02 އެޕްރީލް 2021
ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާގައި މިހާރު ބޭނުންކުރާ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓުމެއް އައިސްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮލަމްބޯ (އެޕްރީލް 2) - ސްރީ ލަންކާގައި މިހާރު ބޭނުންކުރާ އޮކްސްފޯޑް/އެސްޓްރަޒެނެކާ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބުރާސްފަތި ދުވަހުން ފެށިގެން ހުއްޓުމެއް އައިސްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސްޓޭޓް މިނިސްޓަ އޮފް ޕްރައިމަރީ ހެލްތު ކެއާ އެޕިޑެމިކްސް އެންޑް ކޮވިޑް ޑިޒީޒް ކޮންޓްރޯލް، ސުދާޝަނީ ފެނާންޑޮލުއްލޭ ވިދާޅުވީ ވެކްސިން ޕްރޮގްރާމަށް ވަގުތީ މެދުކެނޑުމެއް ގެންނަން ޖެހުނީ އެސްޓްރަޒެނެކާ ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވުމުން ކަމަށެވެ.
އިންޑިއާގެ ސީރަމް އިންސްޓްޓިއުޓުން ދާދި ފަހުން ވަނީ އެސްޓްރަޒެނެކާ ވެކްސިން އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.
ސްޓޭޓް މިނިސްޓަ އޮފް ފާމަޝޫޓިކަލް ޕްރޮޑަކްޝަން، ސަޕްލައި އެންޑް ރެގިއުލޭޝަން ޕްރޮފެސަރު ޗަންނާ ޖަޔަސުމާނާ ކުރިން ވިދާޅުވީ ސީރަމް އަށް އޯޑަރު ދިން އެސްޓްރަޒެނެކާ ސްޓޮކް ބޭނުންވާ ވަގުތަށް ލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު ބެލެވިފައިވާ ގޮތުގައި އެ ޝިޕްމަންޓް ލިބުމުގައި ލަސްތަކެއް ވަނީ ދިމާވެފަ އެވެ. އެހެންވެ ލަންކާ ސަރުކާރުން ނިންމާފައި ވަނީ މިހާރު ހުރި ސްޓޮކް ދެ ވަނަ ޑޯޒަށް ބެހެއްޓުމަށެވެ. ދެ ވަނަ ޑޯޒް ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ލަފާދީފައި ވަނީ ފުރަތަމަ ޑޯޒް ޖަހާތާ 8-12 ހަފުތާއާ ދެމެދު އެވެ.
ލަންކާގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. މިހާތަނަށް ލަންކާގައި ވަނީ ސީރަމް އިންނާއި ކޮވެކްސް ފެސިލިޓީން ލިބުނު އެސްޓްރަޒެނެކާ ވެކްސިން ނުވަ ލައްކަ މީހުންނަށް ޖަހައިފަ އެވެ. ލަންކާގައި އެސްޓްރަޒަނެކާގެ ދެ ވަނަ ޑޯޒް ޖަހަން ފަށާނީ އެޕްރީލް 19 އިން ފެށިގެންނެވެ.
ޗައިނާގެ ސައިނޯފާމް ވެކްސިނަށް ލަންކާ އިން ހުއްދަ ދިނުމާ އެކު އެ ވެކްސިން އެ ގައުމުގައި މިއަދު ވަނީ ޖަހަން ފަށައިފަ އެވެ. ނަމަވެސް އެ ވެކްސިން ޖަހަނީ ލަންކާގައި އުޅޭ ޗައިނާ މީހުންނަށް އެކަންޏެވެ.
ސްރީ ލަންކާ އިން މިހާތަނަށް ވަނީ 92,917 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 571 މީހުން މަރުވެފަ އެވެ.
ވެކްސިން ޖެހި މީހުންނަށް ޓެސްޓު ނުހަދާ ލަންކާއަށް ދެވޭނެ
ލަންކާގައި ކޮވިޑް ވެކްސިން ކާޑު މަޖުބޫރު ކުރަނީ
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ލަންކާއިން ލުއި ދީފި
ސައިނޯފާމް ވެކްސިންއާ މެދު ލަންކާ އިން ގޮތެއް ނުނިންމާ
ވެކްސިން ޖެހި މީހުންނަށް ލަންކާގައި ކަރަންޓީނު އުވާލަނީ
ކޮވެކްސްގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ލަންކާ އަށް
ޖަޔަސޫރިއާ ވެކްސިން ޖެހި މައްސަލަ ބޮޑުކޮށްލައިފި
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގައި ފުރަތަމަ ވެކްސިން ދިނީ ތިން ސިފައިންނަށް