Roadha Mihaaru

ދުންފަތުން ދިވެހިން ސަލާމަތްކުރަން ރައީސް އެޅުއްވި ފިޔަވަޅުތަކަކީ ދުނިޔެއަށް ނަމޫނާއެއް: ގެބްރިއޭސަސް

ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ދުންފަތުގެ ބާވަތްތަކުން ދިވެހި ޖީލުތައް ސަލާމަތް ކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ކެރިގެން އެޅުއްވި ވަރުގަދަ ފިޔަވަޅުތަކަކީ، ދުނިޔެއަށް ނަމޫނާއެއްގެ އިތުރުން އެ މަސައްކަތް ކުރަމުންދާ އެހެން ގައުމުތަކަށް ލިބުނު ހިތްވަރެއްގެ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯގެ ވެރިޔާ ސިފަކުރައްވައިފި އެވެ.

ދުންފަތާ ދެކޮޅަށް ރައީސް ދެއްކެވީ ދުނިޔެއަށް ނަމޫނާއެއް

ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭ ދުންފަތުގެ ބާވަތްތަކުން ދިވެހި ޖީލުތައް ސަލާމަތް ކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ކެރިގެން އެޅުއްވި ވަރުގަދަ ފިޔަވަޅުތަކަކީ، ދުނިޔެއަށް ނަމޫނާއެއްގެ އިތުރުން އެ މަސައްކަތް ކުރަމުންދާ އެހެން ގައުމުތަކަށް ލިބުނު ހިތްވަރެއްގެ ގޮތުގައި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯގެ ވެރިޔާ ސިފަކުރައްވައިފި އެވެ.

ދުންފަތާ ދެކޮޅަށް ރާއްޖޭގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އަގުވަޒަން ކުރުމަށް އެ މަނިކުފާނަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަޑަނޮމް ގެބްރިއޭސަސް ދެއްވާ ހާއްސަ އެވޯޑު ރޭ ވަނީ އަރުވައިފަ އެވެ.

ރައީސް މުއިއްޒަށް އެ އެވޯޑު އެރުވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލްގެ އެވޯޑު ރައީސް މުއިއްޒާ ހަވާލު ކޮށްދެއްވީ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރު ސައިމާ ވާޒިދު އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލްގެ އެވޯޑް ރައީސް މުއިއްޒަށް ރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލްގެ އެވޯޑް ރައީސް މުއިއްޒަށް ރޭ އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ ހަފުލާއަށް ފޮނުއްވި ހާއްސަ ވީޑިއޯ މެސެޖެއްގައި ގެބްރިއޭސަސް ވަނީ ދުންފަތުގެ ވަބާއިން ދިވެހި ޖީލުތައް ސަލާމަތްކޮށް، ރާއްޖޭގައި ދުންފަތް މަނާކުރުމަށް ރައީސް މުއިއްޒު އިސްވެ އެޅުއްވި ފިޔަވަޅުތައް ވަކިވަކިން ފާހަގަކުރައްވައިފަ އެވެ.

"މިއީ ހަމައެކަނި ރާއްޖެއަށް ހާސިލުކުރެވުނު ވަރުގަދަ ކާމީޔާބީއެއް އެކަންޏެއް ނޫން. މިއީ ދުންފަތުން ރައްޔިތުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ އެހެން ގައުމުތަކަށް ނަމޫނާއެއް، އަދި ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް."

މިގޮތުން، ރާއްޖޭގައި ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުމާއި ވިއްކުން އެއްކޮށް މަނާކުރުމުގެ އިތުރުން ސިނގިރޭޓުން ނަގާ ޑިއުޓީ ވެސް ބޮޑުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތް ކުރުމަށްޓަކައި، ދުންފަތުގެ ޖެނެރޭޝަން ބޭންއެއް ނުވަތަ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ސަރުކާރުން ގާނޫނު އިސްލުކޮށްފައިވާ ކަން ގެބްރިއޭސަސް ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހު މި މަހުގެ 21 ވަނަ ދުވަހު ތަސްދީގު ކޮށްފައިވާއިރު، ހަ މަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ޖެނެރޭޝަނަލް ބޭން" އަށް އަމަލުކުރަން ފަށާނެ އެވެ.

ގެބްރިއޭސަސް ވިދާޅުވި ގޮތުގައި، މިއީ، ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ތިބުމަށް، ރައީސްގެ ދުރުވިސްނުންފުޅާއި އިސްނެންގުވުމުގެ ނަތީޖާ އެވެ.

"މިއީ ހަމައެކަނި ރާއްޖެއަށް ހާސިލުކުރެވުނު ވަރުގަދަ ކާމީޔާބީއެއް އެކަންޏެއް ނޫން. މިއީ ދުންފަތުން ރައްޔިތުން ސަލާމަތް ކުރަން މަސައްކަތް ކުރަމުންދާ އެހެން ގައުމުތަކަށް ނަމޫނާއެއް، އަދި ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް،" ގެބްރިއޭސަސް ވިދާޅުވި އެވެ.

މީގެއިތުރުން، ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްމޯކް ސެސޭޝަން ކްލިނިކުތައް ގާއިމުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް ވެސް އޭނާ ތައުރީފުކުރެއްވި އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި މި އިސްލާހުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫންކަން ކަށަވަރު ކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެކެވެ.

ދުންފަތުގެ ބާވަތެއް ގަންނަނީ އެ އުމުރަށް ފެތޭ މީހެއް ނޫން ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ އައިޑީކާޑު ނުވަތު އެ މީހެއްގެ އުމުރު އަންގައިދޭ ސައްހަ ރަސްމީ ލިޔުމެއް ދެއްކުމުން ނޫނީ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށް ވެސް ގާނޫނަށް ގެނައި އިސްލާހުގައި ވެ އެވެ.

ރައީސް މުއިއްޒު ގެންދަވަނީ އެ ވިޔަފާރީގައި އުޅޭ ފަރާތްތައް ވެސް އެކަން ހުއްޓާލާފައި ކޮންމެވެސް އެހެން ކަމެއް ކުރުމަށް ވެސް މިހާރު ނަސޭހަތްތެރިވެވަޑައިގަންނަވަމުންނެވެ. ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން މަސައްކަތް ކުރައްވަނީ އެންމެންގެ ފައިދާއަށް ކަމަށާއި އޭގެ ނަތީޖާ އެންމެން ގުޅިގެން ނެރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެ އެވެ.