22 ޖެނުއަރީ 2021
ކޮވިޑް-19 އަށް ބޭނުންކުރަން ފަށާފައިވާ ވެކްސިންތައް ޖަހާފައިވާ މީހުންނަށް އެ ބަލީގެ އާ ވޭރިއަންޓުގެ ނުރައްކާ ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމުގެ ހެކިތަކެއް އެބަހުރި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ކޮވިޑް-19 އަށް ބޭނުންކުރަން ފަށާފައިވާ ވެކްސިންތައް ޖަހާފައިވާ މީހުންނަށް އެ ބަލީގެ އާ ވޭރިއަންޓުގެ ނުރައްކާ ވެސް ވަރަށް ބޮޑަށް ކުޑަވެގެންދާ ކަމުގެ ހެކިތަކެއް އެބަހުރި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކާގެ ރޮކްފެލާ ޔުނިވަސިޓީގެ ޓީމަކުން ހަދާފައިވާ ދިރާސާގައި ބުނެފައިވާ ގޮތުގައި ފައިޒާ/ބައޯއެންޓެކް އާއި މޮޑަނާ ފަދަ ވެކްސިންތަކުގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ ލޭ/ޕްލަސްމާގެ ސާމްޕަލް ނަގައިިގެން ހެދި ޓެސްޓްތަކުން، ކޮވިޑްގެ އާ ވޭރިއަންޓުން އެ މީހުން ދިފާއުކޮށްދޭނެކަން ހާމަވެފައިވެ އެވެ.
އެހެންވެ މިއީ ކޮވިޑްގެ އާ ވޭރިއަންޓާ ދޭތެރޭ އުފެދިފައި އޮތް ކަންބޮޑުވުންތަކާއި ނުތަނަވަސް ކަމަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ބުންޏެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މުޅި ދުނިޔެ އެފުށްމިފުށަށް ޖަހާލި ކޮވިޑް-19 ގެ އާ ވޭރިއަންޓް މިދިޔަ އަހަރުގެ ފަހުކޮޅު އެންމެ ގިނައިން ފެނުނީ އިނގިރޭސިވިލާތުންނެވެ. ފަސޭހައިން ފެތުރޭ އެ ވޭރިއަންޓްގެ ހަގީގަތް ހޯދަން މިހާތަނަށް ކުރި މަސައްކަތްތަކުން އެނގިފައި ވަނީ އެއީ ދެކުނު އެފްރިކާ އިން ފެނުނު އެއްޗެއް ކަމެވެ.
ކޮވިޑްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އާ ވޭރިއަންޓުން ސަލާމަތްވުމުގެ ފުރުސަތު އޮތްކަން ހާމަވީ ވެކްސިންގެ ޑޯޒްތައް ދިން ވިއްސަކަށް މީހުން ދެ ގްރޫޕަކަށް ބަހާލައިގެން ޓެސްޓްތަކެއް ހަދައިގެންނެވެ. އެގޮތުން ދެ ޑޯޒް ފުރިހަމަކުރި މީހުންނަށް ކޮވިޑްގެ އާ ވޭރިއަންޓުން ދިފާއުވުމުގެ ފުރުސަތު އެ ނޫން މީހުންނާ އަޅާބަލާއިރު ބޮޑުކަން ހާމަވެފައިވެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އެންޓިބޮޑީ ވަރުގަދަކަމާއި ދިގު މުއްދަތަކަށް އާ އެންޓޮބޮޑީ އުފެދުމުގެ ފުރުސަތު އޮތްކަން ވެސް ދިރާސާ އިން އެނގިފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ދިރާސާ ޓީމްގައި އިސްކޮށް ހުންނެވި ރޮކްފެލާ ޔުނިވަސިޓީގެ ޑރ. މައިކަލް ނަސެންޒްވީގް ވިދާޅުވީ މިކަމުން ލިބޭ އެންމެ ބޮޑު ހިވްވަރަކީ ވެކްސިންތަކަށް އިތުބާރުކޮށް ވީހާ ވެސް އަވަހަށް ވީހާ ވެސް ގިނަ ބަޔަކު ވެކްސިން ޖަހަން ޖެހޭ ކަމެވެ.
"މިއީ ހަގީގަތުގައި އެތައް ބަޔަކު ހޮސްޕިޓަލާ ދުރުކޮށް ދެވޭނެ ކަމެއް." އޭނާ ވިދާޅުވި އެވެ.
ހަމަމިއާ އެކު ވެކްސިންތައް އަޕްޑޭޓްކުރުމަކީ ވެެސް ވަރަށް ބޮޑަށް އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމަށް މައިކަލް ވިދާޅުވި އެވެ.
ކޮވިޑަށް މިހާރު ބޭނުންކުރަން ފަށާފައިވާ ވެކްސިންތަކުގެ އިތުރުން ނެރުމުގެ މަރުހަލާގައި ހުރި ވެކްސިންތަކާއި އަދި އުފެއްދުމުގެ މަރުހަލާގައި ވެސް ގިނަ ވެކްސިންތަކެއް އެބަހުއްޓެވެ.
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ
ޗައިނާގެ ވެކްސިން ޖެހި މީހުންނަށް ކޮވިޑުގެ ވޭން މާބޮޑު
ވެކްސިން ނުޖެހުމުން ޝޯއަކުން ވަކިކުރި އެކްޓަރަކު ކޯޓަށް
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން
ޕާކިސްތާނުގައި ސިމް ބްލޮކްކުރާތީ ވެކްސިން ޖެހުން އިތުރު
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް
ވެކްސިން ނުޖަހާ ނަމަ ޖަލަށް ލާނެކަމުގެ އިންޒާރު ދީފި
ޕާކިސްތާނުގައި ވެކްސިން ނުޖަހާ ނަމަ ސިމް ބްލޮކްކުރަނީ
ކޮވިޑް ވެކްސިން ނުޖަހާ ނަމަ މުސާރަ ނުދޭ ނިންމުމެއް
މެލޭރިއާ ވެކްސިންގެ ޓެސްޓްތަކުން އުންމީދީ ނަތީޖާތަކެއް