13 ޖެނުއަރީ 2020
ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކު ފެނިގެން އެ ކުއްޖާގެ ޓެސްޓުތައް އައިޖީއެމްއެޗުގައި ހަދަން ފަށައިފި އެވެ.
ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކު ފެނިގެން އެ ކުއްޖާގެ ޓެސްޓުތައް އައިޖީއެމްއެޗުގައި ހަދަން ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭތީ ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އެކަމަކު، އެއީ ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައިވާ ކުއްޖެއް ކަމެއް ނުވަތަ ނޫން ކަމެއް ކަމާ ބެހޭ އިދާރާތަކުން އަދިއެއް ނުބުނެ އެވެ.
"އެ ކުއްޖާ އައިޖީއެމްއެޗަށް ގެނައީ އިއްޔެގެ އިރުއޮއްސުނުހާއިރު. އަޅުގަނޑުމެން މިހާރު މިދަނީ ޓެސްޓުތައް ހަދަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަން އިއުލާން ކޮށްފައިވާތާ ދެ އަހަރެއްހާ ދުވަސް ފަހުން، އެ ބަލި ޖެހިފައިވާ ކުއްޖަކު ފެނިގެން ފަރުވާ ދީފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ހަފުތާގަ އެވެ. އުމުރުން ތިން އަހަރުގެ އެ ފިރިހެން ކުއްޖާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނީ އެއީ ވެކްސިން ޑޯޒް ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ، އުމުރުން ތިން އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ނުދީ ހުރި ކުއްޖެއް ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާދީ، އެ ކުއްޖާ ރަނގަޅު ވެ އަދި އެ ކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވުމުން އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، ހިމަބިހި ކަމަށް ޝައްކު ކުރެވިގެން މިހާރު އެ ހޮސްޕިޓަލްގައި ފަރުވާދޭ ކުއްޖާ އާއި އެ ބަލި ކުރިން ޖެހުނު ކުއްޖާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް ކަމުގެ މައުލޫމާތެއް ނެތް ކަމަށެވެ.
ހިމަބިހި ކުރިން ޖެހުނު ތިން އަހަރުގެ ކުއްޖާ ޒިޔާރަތްކުރި ތަންތަނަށް ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން އެކަމަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
"އެ ކުއްޖާ އައިޖީއެމްއެޗަށް ގެނައީ އިއްޔެގެ އިރުއޮއްސުނުހާއިރު. އަޅުގަނޑުމެން މިހާރު މިދަނީ ޓެސްޓުތައް ހަދަމުން،" އޮފިޝަލް
އެގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގައިި ހުރި ކެފޭތަކަށް ހަވީރުގެ ވަގުތުތަކުގައި ދިޔަ މީހުންނާއި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 8 އިން ފެށިގެން 11 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހުން ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
އަދި، މި މަހުގެ ފަސް ވަނަ ދުވަހުގެ ހަވީރު 5 އިން ފެށިގެން ރޭގަނޑު 9 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހުންގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭގަނޑު 7 އިން ފެށިގެން 10 އާ ހަމައަށް ސެނަހިޔާއަށް ދިޔަ މީހުންނާއި މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 7 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލަށް ދިޔަ މީހުންނާއި މި މަހުގެ އަށް ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން މެންދުރު 1:30 އަށް ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ މީހުން ވެސް އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑް، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ސެޕްޓެމްބަރު 6، 2017 ގައި ދީފަ އެވެ. އެ ބަލި ރާއްޖެ އިން ނައްްތާލާފައިވާ ކަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ ޖޫން 13، 2017 ގަ އެވެ. އެގޮތަށް އިއުލާން ކުރީ އެ ބަލި ނައްތައިލުމަށް ހިންގި ގައުމީ ފެންވަރުގެ ކެމްޕެއިނަކަށް ފަހު އެވެ.
ހިމަބިހިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ދޭން ފެށީ 1983 ގަ އެވެ. އަދި އެ ބަލި ޖެހިފައިވާ މީހަކު އެންމެ ފުރަތަމަ ރާއްޖޭން ފެނުނީ 2009
ހިމަބިހި ޖެހުނީ ވެކްސިންނުދީ ހުރި 3އަހަރުގެ ކުއްޖަކަށް
18 އަހަރުން ދަށުގެ ކުދިންގެ ވެކްސިނާ ބެހޭ ދަފްތަރެއް
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި
މިޝްކާގެ ވަކިވުން: ގެއްލުނީ ޖަވާހިރެއް!
އެމްބިއުލާންސްގެ އިންތިޒާރުގައި ތިއްބާ ހޭނެތި، މަރު!
ވެކްސިން ޖަހާ ސެންޓަރުތައް ހުހަށް!
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ
ވެކްސިން ޖަހަން 20،000 މީހުން ރަޖިސްޓަރީކޮށްފި
އެއް މަހުގެ ކުއްޖާގެ ހާލު ރަނގަޅު: އެޗްއީއޯސީ
40 އަހަރުން ދަށުގެ އެންމެންނަށް ހިމަބިހީގެ ވެކްސިން