Roadha Mihaaru
ކޮވެކްސްގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ލަންކާ އަށް

ކޮވެކްސްގެ ފުރަތަމަ ޝިޕްމަންޓް މާދަމާ ލަންކާ އަށް

06 މާޗް 2021

ކޮލަމްބޯ (މާޗް 6) - މަދުން އާމްދަނީ ލިބޭ ހުރިހާ ގައުމަކަށް ވެސް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި ޔުނިސެފުގެ އިސްނެގުމާ އެކު އުފައްދާފައިވާ ކޮވެކްސް ސްކީމުގެ ދަށުން ސްރީ ލަންކާ އަށް ދޭ ފުރަތަމަ ވެކްސިން ޝިޕްމަންޓް މާދަމާ އެ ގައުމަށް ލިބޭނެ ކަމަށް ޔުނިސެފުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮވެކްސް އިން ލަންކާ އަށް ފުރަތަމަ ދެނީ އޮކްސްފޯޑް/އެސްޓްރަޒެނެކާގެ 264،000 ވެކްސިން ޑޯޒެވެ. ކޮވެކްސް ސްކީމުގެ ދަށުން ގައުމުތަކުގެ އެންމެ ނާޒުކް އާބާދީގެ 20 ޕަސެންޓަށްވާ ވަރަށް ވެކްސިން ފޯރުކޮށްދޭނެ އެވެ. އެ ސްކީމުން ލަންކާ އަށް ދިނުމަށް ހަމަޖެހިފައި ވަނީ 1.44 މިލިއަން ޑޯޒުގެ ވެކްސިނެވެ. އެކި މަރުހަލާތަކުގައި، މެއި މަހުގެ ކުރިން އެ އަދަދަށް ލަންކާ އަށް ވެކްސިން ފޯރުކޮށްދޭނެ އެވެ.

ލަންކާ އިން ބުނީ ކޮވެކްސް އިން ލިބޭ ފުރަތަމަ ޝިޕްމަންޓުގެ ވެކްސިން ޖަހާނީ 60 އަހަރުން މަތީގެ އެންމެ ރިސްކް ބޮޑު މީހުންނަށް ކަމަށެވެ.

ކޮވެކްސް ސްކީމުގެ ދަށުން މި އަހަރުތެރޭ ދެ ބިލިއަން ޑޯޒުގެ ވެކްސިން، މަދުން އާމްދަނީ ލިބޭ އަދި މެދު ފަންތީގެ 92 ގައުމަށް ފޯރުކޮށްދެވޭނެ ކަމަށް ޔުނިސެފުން އުއްމީދު ކުރެ އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ކޮވެކްސްގެ ސްކީމްގެ 14.4 މިލިއަން ޑޯޒުގެ ވެކްސިން މި ހަފުތާތެރޭ 31 ގައުމަކަށް ދީ ނިންމާނެ ކަމަށެވެ. އެ ސްކީމުން މިހާތަނަށް ވަނީ 20 ގައުމަކަށް 20 މިލިއަން ޑޯޒުގެ ވެކްސިން ފޯރުކޮށްދީފަ އެވެ.