Roadha Mihaaru
އިންޑިއާ އާއި ޗައިނާއާ ދެމެދަށް ނުވަންނާނަން: ގޯޓާބޭ

އިންޑިއާ އާއި ޗައިނާއާ ދެމެދަށް ނުވަންނާނަން: ގޯޓާބޭ

27 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 27) - ސުޕަޕަވަރުންގެ ގޮތުގައި ބަލާ އިންޑިއާ އާއި ޗައިނާއާ ދެމެދަށް ނުވަންނާނެ ކަމަށް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 27) - ސުޕަޕަވަރުންގެ ގޮތުގައި ބަލާ އިންޑިއާ އާއި ޗައިނާއާ ދެމެދަށް ނުވަންނާނެ ކަމަށް ސްރީ ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

އާ ރައީސް ގޯޓާބޭ ވިދާޅުވީ އިންޑިއާއާ އެކު ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށާއި އިންޑިއާގެ މަސްލަހަތަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.

ބޭބޭފުޅު މަހިންދާ ރާޖަޕަކްސާގެ ވެރިކަމުގައި ޗައިނާއާ ގާތްގުޅުމެއް ބޭއްވި ނަމަވެސް ގޯޓާބޭ ވިދާޅުވީ އޭނާގެ ޚާރިޖީ ސިޔާސަތަކަށް ވާނީ "ވަކި ފަރާތަކަށް ނުޖެހުން" ކަމަށެވެ.

"އިންޑިއާއާ އެކު މަސައްކަތް ކުރާނަން. އިންޑިއާގެ މަސްލަހަތަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރާނަން. ލަންކާ އޮންނާނީ ވަކި ފަރާތަކަށް ނުޖެހި ހުރިހާ ގައުމަކާ އެކު ވެސް މަސައްކަތް ކުރެވޭ ފަދަ ހާލަތެއްގައި،" ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ހުކުރު ދުވަހު އިންޑިއާ އަށް ވަޑައިގަންނަވާ ގޯޓާބޭ ވިދާޅުވި އެވެ.

"ހުރިހާ ގައުމަކާ އެކު ވެސް މަސައްކަތް ކުރަން ބޭނުންވޭ. އެއްވެސް ގައުމަކަށް ގެއްލުންވާ ގޮތަށް މަސައްކަތެއް ނުކުރާނަން. އިންޑިއާގެ ކަންބޮޑުވުންތައް އެނގޭ. އިންޑިއާގެ ސެކިއުރިޓީ އަށް ގެއްލުވާނެ ކަމެއް ނުކުރާނަން،

މިމަހު 16 ވަނަ ދުވަހު ލަންކާގައި ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި ގޯޓާބޭ ވިދާޅުވީ ލަންކާ އަކީ ކުޑަ ގައުމަކަށްވާ އިރު ސުޕަޕަވަރުންގެ މެދަށް ނުވަންނާނެ ކަމަށެވެ. އެހެންވެ އިންޑިއާ އަދި ޗައިނާއާ އެކު ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގައުމަކާ އެކު ވެސް މަސައްކަތް ކުރަން ބޭނުންވޭ. އެއްވެސް ގައުމަކަށް ގެއްލުންވާ ގޮތަށް މަސައްކަތެއް ނުކުރާނަން. އިންޑިއާގެ ކަންބޮޑުވުންތައް އެނގޭ. އިންޑިއާގެ ސެކިއުރިޓީ އަށް ގެއްލުވާނެ ކަމެއް ނުކުރާނަން،" އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް އަށް ދެއްވި އިންޓަވިއުއެއްގައި ގޯޓާބޭ ވިދާޅުވި އެވެ.

ބޭބޭފުޅު ރާޖަޕަކްސާގެ ވެރިކަމުގައި ލަންކާގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކާ ގުޅިގެން ގޯޓާބޭ ވިދާޅުވީ އެއީ "މުޅިން ވެސް ވިޔަފާރި" ކަމަށެވެ.

"އަޅުގަނޑު ދައުވަތު ދެން އިންޑިއާ އާއި ސިންގަޕޫރު، ޖަޕާން، އޮސްޓްރޭލިއާ އިން ލަންކާގައި އިންވެސްޓް ކުރަން. ޗައިނާ އިން އެކަނި އިންވެސްޓް ކުރާކަށް ފުރުސަތެއް ނުދޭނަން،" ގޯޓާބޭ ވިދާޅުވި އެވެ.

ހަމްބަންޓޯޓާ ބަނދަރު 99 އަހަރަށް ޗައިނާ އަށް ދިނުމަކީ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސަރުކާރުން ކުރި ގޯސް ކަމެއް ކަމަށް ގޯޓާބޭ ވިދާޅުވި އެވެ.