ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.
ދައުލަތުގެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ސްރީލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު ރަނިލްވިކްރަމަސިންހަގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި އެވެ.
ރަނިލް އިއްޔެ ހައްޔަރުކުރީ އޭނާ ރައީސްކަމުގައި ހުންނެވިއިރު 2023 ވަނަ އަހަރު އޭނާގެ އަނބިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެ ވަޑައިގަތުމަށް ދައުލަތުގެ ހަރަދުގައި އިނގިރޭސިވިލާތަށް ދަތުރު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އަންނަ އަންގާރަ ދުވަހާ ހަމައަށް އޭނާ ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން ކޮލަމްބޯގައި ހުންނަ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ރަނިލްއަށް މިއަދު ފަރުވާދޭން ފެށީ ޖަލުގެ ހޮސްޕިޓަލްގައި ފަރުވާގައި ދެވޭ މިންވަރަށް ވުރެ ހާލަތު ގޯސްވުމުންނެވެ. އަދި އިއްޔެ ރަނިލްގެ ބަންދު މުއްދަތު ކޯޓުން އިތުރުކުރުމުން ވެސް އޭނާއަށް ޖަލުގެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެ އެވެ.
ލަންކާގައި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ރަނިލްއަކީ އޭގެކުރިން ބޮޑުވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރަނިލްއަކީ ފަހުގެ ތާރީހެއްގައި ލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހައްޔަރު ކުރެވުނު ފުރަތަމަ ބޭފުޅާ އެވެ.
ރަނިލް 2022 ވަނަ އަހަރު ރައީސްކަމާ ހަވާލުވެ ވަޑައިގަތީ ލަންކާއަށް ބޮޑު އިގްތިސާދީ ކާރިސާއެއް ކުރިމަތިވެ، އޭރުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުތުމުން ގޮތަބަޔާގެ ވެރިކަން ވެއްޓުމުންނެވެ.
އެހެންވެ، ލަންކާގެ އިގްތިސާދީ ކާރިސާއިން އޭރު އަރައިގަތުމުގައި ރަނިލްގެ ދައުރު ވަރަށް ބޮޑެވެ.
ކޮރަޕްޝަން ބަލާ ކޮމިޝަނަށް ރަނިލް ހާޒިރު ކުރަނީ
ކޮރަޕްޝަނުގެ މައްސަލަބަލަން ރަނިލް ވެސް ތާއީދުކުރައްވާނެ
ލަންކާގައި ވެރިކަން ކުރަނީ ވަގުންގެ ޕާޓީއަކުން ނޫން: ރަނިލް
އިނާޔަތްތައް ކަނޑާލާތީ ރާޖަޕަކްސަ ގަނޑުވަރު ދޫކޮށްލަނީ
ކަފާލާތަށް ފަސް މިލިއަން ދެއްކުމުން ރަނިލް ދޫކޮށްލައިފި
ރަނިލްގެ ދިފާއުގައި ލަންކާގެ ކުރީގެ ތިން ރައީސް
"ރަނިލް ހައްޔަރުކުރީ އަލުން ވެރިކަމަށް އަޔަނުދޭން"
ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި
ސްރީލަންކަންގެ ކުރީގެ ޗެއާމަން ހައްޔަރުކޮށްފި
ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް