ކޮލަމްބޯ (ސެޕްޓެމްބަރު 10) - ސްރީ ލަންކާގައި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ހާޒިރުވުމަށް އަންގައިފި އެވެ.
11 ސެޕްޓެމްބަރ 2019
ކޮލަމްބޯ (ސެޕްޓެމްބަރު 10) - ސްރީ ލަންކާގައި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ހާޒިރުވުމަށް އަންގައިފި އެވެ.
ޕްރެޒިޑެންޝަލް ކޮމިޝަން އޮފް އިންކުވަޔަރީ (ޕީސީއޯއައި) އަށް ރަނިލް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހެނދުނެވެ. ނަމަވެސް ރަނިލް ވަނީ މާދަމާ ހާޒިރުވާން އުނދަގޫ ކަމަށް ކޮމިޝަނަށް އަންގައިފަ އެވެ. ކޮމިޝަނުން މިހާރު ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހު ރަނިލް ހާޒިރު ކުރާ ގޮތަށެވެ.
ރަނިލްއާ ސުވާލު ކުރަނީ އެގްރިކަލްޗާ މިނިސްޓްރީގެ އިމާރާތާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. އެގްރިކަލްޗާ މިނިސްޓްރީ އަށް އިމާރާތެއް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ލަންކާ ސަރުކާރުގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އިގްރިކަލްޗާ މިނިސްޓްރީ ހިންގަމުން އައި އިމާރާތް 2015 ވަނަ އަހަރު ހުސްކޮށްފައި ވަނީ ބޮޑު ވަޒީރު ރަނިލް ކެބިނެޓަށް ހުށަހެޅި ޕްރޮޕޯޒަލަކާ ގުޅިގެންނެވެ. އެ އިމާރާތް ހުސްކުރަން ހުށަހެޅީ ޕާލަމެންޓުގެ ކޮމިޓީތަކަށެވެ. އެގްރިކަލްޗާ މިނިސްޓްރީ އަށް އާ އިމާރާތެއް ގަނެފައި ވަނީ މަހަކު 21.5 މިލިއަން ރުޕީސް ދައްކާ ގޮތަށެވެ.
ރަނިލްގެ ހާލު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި
ކޮރަޕްޝަނުގެ މައްސަލަބަލަން ރަނިލް ވެސް ތާއީދުކުރައްވާނެ
ލަންކާގައި ވެރިކަން ކުރަނީ ވަގުންގެ ޕާޓީއަކުން ނޫން: ރަނިލް
އިނާޔަތްތައް ކަނޑާލާތީ ރާޖަޕަކްސަ ގަނޑުވަރު ދޫކޮށްލަނީ
ކަފާލާތަށް ފަސް މިލިއަން ދެއްކުމުން ރަނިލް ދޫކޮށްލައިފި
ރަނިލްގެ ދިފާއުގައި ލަންކާގެ ކުރީގެ ތިން ރައީސް
"ރަނިލް ހައްޔަރުކުރީ އަލުން ވެރިކަމަށް އަޔަނުދޭން"
ލަންކާގެ ކުރީގެ ރައީސް ރަނިލް ހައްޔަރުކޮށްފި
ސްރީލަންކަންގެ ކުރީގެ ޗެއާމަން ހައްޔަރުކޮށްފި
ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް