31 މާޗް 2024
އިގްތިސާދީ އަޑިގަނޑެއްގައި އޮތް ސްރީ ލަންކާއަށް މާލީ ގޮތުން އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ޗައިނާއިން އަނެއްކާވެސް ދީފި އެވެ.
އިގްތިސާދީ އަޑިގަނޑެއްގައި އޮތް ސްރީ ލަންކާއަށް މާލީ ގޮތުން އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ޗައިނާއިން އަނެއްކާވެސް ދީފި އެވެ.
ބޭރުގެ ދަރަނި ނުދެއްކި ބަނގުރޫޓުވެފައިވާ ލަންކާއިން ދައްކަންޖެހޭ ފައިސާގެ 10 ޕަސެންޓަކީ ޗައިނާގެ ލޯނުތަކެވެ. މި ލޯނުތައް ދެއްކުމުގައި ލުއި ގޮތެއް ހަމަޖެހޭތޯ ބެލުމަށް ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ޗައިނާއަށް ހޯމަ ދުވަހު ވަޑައިގެން އެ ގައުމުގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުުކުރެއްވި އެވެ.
މި ދަތުރާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާ އޮތީ ލަންކާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ކަމަށެވެ.
ލަންކާގެ ލޯނުތައް ރީސްޓްރަކްޗާކުރުމަކީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަންކާ އަށް އެހީވުމުގައި ކޮށްފައިވާ ޝަރުތަކަށް ވާއިރު އެކަމަށް އިޝާރާތްކޮށް ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ ޗައިނާގެ މާލީ އިދާރާތަކުން ލަންކާ އެކު އެކުވެރި ގުޅުމެއް ބާއްވާނެ ކަމަށެވެ. އަދި ދެވެން ހުރި ލުއިތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ބުންޏެވެ.
ޗައިނާގެ "ބެލްޓް އެންޑް ރޯޑް" އިނިޝިއޭޓިވްގެ ދަށުން ލަންކާގެ ހަމްބަންޓޯޓާގައި ހަދާފައިވާ ބަނދަރާއި ޕޯޓް ސިޓީ ކޮލަމްބޯ ޕްރޮމޯޓްކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ވެސް ދެ ގައުމުން އެއްބަސްވި ކަމަށް ބަޔާނުގައިވެ އެވެ.
ލަންކާގައި 10 އަހަރު ވަންދެން ވެރިކަންކުރެއްވި މަހިންދަ ރާޖަޕަކްސްގެ ވެރިކަމުގައި ހަމްބަންޓޯޓާގައި ހެދި ބަނދަރު ވެފައިވަނީ ލަންކާ އަށް ނުބެލެހެއްޓޭވަރުގެ ބޮޑު އިންވެސްޓްމަންޓަކަށެވެ. މި ބަނދަރު ހަދަން ނެގި ބޮޑު ލޯނު ނުދެއްކި މިހާރު ވަނީ އެ ބަނދަރު ޗައިނާ މާޗަންޓްސް ގްރޫޕް އަށް 1.12 ބިލިއަން ޑޮލަރަށް 99 އަހަރަށް ދީފަ އެވެ.
ބޮޑެތި ލޯނުތަކާ އެކު ލަންކާގެ ބޭރުގެ ދަރަނި 46 ބިލިއަން ޑޮލަރަށް އަރައި އެ ފައިސާ ނުދެއްކި ބަނގުރޫޓުވިކަން އިއުލާނުކުރީ އޭޕްރީލް 2022 ގަ އެވެ. މިކަމުން އަރައިގަތުމަށް އައެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓެއް ހޯދައި މިހާރު އަންނަނީ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތްކުރަމުންނެވެ. -- އޭއެފްޕީ
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
ޗައިނާއިން ލަންކާގެ ކަނޑާއި ވައިގެ ބަނދަރު ހަދައިދެނީ
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދު ލަންކާގައި
ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާއިން ހުއްދަ ދީފި
އިންޑިއާ ނުރުހުމުން ޗައިނާ މަނަވަރު ލަންކާއަށް ނުވެއްދި
ޗައިނާގެ މަނަވަރެއް ލަންކާއަށް ދާތީ އިންޑިއާ ޝަކުވާގައި