12 ނޮވެމްބަރ 2024
އާސަންދައިން ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓު ހޭދަކުރަން ޖެހެނީ އައުޓްޕޭޝަންޓު ހިދުމަތްތަކަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
އާސަންދައިން ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓު ހޭދަކުރަން ޖެހެނީ އައުޓްޕޭޝަންޓު ހިދުމަތްތަކަށް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ބަޖެޓާ ގުޅޭ ތަފްސީލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާސަންދަ ހިދުމަތަށް ކުރި ހޭދައިގެ ތެރެއިން 2.3 ބިލިއަން ރުފިޔާ ބޭނުންކުރީ ބޭހަށާއި ޑޮކްޓަރަަށް ދެއްކުމަށެވެ. އޭގެ ތެރެއިން ޑޮކްޓަރަށް ދެއްކުމަށް ވަނީ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. އަދި ބޭހަށް 980 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެ އެވެ.
ކޮންސިއުމަބަލް އަށް ހޭދަކުރީ 12 މިލިއަން ރުފިޔާ އެވެ.
އައުޓްޕޭޝަން ހިދުމަތްތައް މިދިޔަ އަހަރު 373,848 މީހުން ހޯދިއިރު، އެޑްމިޓް ކޮންގެން ފަރުވާ ހޯދީ، 43,178 މީހުންނެވެ.
އެޑްމިޓް ކޮށްގެން ފަރުވާ ހޯދި މީހުންނަށް މިދިޔަ އަހަރު ހޭދަކުރި ކަމަށް ދައްކަނީ 298 މިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކުދިކުދި ކަންކަމަށް ވެސް އާސަންދަ ނިޒާމުގެ ތެރެއިން ޑޮކްޓަރަށް ދައްކާކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. ބަލި ރަނގަޅަށް ދަނެނުގެނުވި، ގިނަ ފަހަރު ޑޮކްޓަރަށް ދައްކަން ޖެހި، އެކްސްރޭ އާއި ލެބޯޓަރީ ޓެސްޓާއި ސްކޭންތައް ނަގާކަން ފާހަގަކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެކަމަކު، އެފަދަ ހިދުމަތްތައް ގިނައިން ހޯދަނީ ރާއްޖޭގައި އާންމު ބަލިތަކަށް ފަރުވާ ދިނުމުގެ މިންގަނޑުތަކާއި އުސޫލުތައް ގައުމީ ފެންވަރެއްގައި ހެދިފައި ނެތުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ނާޖައިޒު ފައިދާ ނެގޭ ގޮތަށް ކަމަށާއި އެ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އަންނަ އަހަރު އާސަންދައަށް ގިނަ ބަދަލުތަކެއް ގެންނަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަންނަ އަހަރު އާސަންދަ އަށް ގެންނަ މުހިއްމު ހުރިހާ ބަދަލުތަކުން 600 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ސަބްސިޑީ ތިން ގުނަ ކުޑަކޮށް، ސީދާ މީހާއަށް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
މިލިއަނުން ނަގައިގެން ކްލިނިކްތަކުން ހިންގަނީ ސްކޭމެއް
އޭޑީކޭ ހުއްޓުމަކަށް އައުމުގެ ބިރު އެބައޮތް: ނާޝިދު