Roadha Mihaaru
ސައިނޯފާމް ވެކްސިންއާ މެދު ލަންކާ އިން ގޮތެއް ނުނިންމާ

ސައިނޯފާމް ވެކްސިން ބޭނުންކުރުމާ މެދު ލަންކާ އިން އަދި ގޮތެއް ނުނިންމާ

31 މާޗް 2021

ކޮލަމްބޯ (މާޗް 31) - ޗައިނާގެ ސައިނޯފާމް ވެކްސިން ބޭނުން ކުރުމަށް ސްރީ ލަންކާ އިން އަދި ހުއްދަދީފައި ނުވާ ކަމަށް ކެބިނެޓުގެ ތަރުޖަމާން ޑރ. ރަމޭޝް ޕަތިރާނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (މާޗް 31) - ޗައިނާގެ ސައިނޯފާމް ވެކްސިން ބޭނުން ކުރުމަށް ސްރީ ލަންކާ އިން އަދި ހުއްދަދީފައި ނުވާ ކަމަށް ކެބިނެޓުގެ ތަރުޖަމާން ޑރ. ރަމޭޝް ޕަތިރާނާ ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޗައިނާ އިން ހަދިޔާ ކުރާ ސައިނޯފާމް ވެކްސިންގެ 600،000 ޑޯޒް މިއަދުގެ ވަގުތެއްގައި އެ ގައުމަށް ލިބޭނެ ކަމަށެވެ. ނަމަވެސް ލަންކާގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މެޑިސިންސް ރެގިއުލޭޓަރީ އޮތޯރިޓީން ދީފައި ނުވާކަން އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. ކުރިން ދީފައި ވަނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ އެކަންޏެވެ.

ޕަތިރާނާ ވިދާޅުވީ ލަންކާ އިން އިންތިޒާރު ކުރަނީ ޗައިނާ ނޭޝަނަލް ފާމަޝޫޓިކަލް ގްރޫޕުގެ ސައިނޯފާމް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހުއްދަ ދޭނެ ވަގުތަކަށް ކަމަށެވެ. އެ ހުއްދަ ލިބުމާ އެކު ސައިނޯފާމް ވެކްސިން ފުރަތަމަ ބޭނުންކުރާނީ ސްރީ ލަންކާގައި އުޅޭ ޗައިނާ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕަތިރާނާ ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ސައިނޯފާމް ވެކްސިން މެޑިސިންސް އޮތޯރިޓީން އިވެލުއޭޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަތަރު ފޭސްގެ ކްލިނިކަލް ނަތީޖާތައް އިވެލުއޭޓް ކުރުމުގައި ލަސްކަމެއް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ ފޭސް ހަތަރެއްގެ ޓްރަޔަލްތަކުގެ ނަތީޖާ އިނގިރޭސި ބަހުން އަދި ލިބިފައި ނުވާތީ އެވެ. އަދި ޑަބްލިއުއެޗްއޯ އިން ވެސް ހުއްދަ އަދި ނުލިބެނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުއްދަ ލިބުމާ އެކު އެ ވެކްސިން ލަންކާގައި ބޭނުންކުރަން ފަށާނަން،" އޭނާ ވިދާޅުވި އެވެ.

ފޭސް ތިނެއްގެ ޓްރަޔަލްތަކުން ދައްކާފައިވާ ގޮތުގައި ކޮރޯނާވައިރަހާ ދެކޮޅަށް ސައިނޯފާމް ވެކްސިން 79 ޕަސެންޓް ކާމިޔާބެވެ.