Roadha Mihaaru
ކޮވިޑް-19 އާ ހެދި ކުދިންނަށް ވެކްސިން ނުދެވިފައި

ކޮވިޑް-19 އާ ހެދި ކުދިންނަށް ވެކްސިން ނުދެވިފައި

19 ޖުލައި 2020

މުޅި ދުނިޔެ ކޮވިޑް-19 ގެ މަލިމަޑުކަމުގެ ތެރޭގައި އޮތުމުން ގައުމުތަކުގައި ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަމަށް ވަރަށް ބޮޑަަށް ބުރޫއަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މުޅި ދުނިޔެ ކޮވިޑް-19 ގެ މަލިމަޑުކަމުގެ ތެރޭގައި އޮތުމުން ގައުމުތަކުގައި ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަމަށް ވަރަށް ބޮޑަަށް ބުރޫއަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ބުނި ގޮތުގައި ދުނިޔޭގެ ގައުމުތަކުގެ ސިއްހީ ދާއިރާ މިހާރު މުޅިންހެން ކޮވިޑް-19އާ ދެކޮޅަށް މަސައްކަތްކުރަން ޖެހިފައިވާތީ، ފާއިތުވި 30 އަހަރުގެ ތެރޭގައި ވެކްސިން ދިމުނުގެ ކަންކަމަށް ބުރޫނާރާ ވަރަށް ފާއިތުވި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ވަނީ ބުރޫއަރައިފަ އެވެ. މީގެ ސަބަބުން ކުދިންނަށް ދޭން ޖެހޭ މުހިއްމު ވެކްސިންތަކުގެ ތެރޭގައި ހިމެނޭ ޓެޓްނަސް އާއި ޑިޕްތީރިއާ އާއި ވޫޕިން ކަފް ދިނުން ބޮޑުތަނުން މަދުވެފައިވާ ކަމަށް ބުންޏެވެ.

ނަމަވެސް ވެކްސިނަކީ އެކި ބަލިތަކުން ރައްކާތެރިކަން ހޯދައި، ދިފާއީ ނިޒާމު ވަރުގަދަކުރަން ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ހަތިޔާރެވެ. އެހެންވެ ޑަބްލިއުއެޗްއޯ އާއި ޔުނިސެފުން އަބަދު ވެސް އަންނަނީ ކުދިންނަށް ދޭންޖެހޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ގައުމުތަކަށް ގޮވައިލަމުންނެވެ.

އދ. އިން ފާޅުކުރި ކަންބޮޑުވުންތަކަށް އިޝާރާތްކޮށް އެ ދެ ޖަމިއްޔާ އިން ބުނީ ފާއިތުވި ތިން މަހުގެ ތެރޭގައި 80 އަށް ވުރެ ގައުމުތަކުގައި ކުރިއަށް ގެންދާ އިމިއުނިޒޭޝަން ޕްރޮގްރާމްތަކަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި މިގޮތަށް ދިމާވުމުގައި ވެސް މުހިއްމު ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާގައި މަަސައްކަތްކުރާ މީހުންނަށް އެކަށީގެންވާ ވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްޕްމަންޓް (ޕީޕީއީ) ނުލިބުމާއި ދަތުރުފަތުރަކަށް ދިމާވި ދަތިތަކާއި އާންމު ސިއްހަތު ދާއިރާގައި މަސައްކަތްކުރާ މީހުން މަސައްކަތްތަކަށް ނުކުތުން ޖެހިލުންވުން ފަދަ ކަންކަން ހިމެނެ އެވެ.

މި ސަބަބުތަކާ ހެދި މިދިޔަ މެއި މަހާ ހަމައަށް ކުރިއަށް ގެންދަން ރޭވި މީސިލްސް (ހިމަބިހި) ނައްތައިލުމަށް 30 ކެމްޕޭނެއް ވެސް ހުއްޓުމަކަށް އައިސްފައިވެ އެވެ.