Roadha Mihaaru

ކޮރަޕްޝަންގެ ކުށުގައި ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކު ދިގު މުއްދަތަށް ޖަލަށް

ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓާބެ ރާޖަޕަކްސަގެ ސަރުކާރުގެ ދެ މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފި އެވެ.

ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް

ސްރީ ލަންކާގެ ކުރީގެ ރައީސް ގޮޓާބެ ރާޖަޕަކްސަގެ ސަރުކާރުގެ ދެ މިނިސްޓަރެއްގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ޖަލަށް ލުމަށް މިއަދު ހުކުމް ކޮށްފި އެވެ.

ޖަލު ހުކުމް އައީ ކުރީގެ ސްޕޯޓްސް މިނިސްޓަރު މަހިންދަނަންދާ އަލުތުގަމާގެ އާއި ކުރީގެ ޓްރޭޑް މިނިސްޓަރު އަނިލް ފެނާންޑޯގެ މައްޗަށެވެ. ކޮލަމްބޯ ހައި ކޯޓުން ހުކުމް ކުރީ 53 މިލިއަން ރުޕީސް (177،000 ޑޮލަރު) ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށް މި ދެ ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މީގެ ތެރެއިން އަލުތުގަމާގެ 20 އަހަރަށް ޖަލަށް ލާން ހުކުމްކުރި އިރު ފެނާންޑޯ އަށް ވަނީ 25 އަހަރުގެ ހުކުމެއް އިއްވައިފަ އެވެ.

ލަންކާގައި 2010 އިން 2015 އަށް ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަލުތުގަމާގެ އަކީ ރާޖަޕަކްސަގެ ކެބިނެޓުން ކޮރަޕްޝަންގެ ކުށް މިހާތަނަށް ސާބިތުވި އެންމެ ސީނިއާ މިނިސްޓަރެވެ.

މީގެ ހަ އަހަރު ކުރިން ރާޖަޕަކްސަގެ އާއިލީ ވެރިކަން މެދުކެނޑިފައި ވަނިކޮށް މި ދެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ފެށި ނަމަވެސް މިދިޔަ އަހަރު އާ ސަރުކާރެއް ވެރިކަމާ ހަވާލުވުމާ ހަމައަށް ވެސް އެ މައްސަލަ ކުރިއަށް ދިޔައީ ވަރަށް ލަހުންނެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ޗައިނާގެ ސަޕްލަޔަރަކަށް، އަދިވެސް ލިބިފައި ނުވާ ފާޓިލައިޒާ ޝިޕްމަންޓެއްގެ އަގުގެ ގޮތުގައި 6.09 މިލިއަން ޑޮލަރު ދޭން ހުއްދަ ދިން މައްސަލައެއްގައި ވެސް އަލުތުގަމާގެ މައްޗަށް އަންނަނީ ތަހުގީގު ހިންގަމުންނެވެ.