04 ޖޫން 2021
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސިޓީއެއްގައި ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސިޓީއެއްގައި ކޮވިޑް-19 ގެ ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން މި އުސޫލަށް އަމަލުކުރަން ނިންމާފައި ވަނީ ފީރޯޒްއާބާދު ސިޓީގަ އެވެ. އެތަނުގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް ޗަންދުރަ ވިޖޭ ނެރުއްވި އަމުރެއްގައި ވިދާޅުވީ "ވެކްސިން އަށް ނޫނެކޭ ބުނާ ސަރުކާރުގެ މުވައްޒަފުންނަށް ބުނަން އޮތީ މުސާރައެއް ވެސް ނެތް" ކަމަށެވެ.
ފީރޯޒްއާބާދުގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ޗަރުޗިތު ގޯރް ވިދާޅުވީ ވެކްސިން ނުޖަހާ ތިބި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް މިދިޔަ މަހުން ފެށިގެން މުސާރަ ނުދޭން ނިންމާފައިވާ ކަމަށެވެ. އެހެންވެ އެ މައުލޫމާތު މިހާރު ފީރޯޒްއާބާދުގެ ސަރުކާރުގެ އޮފީސްތަކަށް އަންގައި އެކަމާ ގުޅޭ ކަންކަން ކުރާނެ ގޮތުގެ އިރުޝާދު މުސާރައާ ގުޅޭ ކަންކަން ކުރާ މުވައްޒަފުންނަށް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެ މަގުސަދަކީ ވެކްސިން ޖަހަން ގިނަ ބަޔަކަށް ހިތްވަރު ދިނުން. މި ވަގުތު ކޮވިޑުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ އެންމެ މުހިއްމު ކަމަކީ ވެސް އެއީ،" އޭނާ ވިދާޅުވި އެވެ. "ވެކްސިން ނުޖަހާ މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ އިތުރަށް އެކަމަށް ކަނޑައެޅިގެން ދެކޮޅު ހަދާ ނަމަ އެ މީހެއްގެ ވަޒީފާ ވެސް އާ އުސޫލުގެ ތެރެއިން ގެއްލުމުގެ ފުރުސަތު އެބަ އޮތް."
އުއްތަރު ޕްރަދޭޝްގައި މީހަކު ވެކްސިން ޖަހަނީ.
އިންޑިއާ އަކީ މި ވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމެވެ. އެހެންވެ އެ ގައުމުގެ އެކި ސްޓޭޓްތަކުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން އުއްތަރު ޕްރަދޭޝްގައި ވެސް އަންނަނީ ވެކްސިން ޖަހަން ބާރު އެޅުމުގެ ގޮތުން ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެެވެ. އޭގެ ތެރޭގައި ވެކްސިނަށް ހޭލުންތެރިކަން އުފެއްދުން ހިމެނެ އެވެ.
ވެކްސިން ނުޖެހުމުން ޝޯއަކުން ވަކިކުރި އެކްޓަރަކު ކޯޓަށް
ވެކްސިންނުޖަހާ މީހުންނާ ބައްދަލެއް ނުކުރަން: އެނިސްޓަން
ޕާކިސްތާނުގައި ސިމް ބްލޮކްކުރާތީ ވެކްސިން ޖެހުން އިތުރު
ވެކްސިން ޖަހާ މީހުންނަށް 100 ޑޮލަރުގެ ބޯނަހެއް
ވެކްސިން ނުޖަހާ ނަމަ ޖަލަށް ލާނެކަމުގެ އިންޒާރު ދީފި
ޕާކިސްތާނުގައި ވެކްސިން ނުޖަހާ ނަމަ ސިމް ބްލޮކްކުރަނީ
ވެކްސިން ފުރިހަމަކުރާ މީހުންނަށް އެމެރިކާގައި ލުއި ދީފި
ސިންގަޕޫރު އެއާލައިންސުން މުވައްޒަފުންނަށް ވެކްސިން ދެނީ
އާ ވޭރިއަންޓް ވެކްސިނަށް ގުޑާ ކަމުގެ އިތުރު ހެކި
މިއީ ފަރާޓާއެއް، މާސްކެއް ނޫން!