12 ނޮވެމްބަރ 2024
ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމްގެ ހަރަދު އާދަޔާ ހިލާފަށް ބޮޑުވެ، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމްގެ ހަރަދު އާދަޔާ ހިލާފަށް ބޮޑުވެ، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓު ތަފްސީލްތަކުގައިވާ ގޮތުން ސިފައިންނާއި ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމު މިހާރު އޮތް ގޮތުން ބޮޑު ހަރަދެއް ހިނގަ އެވެ. މި އަހަރު ވެސް ދައުލަތުގެ ބަޖެޓުން ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ވަނީ 322 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
އެ ސްކީމަށް ލިމިޓެއް ނޯންނަ އިރު، ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންސިއުމަބަލްތައް އެ ސްކީމުގެ ތެރެއިން ލިބެ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި، ދައުލަތުން ހަރަދު ކުރަން ޖެހޭ އަދަދު ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށެވެ. ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށް ފަހު، އާސަންދަ ނިޒާމުގެ ތެރެއިން ވެސް ސިއްހީ ފަރުވާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
މި ބަދަލު އަންނަ އަހަރު ކުރީކޮޅު ގެންނަން ވަނީ ނިންމައިފަ އެވެ.
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގ އޮފީހުގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އަހަރު ނިމުނު އިރު އެ އަދަދު ހުރީ 241 މިލިއަން ރުފިޔާގަ އެވެ.
ސިފައިންނާ ފުލުހުންނާއި އެ މީހުންގެ އާއިލާތަކަށް 2019 ވަނަ އަހަރު 148 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންވެ، މިދިޔަ ފަސް އަހަރު ތެރޭގައި ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް ކުރި ހޭދަވަނީ ގާތްގަނޑަކަށް 40 ޕަސެންޓަށް އިތުރުވެފަ އެވެ.
ފުލުހުން/ސިފައިންގެ އިންޝުއަރެންސަށް އުނިކަމެއް ނާންނާނެ
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
"ވަކިވަކި އިދާރާތަކަށް ސިއްހީ ސްކީމު ހިންގުން ގޯސް"
ފުލުހުންނާއި ސިފައިންގެ ސިއްހީ ސްކީމް: އިންސާފެއްތަ؟
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
ރެކޯޑު އަދަދަކަށް މި އަހަރު އާސަންދަ އަށް ހަރަދުކޮށްފި
ރެކޯޑު އަދަދެއްގެ ކޮމެންޓުން ވަރުގަދަ ރައްދުތަކެއް!
އާސަންދަގެ ބަޖެޓަށް ވުރެ ދެ ގުނަ އިތުރަށް ޚަރަދުކޮށްފި