ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
29 މެއި 2025
ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000 ރުފިޔާގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދައިން 2،000ރ. ލިބޭނެ ގޮތް ހަދަން މިއަދު އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އާސަންދަ އިން ބޭސް ލިބުމުގައި މި ދޭތެރެއިން ދިމާވި ހިތްނުތަނަވަސްކަން ވެސް ހައްލުކޮށް، މިހާރު ކުރިއެކޭ އެއްގޮތަށް އަދި އެ އަށް ވުރެ ވެސް ރަނގަޅަށް އެކަން ހައްލު ކޮށްފައިވާ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒާއި ހެލްތު މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ ބޭހެއް ހުސްނުވާނެ އަދަދަށް ލިބޭނެ ކަން ޔަގީން ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވިގޮތުގައި، ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ރަނގަޅު ކުރަން ސަރުކާރުން ކުރިއަށް ދާނީ ރައްޔިތުން އިސްކޮށްގެން، ގޮންޖެހުންތައް ހައްލުކޮށްގެންނެވެ. އެ މަނިކުފާނު ވިދާޅުވީ ގައުމުގައި ތިބެގެން އެންމެ މަތީ ފެންވަރުގައި ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމު ހެެދުމަކީ މި ސަރުކާރުގެ އަމާޒު ކަމަށާއި އެއީ ރައްޔިތުން ވެސް އެދޭނެ ގޮތް ކަމަށެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރަން މިދިޔަ ދުވަސްތަކުގައި ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރެވިއްޖެ ކަމަށާއި އެ ދާއިރާގެ އިންސާނީ ވަސީލަތް އިތުރު ކުރަން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ކަމަށާއި އެއީ ގައުމު ތަރައްގީ ކުރެވޭނީ ވެސް ފުރިހަމަ ސިއްހަތެއްގައި ތިބެގެން ކަމަށް ވާތީ ކަމަށެވެ.
ބަލިތައް ނައްތާލުމަށް މި ސަރުކާރުން އެޅި މުހިންމު ފިޔަވަޅުތައް ވެސް ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އެގޮތުން ވޭޕް މަނާކުރުމާއި ދުންފަތުގެ ޑިއުޓީ ބޮޑުކުރުމާއި ޖެނަރޭޝަން ބޭންއެއް ތައާރަފު ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަންކަން ތަންފީޒު ކުރެއްވީ ގޮންޖެހުންތަކާ އެކު ކަމަށާއި ނަަމަވެސް މި ސަރުކާރުން އިސްކުރީ ރައްޔިތުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ދުންފަތުގެ ވިޔަފާރި ކުރާ މީހުން އެކަން ދޫކޮށް އެހެން މަސައްކަތެއް ކުރުމަށް މިރޭ ވެސް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ދުންފަތުން ނަގާ ޓެކްސްއިން ލިބޭ އާމްދަނީ ހޭދަކުރާނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ކަމަށާއި އެ ޓެކްސްގެ އަގު ދަށް ވެސް ނުކުރާނެ ކަމަށެވެ.
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
އައިޖީއެމްއެޗުގައި ނަމްބަރު އައިނުގެ ވިޔަފާރި ފަށަނީ
ދުންފަތާ ދެކޮޅަށް ރައީސް ދެއްކެވީ ދުނިޔެއަށް ނަމޫނާއެއް
ބޭސް ދަތިވީ ގަސްދުގައި ބޭސް ގެނައުން ހުއްޓާލުމުން
ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް