އަސާސީ ބައެއް ބޭސްތައް ލިބުން ދަތިވެގެން ދިޔައީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
03 މެއި 2025
އަސާސީ ބައެއް ބޭސްތައް ލިބުން ދަތިވެގެން ދިޔައީ، ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ގަސްދުގައި ހުއްޓާލުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އާސަންދަ ރީފޯމްގެ ތެރެއިން 1،000 ނުވަތަ 2،000 ޕަސެންޓު ލައިގެން އާސަންދައިގެ ތެރެއިން ބޭސް ގެނައުން ހުއްޓުވުމަށް ސަރުކާރުން އަގުތައް ކުޑަކުރި ކަމަށެވެ.
އޭގެ ބަދަލު ހިފުމެއްގެ ގޮތުން ސަރުކާރަށް ޖެއްސުމަށް، ބައެއް ވިޔަފާރިވެރިން ބޭސް ގެނައުން ހުއްޓާލި ކަމަށާއި ބޭހުގެ ދަތިކަން ކުރިމަތިވީ އެ ސަބަބާ ގުޅިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.
އެ މައްސަލަ ހައްލުކުރުމުގެ ގޮތުން އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ އިތުރުން ދެން ހުރިހާ ބޭހެއް ގެނެސް އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް ވެސް ގެނެސްފައިވާ ކަމަށާއި ބާކީ ހުރި 308 އަށް އޯޑަރު ދީ، 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، އަގު ކެޕް ކުރި ބައެއް ބޭސްތަކުން 15 ޕަސެންޓު އިތުރުކޮށްދީ، 77 ބޭހަކުން ބޭސް ގެންނަން ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށާއި މިއީ ބޭސް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަނީ!
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި
އަހަރެމެން ބޭސް ބޭނުންކުރަނީ މާ ގިނައިން!
އާސަންދަ މެދުވެރިކޮށް މަކަރާއި ހީލަތް
ތެލެސީމިއާ ސެންޓަރުގެ ބޭސްސިޓީތަކަށް އާސަންދަ ލިބޭނެ