28 މާޗް 2024
ސްރީ ލަންކާގެ މުހިންމު ކަނޑުގެ ބަނދަރާއި މައި ވައިގެ ބަނދަރު ތަރައްގީކޮށްދޭން ޗައިނާއިން ހުށަހަޅާފައިވާ ކަމަށް ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ މުހިންމު ކަނޑުގެ ބަނދަރާއި މައި ވައިގެ ބަނދަރު ތަރައްގީކޮށްދޭން ޗައިނާއިން ހުށަހަޅާފައިވާ ކަމަށް ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރްދަނާ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ދަރަނި އެންމެ ބޮޑަށް އޮތް ޗައިނާއަށް ލަންކާގެ ބޮޑުވަޒީރު ވަޑައިގެން ކުރެއްވި މަޝްވަރާތަކަށް ފަހު ވިދާޅުވީ އިގްތިސާދީ ހީނަރުކަމުން ސަލާމަތްވާން ބޭރުގެ ދަރަނި އަލުން އެކުލަވާލަން ޗައިނާއިން އެހީވާން ވެސް އެއްބަސްވި ކަމަށެވެ. އެއީ އައިއެމްއެފްގެ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ދެމެހެއްޓުމަށް މުހިންމު ޝަރުތެކެވެ.
ގުނަވަރްދަނާގެ އޮފީހުން ބުނި ގޮތުގައި، ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް ވަނީ ޗައިނާއިން ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަރުހަލާއަށް މެދުނުކެނޑި އެހީތެރިވެދީ، ލަންކާގެ އިގްތިސާދު ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.
ގުނަވަރްދަނާ ވިދާޅުވީ ކޮލަމްބޯ އިންޓަނޭޝަނަލް އެއާޕޯޓާއި ހަމްބަންޓޯޓާ ބަނދަރު ތަރައްގީ ކުރުމަށް ޗައިނާ އިން އެހީ ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
ޖަޕާނުގެ އެހީގައި ކޮލަމްބޯ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ލަންކާ ބަނގުރޫޓު ވުމުން އޮތީ ހުއްޓިފަ އެވެ.
ދަރަނި އަލުން އެކުލަވާލުމާ ގުޅޭ ގޮތުން ޗައިނާގެ ސްޓޭންޑް ހާމަ ނުކުރި ނަމަވެސް ލަންކާގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ލޯނުތައް ފަސްކޮށް ނުވަތަ ކުޑަކުރުން ފަދަ ކަމަކަށް ޗައިނާއިން އެއްބަހެއް ނުވެ އެވެ. އެކަމަކު ލޯނު ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ޗައިނާއިން އެއްބަސްވާ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.
ލަންކާއަށް ވަނީ 2022 ވަނަ އަހަރު ޒަރޫރީ ބޭނުންތަކަށް ފައިނޭންސް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ، 46 ބިލިއަން ޑޮލަރުން ދަރަނިވެރިވެ ބަނގުރޫޓުވެފަ އެވެ. އެ ދުވަސްވަރު އާންމުންގެ މުޒާހަރާތައް ހޫނުވެ އޭރުގެ ރައީސް ގޮޓާބެ ރާޖަޕަކްސަ އިސްތިއުފާ ދެއްވަން ޖެހުނެވެ.
ލަންކާގެ ހަމްބަންޓޯޓާ ޗައިނާގެ ދައުލަތުގެ ކުންފުންޏަކާ 2017 ވަނަ އަހަރު 1.12 ބިލިއަން ޑޮލަރަށް 99 އަހަރުގެ ކުއްޔަށް ދިނުމުން، ވާދަވެރި އިންޑިއާ އިން ވަނީ ސަލާމަތީ ގޮތުން ކަންބޮޑުވުންތައް ހުރި ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. އިންޑިއާގެ އިތުރުން އެމެރިކާ ވެސް އެކަމާ ކަންބޮޑުވެ އެވެ.
ލަންކާއިން ބުނި ގޮތުގައި އެގައުމުގެ ބަނދަރުތައް އެއްވެސް އަސްކަރީ ބޭނުމަކަށް ބޭނުމެއް ނުކުރާނެ އެވެ. ނަމަވެސް ޗައިނާގެ ރިސާޗް އުޅަނދުތަކުން ހަމްބަންޓޯޓާއަށް ވަންނާތީ އެ އުޅަނދުތަކުން އިންޑިއާ އަށް ޖާސޫސްކޮށްފާނެ ކަމަށް ބުނެ އިންޑިއާއިން ވަނީ ޝަކުވާކޮށްފަ އެވެ. -- އޭއެފްޕީ
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ
ބަނދަރު ހަވާލު ކުރަން ޗައިނާ އިން ޕްރެޝަރެއް ނުކުރޭ
ހަމްބަންޓޯޓާ ބަނދަރު އަސްކަރީ ކަމަކަށް ބޭނުމެއް ނުކުރާނެ
ހަމްބަންޓޯޓާ ބަނދަރު ރަސްމީކޮށް ޗައިނާއާ ހަވާލުކޮށްފި
ޗައިނާ އިން ލަންކާއަށް ކުރި އިންވެސްޓްގެ ބަދަލު ހޯދަނީ
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
ލަންކާއަށް އެހީވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި
ވެރިކަން ވައްޓާލީ ޗައިނާއާ ހެދި: ގޮޓާބަޔަ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި