14 މާޗް 2024
އުމުރުން ފަސް އަހަރުން ދަށުގެ ކުރިން މަރުވި އަދަދު 2022 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި މިއީ އެ އުމުރުފުރާގެ ކުދިން މަރުވި އަދަދު ފަސް މިލިއަނަށްވުރެ ދަށްވި ފުރަތަމަ އަހަރު ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފި އެވެ.
އުމުރުން ފަސް އަހަރުން ދަށުގެ ކުރިން މަރުވި އަދަދު 2022 ވަނަ އަހަރު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި މިއީ އެ އުމުރުފުރާގެ ކުދިން މަރުވި އަދަދު ފަސް މިލިއަނަށްވުރެ ދަށްވި ފުރަތަމަ އަހަރު ކަމަށް އދ.ގެ ރިޕޯޓެއްގައި ބުނެފި އެވެ.
އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު މަރުވި ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 4.9 މިލިއަނެވެ. މިއީ 2000 ވަނަ އަހަރާ އަޅާބަލާއިރު 51 ޕަސެންޓުގެ ދަށްވުމެކެވެ. އަދި 1990 ވަނަ އަހަރާ އަޅާބަލާއިރު 62 ޕަސެންޓުގެ ދަށްވުމެކެވެ.
އެކަމަކު މި ރިޕޯޓްގައި ބުނެފައިވަނީ ކުދިން މަރުވާ ރޭޓް ދަށްވުމުގައި ރަނގަޅު ކުރިއެރުންތަކެއް ފެންނަން ހުއްޓަސް އެ ކުރިއެރުން ލިބެމުންދާ ސްޕީޑް އެކަށީގެންވާ ވަރަށްވުރެ ދަށް ކަމަށާއި އެހެންވެ މިކަމުގައި އަދިވެސް ވަރަށް ބޮޑަށް ސަމާލުވެ އެ ކުރިއެރުން ދަމަހައްޓަން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
"ރަނގަޅު ވަރަށް ގިނަ ޚަބަރުތައް އެބަހުރި. އެންމެ ބޮޑު ކަމަކީ ފަސް އަހަރުން ދަށުގެ ކުދިން މަރުވި އަދަދު މުޅި ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ފަސް މިލިއަނުން ދަށްވުން. މި އަދަދު މިހާރު ހުރީ 4.9 މިލިއަނުގައި،" އދ.ގެ ކުޑަކުދިންގެ އިދާރާ، ޔުނިސެފްގެ ޑިރެކްޓަ އޮފް ހެލްތު ހެލްގާ ފޮގްސްޓަޑް ވިދާޅުވި އެވެ.
ޔުނިސެފާއި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އަދި ވޯލްޑް ބޭންކު ގުޅިގެން ހެދި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޅަފަތުގައި ކުދިން މަރުވާ ރޭޓް ދަށްކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުންނެވެ.
"މި ނަންބަރުތަކުގެ ފަހަތުގައި އޮތީ ރައްކާތެރިކަމުގައި ވިހެއުމަށް މައިންނަށް އެހީވެދޭ ފޫޅުމައިންނާއި ތަޖުރިބާކާރު ސިއްހީ އެހީތެރިންގެ ވާހަކަ ... ނުރައްކާތެރި ބަލިތަކުން ރައްކާތެރިކުރުމަށް ވެކްސިން ދިނުން،" ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ އަލަށް އުފަންވާ ކުދިންނަށް ހުރިހާ ނުރައްކާތައް އަދިވެސް ވަރަށް ގިނަ ކަމަށާއި އެ ކަންކަމާ ދެކޮޅަށް ކުރަންޖެހޭ މަސައްކަތް ވެސް ވަރަށް ގިނަ ކަމަށެވެ. -- އޭއެފްޕީ
ކޮވިޑް-19 އާ ހެދި ކުދިންނަށް ވެކްސިން ނުދެވިފައި
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ
އަފްގާނިސްތާނުގައި ހިމަބިހި ފެތުރެނީ
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް
ޔަމަނުން ކޮލެރާ ނައްތާލަން ސައޫދީން އެހީ ވަނީ
ދުނިޔޭގެ ކޮލެރާ ވެކްސިން ސްޓޮކް ހުސްވެއްޖެ
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ
އެމްޕޮކްސްގެ ނުރައްކާ އާންމުވެއްޖެ ކަމަށް ކަނޑައަޅައިފި