16 އޯގަސްޓް 2022
ޗައިނާގެ ރިސާޗް އުޅަނދެއް ކަމަށްވާ "ޔުއާންގް ވަންގް 5" ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް މިއަދު ވަދެފި އެވެ.
ޗައިނާގެ ރިސާޗް އުޅަނދެއް ކަމަށްވާ "ޔުއާންގް ވަންގް 5" ސްރީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް މިއަދު ވަދެފި އެވެ.
ޖާސޫސްކުރުމަށް ބޭނުންކުރާ ކަމަށް ތުހުމަތުކުރާ މި އުޅަނދުގައި ސްޕޭސް ޓްރެކިންގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވެ އެވެ.
ލަންކާގެ ޕޯޓް އޮފިޝަލުން މީޑިއާގައި ވިދާޅުވެފައިވާ ގޮތުގައި އިންޑިއާއާ ކައިރީގައި އޮންނަ ހަމްބަންޓޯޓާ ބަނދަރަށް އުޅަނދު ވަންނަން ހުއްދަ ދިނީ ލަންކާގެ ކަނޑުގެ ސަރަހައްދުގައި އޮވެ ރިސާޗްގެ އެއްވެސް މަސައްކަތެއް ނުކުރުމަށް ޝަރުތުކޮށްފަ އެވެ.
ލަންކާ އިން ލޯނު ނުދެއްކުމުން ޗައިނާގެ ކުންފުންޏަކަށް 99 އަަހަރަށް ދީފައިވާ ބަނދަރަށް މި ބޯޓު އަންނާތީ އިންޑިއާއިން ކުރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އިންޑިއާ އިން ބުނީ މިއީ އެ ގައުމަށް ޖާސޫސްކުރުމަށް ބޭނުންކޮށްފާނެ އުޅަނދެއް ކަމަށެވެ. މި ކަންބޮޑުވުމާ އެކު ލަންކާއިން ވަނީ ވަކި ގޮތެއް އަންގަންދެން ޗައިނާގެ އުޅަނދު އައުން ފަސްކުރަން ވެސް ކުރިން އަންގައިފަ އެވެ. އެކަމަކު ފަހުން ހުއްދަ ދިނީ އެވެ.
ލަންކާގެ ފޮރިން މިނިސްޓްރީން ބުނީ ހަމްބަންޓޯޓާ ބަނދަރުގައި މި ބޯޓު މި މަހުގެ 22 ވަނަ ދުވަހާ ހަމަޔަށް އޮތުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
ދިރާސާކުރާ މީހުންނާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި ޗައިނާގެ މި އުޅަނދަކީ ސެޓެލައިޓާއި ރޮކެޓާއި އިންޓަކޮނެޓިނެންޓަލް ބެލަސްޓިކް މިސައިލް ލޯންޗާތައް ޓްރެކްކުރުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެކެވެ.
އިންޑިއާގެ އެންޑީޓީވީން ބުނި ގޮތުގައި މި އުޅަނދާ މެދު އިންޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އުޅަނދު ދަތުރުކުރަމުން ދާއިރު ވެސް އިންޑިއާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތައް ހުރި ތަންތަން ދެނެގަތުމަށް މަސައްކަތް ކޮށްފާނެތީ އެވެ. އެކަމަކު ޗައިނާއިން ކުރިން ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާއިން ހުއްދަ ދީފި
ޗައިނާގެ މަނަވަރެއް ލަންކާއަށް ދާތީ އިންޑިއާ ޝަކުވާގައި
ޗައިނާއިން އެހީދިނަސް އިންޑިއާއާ ގުޅުން ރަނގަޅު:ރަނިލް
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގެ ރައީސް ޗައިނާ އަށް، ބޮޑުވަޒީރު އިންޑިއާ އަށް