Roadha Mihaaru
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި

ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި

23 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 23) - ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން އެ ގައުމުގެ ކޯޓުން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 23) - ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން އެ ގައުމުގެ ކޯޓުން ނިންމައިފި އެވެ.

ސްރި ލަންކާގެ ސްޕެޝަލް ހައި ކޯޓުން މި ގޮތަށް ނިންމީ ގޯޓާބޭ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. ކޯޓުން މިހާރު ވަނީ ގޯޓާބޭގެ ޕާސްޕޯޓް ވެސް އަނބުރާ ހަވާލުކޮށްފަ އެވެ.

ސްރީ ލަންކާގެ ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް އަށް ލިބިދެވޭ އިމްތިޔާޒްތަކުގެ ދަށުން، ރައީސްކަމުގެ މުއްދަތުގައި، ރައީސްއާ ދެކޮޅަށް އެއްވެސް މައްސަލައެއް ކޯޓަކުން ނުބެލޭނެ އެވެ. ނަމަވެސް މަގާމުން ވަކިވެވަޑައިގަތުމުން އެ މައްސަލަ އަލުން ބެލޭނެ އެވެ.

ގޯޓާބޭގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ދައުލަތުގެ ޚަޒާނާ އިން 33 މިލިން ރުޕީސް (185،000 ޑޮލަރު) ނަންގަވައި އެ ފައިސާ، އެމަނިކުފާނުގެ މައިންބަފައިންގެ ހަނދާނުގައި ބިނާއެއް ހެއްދެވި މައްސަލަ އެވެ. ގޯޓާބޭ މައްސަލަ ބެލީ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ކުރީގެ ސަރުކާރުން އުފެއްދި ޚާއްސަ ކޯޓަކުންނެވެ. އެ މައްސަލާގައި ގޯޓާބޭގެ މައްޗަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައުވާ ކުރީ ލަންކާގެ ހައި ކޯޓުންނެވެ.