07 މާޗް 2024
ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން މަޖުބޫރުވި ހާލަތު މެދުވެރިކުރުވީ ޗައިނާގެ އިންވެސްޓްމަންޓްތައް ގެންނާތީ ޗައިނާގެ ވާދަވެރި ގައުމުތަކުގެ މެދުގައި އޮތް ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ތެރޭގައި ކަމަށް ގޮޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ރައީސްކަމުގެ މަގާމުން އިސްތިއުފާދޭން މަޖުބޫރުވި ހާލަތު މެދުވެރިކުރުވީ ޗައިނާގެ އިންވެސްޓްމަންޓްތައް ގެންނާތީ ޗައިނާގެ ވާދަވެރި ގައުމުތަކުގެ މެދުގައި އޮތް ޖިއޮޕޮލިޓިކަލް ވާދަވެރިކަމުގެ ތެރޭގައި ކަމަށް ގޮޓާބަޔަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ރާޖަޕަކްސަ 2022 ވަނަ އަހަރު އިސްތިއުފާ ދެއްވީ ބޭރުގެ ލޯނުތައް ނުދެއްކި، އިގްތިސާދު އިނދަޖެހި ގައުމު ބަނގުރޫޓުވުމުން ކުރިމަތިވި ދަތިިކަމުގައި އާންމުން މުޒާހަރާކޮށް ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ އިދާރާތަކަށް ވަދެގަނެ ހިންގި ބޮޑެތި ހަމަނުޖެހުންތަކަށް ފަހު ގައުމުން ބޭރަށް ފިއްލަވައިގެން ވަޑައިގަތްތާ ދުވަސްކޮޅެއް ފަހުންނެވެ.
ވެރިކަން ވެއްޓުނު ސަބަބާ ބެހޭ ގޮތުން މިހާތަނަށް އާންމުކޮށް ވާހަކަ ނުދައްކަވާ ހުންނެވުމަށް ފަހު ރާޖަޕަކްސަ ލިޔުއްވި "ދަ ކޮންސްޕިރެސީ" ފޮތުގައި އޭނާ ވަނީ އޭރުގެ އިގްތިސާދީ ސިޔާސަތު ދިފާއުކުރައްވައިފަ އެވެ. ރާޖަޕަކްސަގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ލަންކާއިން ބޭހާއި ތެލާއި އަސާސީ ކާބޯތަކެތި ހުސްވެ ގައުމު ހުއްޓުމަކަށް އަ އެވެ.
އެކަމަކު ރާޖަޕަކްސް ލިޔުއްވާފައިވާ ގޮތުގައި ވެރިކަން ވައްޓާލުމުގެ ސަބަބަކަށްވީ 2006 ވަނަ އަހަރުން ފެށިގެން ލަންކާއަށް ގެންނަމުން ދިޔަ ޗައިނާގެ އިންވެސްޓްމަންޓްތަކާ އެކު އުފެދުނު ޖިއޮޕލިޓިކަލް ވާދަވެރިކަމެވެ.
"އަޅުގަނޑުގެ ވެރިކަން ވައްޓާލުމުގައި ބޭރުގެ އަތެއް ނުވާނެ ކަމަށް ގަބޫލުކުރުމަކީ ވަރަށް ހަނި ވިސްނުމަކަށް ނޫނީ ނުވާނެ އެވެ." ރާޖަޕަކްސަ ލިޔުއްވާފައިވެ އެވެ.
ވަކި ގައުމެއްގެ ނަން ރާޖަޕަކްސަ ވިދާޅު ނުވިޔަސް، ޗައިނާގެ އިންވެސްޓްމަންޓްތަކާ އެކު ލަންކާ ދަރަނީގެ މަޅިއެއްގައި ޖެހެމުންދާ ކަމުގެ އިންޒާރު އެ ދުވަސްވަރު އެމެރިކާއިން އައީ ދެމުންނެވެ.
ރާޖަޕަކްސަ ރައީސްކަމުން އިސްތިއުފާ ދެއްވީ އަސްކަރީ މަތިންދާބޯޓެއްގައި ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު އިސްތިއުފާގެ ސިޓީ އީމެއިލް ކޮށްގެންނެވެ.
ލަންކާއަށް އެންމެ ގިނަ ލޯނު ނަގާފައިވަނީ ޗައިނާއިންނެވެ. އެއީ ބޭރުގެ ޖުމްލަ ދަރަނީގެ 10 ޕަސެންޓެވެ. ސެޕްޓެމްބަރު 2023 ގެ ނިޔަލަށް ލަންކާގެ ބޭރުގެ ދަރަނި 52.65 ބިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ. -- އޭއެފްޕީ
ދަރަނީގެ ލުއިތަކަކަށް ލަންކާއިން ޗައިނާގައި އެދިއްޖެ
ލަންކާގެ ރައީސް ޗައިނާ އަށް، ބޮޑުވަޒީރު އިންޑިއާ އަށް
އިންވެސްޓްކުރަން އާދޭ! ނޫނީ ފުރުސަތު އޮތީ ޗައިނާއަށް
އިންޑިއާ އާއި ޗައިނާއާ ދެމެދަށް ނުވަންނާނަން: ގޯޓާބޭ
އިންތިޚާބަށް ޗައިނާ އިން އެހީއެއް ނުވޭ: ގޮތަބަޔާ
ސްކޭމް ހިންގާ 230 މީހަކު ލަންކާއިން ހައްޔަރުކޮށްފި
ލަންކާގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 21 ގައި
ލަންކާއަށް އެހީވާނެ ކަމުގެ ޔަގީންކަން ޗައިނާއިން ދީފި
ޗައިނާއިން ލަންކާގެ ކަނޑާއި ވައިގެ ބަނދަރު ހަދައިދެނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި