯނިކް ސާމާނު އުނިކޮށްފި
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް
އެމެރިކާއިން ޓެރިފް ބޮޑުކުރުން 90 ދުވަހަށް ފަސްކޮށްފި
އެމެރިކާގެ ބޮޑު ނުރައްކަލަކީ ޗައިނާ: އިންޓެލް ރިޕޯޓް
ވީގޫރުން ޑީޕޯޓްކުރި އޮފިޝަލުންނަށް އެމެރިކާއަށް ނޭރޭނެ
ކޮވިޑުގެ އަސްލާ މެދު ސީއައިއޭ ދެކޭ ގޮތް ބަދަލުވެއްޖެ
އެމެރިކާގެ ކުރިއަށް ޗައިނާއަކަށް ނޭރޭނެ: ބައިޑެން
ޗައިނާގެ ހެކަރެއް ހައްޔަރުކުރަން 10 މިލިއަން ޑޮލަރު
ޗައިނާ އާއި އެމެރިކާ އިން ރާއްޖެއަށް ދެ ޑްރޯން ދެނީ
އެމެރިކާގައި ޓިކްޓޮކް މަނާކުރަން ހައުސްއިން ފާސްކޮށްފި