ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ރައީސް ވިދާޅުވެފައި ވަނީ މާދަމާ އިން ފެށިގެން ލޮލުގެ ނަމްބަރު އައިނު ހައްދަން ކޮންމެ ދެ އަހަރަކުން އެއް އަހަރު އާސަންދަ އިން 2،000ރ. ލިބޭނެ ގޮތް ހަދަން އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި އޭގެ އިތުރު ތަފުސީލަށް ވަޑައިގަންނަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އޭގެ "އެޑްވާންޓޭޖު" ނުވަތަ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އެ މަނިކުފާނު ނުދެއްވާނެ ކަމަށެވެ.
"މި ޖެއްސި އަގު 1،000 އިން 2،000 އަށް ހެދީމާ ހަމަ އެއްކަލަ ފީކަޅާ ދުނިގަނޑު ދިނުމުގެ ފުރުސަތެއް ނުލިބޭނެ. އައިޖީއެމްއެޗުގައި އަޅުގަނޑުމެން ފަށާނަން މި މަސައްކަތް. އައިޖީއެމްއެޗުގައި އައިނު ބިޒްނަސް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ އެ ނިންމުމާ އެކު، އައިނުގެ ވިޔަފާރިކުރާ މީހުން ކިތަންމެ ބޮޑަށް ހިތްހަމަނުޖެހުނަސް އެންމެ ރަނގަޅު ކަމަށާއި އެ މަނިކުފާނަށް މުހިންމީ "ވިޔަފާރިވެރިން ރައްޔިތުންނަށް އެ ދެރަ ނިކަމެތިކަން ދިނުމުގެ އާދަ މި ގައުމުން ފިލުވައިލަން" ކަމަށެވެ.
ރައީސް މުއިއްޒު މިދިޔަ ހަފުތާގައި އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި ހެލްތު މިނިސްޓަރު ނާޒިމާއި އެ ހޮސްޕިޓަލްފެ ސީއީއޯ ހަލީމް އަދި އެހެން ބައެއް މިނިސްޓަރުންނާ އެކު.---ފޮޓޯ: ރައީސް އޮފީސް
"ދެން ޕްރައިވެޓް ސެކްޓާގައި ވެސް މިކަން ކުރާ މީހުން ޖެހޭނީ އައިޖީއެމްއެޗާ ކޮމްޕީޓް ކުރަން. ދެން ހަމަ ޕްރައިވެޓް ސެކްޓާގައި އެ ފެންވަރުގެ އައިނާއި އައިނު ދުނިގަނޑު ހައްދައި ދޭން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.
އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު ވެސް އައިނުތަކުގެ އަގު މައްޗަށް ދާނެ ކަމުގެ ޝަކުވާ އެއްބަޔަކު ވަނީ ކުރަން ފަށައިފަ އެވެ.
ރައީސް ރޭ ވިދާޅުވިގޮތުގައި ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށް، ދުންފަތް ބޭނުންކުރުމުގައި ހަރުކަށި ފިޔަވަޅު އެޅުއްވީ ވިޔަފާރިވެރިންގެ ފަރާތުން ލިބޭ ގެއްލުން ހުއްޓުވުމަށް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ނަމްބަރު އައިނު ހެއްދުމަށްޓަކައި އާސަންދައިން ކުޑަ އަގެއް ދޭ މައްސަލަ އާއި އަގު ބޮޑު މައްސަލަ ރިޔާސީ ކެމްޕެއިންގައި ވެސް އެ މަނިކުފާނަށް ވަރަށް ގިނަ މީހުން ޝަކުވާއެއްގެ ގޮތުގައި ހުށަހެޅި ކަމަށެވެ. އެހެންވެ، މިދިޔަ ދުވަސްތަކުގައި އެ ކަންކަން ދިރާސާކޮށް، ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރަން ނިންމެވީ ކަމަށް ވިދާޅުވި އެވެ.
ޕީއެސްއެމްގެ އިންޓަވިއުގައި ރައީސް މުއިއްޒު ވިދާޅުވީ، ސިއްހީ ދާއިރާ ރަނގަޅު ކުރުމަކީ ހުރިހާ ކަމަކާ ލާމެހިފައިވާ ކަމެއް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ވެސް އެއީ ކަމަށެވެ.
"މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 4،000 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ސިއްހީ މަޝްރޫއުތައް އެބަ ހިންގަން. މިއީ ވަރަށް ބައިވަރު މަޝްރޫއު،" ރައީސް ވިދާޅުވި އެވެ.
އައިނު ހައްދަން އާސަންދައިން 2000ރ. ދެނީ
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ޔޫއޭއީ، ތައިލެންޑަށް އާސަންދަ ފުޅާކުރަން ތައްޔާރުވަނީ
އައިވީއެފަށް އާސަންދަ ހަމަޖެއްސިކަން އިއުލާނުކޮށްފި
ހައްޖުވެރިންގެ މެޑިކަލް ކަންކަން އެ ރަށަކުން ފަހިކުރަނީ
އެންމެ ފުރަތަމަ ޑިޖިޓަލް ކުރަނީ ސިއްހީ ދާއިރާ: ރައީސް
އައިޖީއެމްއެޗްގެ ފަސް ޑިޕާޓްމަންޓަކުން ރޭގަނޑު އޯޕީޑީ
އަންނަ އަހަރު ސިއްހީ ދާއިރާ ވަރަށް ބޮޑަށް ރަނގަޅުވާނެ
ދުންފަތާ ދެކޮޅަށް ރައީސް ދެއްކެވީ ދުނިޔެއަށް ނަމޫނާއެއް
އައިޖީއެމްއެޗަށް 75 އެނދު އިތުރުކޮށްފި