27 ފެބުރުއަރީ 2022
ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް، ކޮވިޑަށް ޓެސްޓު ނުކޮށް ލަންކާ އަށް އެތެރެވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް، ކޮވިޑަށް ޓެސްޓު ނުކޮށް ލަންކާ އަށް އެތެރެވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.
ލަންކާގެ ސިިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް އަދި ރެޕިޑް އެންޓިޖެން ޓެސްޓު ނުހަދާ ވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލަންކާ އަށް އެތެރެވެވޭނެ ކަމަށެވެ.
ކޮވިޑުން ދިފާއުވާން ދޭ ވެކްސިންގެ ދެ ޑޯޒް ޖަހައި، 14 ދުވަސް ވެފައިވާ ނަމަ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ބަލާނެ އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުދިން ނަމަ ވެކްސިންގެ އެންމެ ޑޯޒެއް ދީފައި ވިޔަސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ބަލާނެ އެވެ.
މީގެ އިތުރުން، ދަތުރަށް ފުރުމުގެ 7 ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ނަމަ އެ މީހަކީ ވެކްސިންގެ އެންމެ ޑޯޒެއް ޖަހާފައިވާ މީހަކަށް ވިޔަސް އަލުން ކޮވިޑަށް ޓެސްޓް ނުކޮށް ލަންކާއަށް އެތެރެވެވޭނެ އެވެ. އެކަމަކު މިކަން ސާބިތުކޮށްދެވޭނެ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ އެވެ. ކޮވިޑް ޖެހުނުތާ ހަ މަސް ދުވަސް ވެފައިވާ ނަމަ އެއް ޑޯޒް ޖަހާފައިވާ މީހުން ނެގެޓިވް ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ އެވެ.
ލަންކާއަށް ދާއިރު، ވެކްސިންގެ މައުލޫމާތާއި ކުރިން ކޮވިޑް ޕޮޒިޓިވް ވެފައިވާ ނަމަ އެކަމުގެ މައުލޫމާތު ކަށަވަރުކޮށްދެވޭނެ ލިޔެކިޔުން ގެންދަން ޖެހޭނެ ކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު އާ ގައިޑްލައިންގައި ބުނެފައިވެ އެވެ.
ލަންކާއަށް އެތެރެވާއިރު ކޮވިޑް ނެގެޓިވް ޓެސްޓެއް ހުށަޅަންޖެހޭ އޮތަށް އޮތް އޮތުން ބަދަލުކުރި ނަމަވެސް ވެކްސިން ނުޖަހާ ނުވަތަ ވެކްސިންގެ އެންމެ ޑޯޒެއް ޖަހާފައިވާ މީހުންނަށް ލަންކާއަށް އެތެރެވެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކުގަ އެވެ.
ވެކްސިން ނުޖަހާ، ޓޫރިސްޓް ވިސާގައި ލަންކާއަށްދާ މީހުން ލަންކާއަށް އެތެރެވާތާ ދުވަހު ޕީސީއާރް ޓެސްޓެއް ހަދައި ކަރަންޓީން ހޮޓެލް ނުވަތަ ހުއްދަ ދީފައިވާ ހޮޓަލެއްގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ އެވެ.
މާދަމާ ރޭ މެންދަމު 12:00 އިން ފެށިގެން ލަންކާގައި މި އުސޫލަށް އަމަލުކުރަން ފަށާފައި މި ވަނީ ކޮވިޑްގެ ކޭސްތައް މުޅި ދުނިޔޭގައި ވެސް މަދުވެ ގައުމުތައް ހުޅުވާލަމުންދާ ވަގުތެއްގަ އެވެ. ކޮވިޑް ފެތުރުނަސް ގައުމުތަކުން މިހާރު އިސްކަންދެނީ ބަލިން ރައްކާތެރިވެ ތިބުމުގެ ފިޔަވަޅުތަކާ އެކު އާންމު ހާލަތަކަށް ދިއުމަށެވެ.
ލަންކާގައި ކޮވިޑް ވެކްސިން ކާޑު މަޖުބޫރު ކުރަނީ
ދެ ޑޯޒް ޖެހިޔަސް އެމިރޭޓްސްއަށް ނުވަދެވޭނެ އޭޝިޔާގެ ހަ ގައުމެއް
ވެކްސިން ފުރިހަމަ ކުރާ މީހުންނަށް ލަންކާއިން ލުއި ދީފި
ވެކްސިން ދަތިވެ ލަންކާގައި ވެކްސިން ދިނުމަށް ހުއްޓުމެއް
ސައިނޯފާމް ވެކްސިންއާ މެދު ލަންކާ އިން ގޮތެއް ނުނިންމާ
ވެކްސިން ޖެހި މީހުންނަށް ލަންކާގައި ކަރަންޓީނު އުވާލަނީ
ކޮވެކްސްގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ލަންކާ އަށް
ޖަޔަސޫރިއާ ވެކްސިން ޖެހި މައްސަލަ ބޮޑުކޮށްލައިފި
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގައި ފުރަތަމަ ވެކްސިން ދިނީ ތިން ސިފައިންނަށް