Roadha Mihaaru
ރާއްޖޭގައި ކޮވިޑް ވެކްސިން މާދަމާ ދޭން ފަށަނީ

މާލެ އާއި އައްޑޫ އަދި ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން ދޭން މާދަމާ ފަށަނީ

31 ޖެނުއަރީ 2021

ރާއްޖޭގައި މާދަމާ ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގައި މާދަމާ ކޮވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހް މާހިރު "މިހާރު"އަށް ވިދާޅުވީ މާދަމާ ވެކްސިން ދޭން ފަށާނީ މާލެ އާއި އައްޑޫގެ އިތުރުން ހދ. ކުޅުދުއްފުށީގައި ކަމަށެވެ. އައްޑު އާއި ކުޅުދުއްފުއްޓަށް މިހާރު ވަނީ ވެކްސިން ފޮނުވައިފަ އެވެ.

"އެންމެ ފުރަތަމަ ފަށާނީ ހެލްތު ވޯކާސްއަށް،" ޝާހް ވިދާޅުވި އެވެ.

ރާއްޖޭގައި ދޭން ނިންމާފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނަށް ކަމަށްވާ "ކޮވިޝީލްޑް" އަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފަ އެވެ. ކޮވިޝީލްޑަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް، ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ.

ވެކްސިން ދިނުމުގައި އިސްކަންދޭނެ ތަރުތީބެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ. ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި މާބަނޑުމީހުންނަށް ކޮވިޑް ވެކްސިން ނުޖަހާނެ އެވެ.

ރާއްޖޭގައި ދޭން ނިންމާފައިވާ ކޮވިޝީލްޑް ވެކްސިން: ވެކްސިން ދޭން ތަރުތީބުތަކެއް ކަނޑައަޅާފައިވާ އިރު މަދަމާ ވެކްސިން ޖަހާނީ ސިއްހީ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް.

ރާއްޖޭގައި ދޭން ނިންމާފައިވާ ކޮވިޝީލްޑް ވެކްސިން: ވެކްސިން ދޭން ތަރުތީބުތަކެއް ކަނޑައަޅާފައިވާ އިރު މަދަމާ ވެކްސިން ޖަހާނީ ސިއްހީ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށް.

ރާއްޖޭގައި މިހާރު ހުރީ އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" 100،000 ޑޯޒެވެ. އަދި އެސްޓްރަޒެނެކާގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާގެ ސިންގަޕޫރު ކުންފުންޏާ އެކު ވަނީ ރާއްޖޭން ސޮއިކޮށްފަ އެވެ.

އެމްއެފްޑީއެފުން ބުނެފައިވާ ގޮތުގައި ކޮންމެ ވެކްސިނަކީ ވެސް އޭގެ ސަބަބުން ކޮންމެވެސް ރިއެކްޝަންތަކެއް ކުރިމަތިވާ އެއްޗެއް ކަމަށާއި ކޮވިޝީލްޑް ވެކްސިނުން ވެސް ދިމާވެދާނެ މައްސަލަތައް އެޗްޕީއޭއާ ގުޅިގެން ބަލަމުންދާނެ ކަމަށެވެ.

ވެކްސިން ޖަހަން ހުޅުވާލުމުން މިދިޔަ ހަފުތާގެ ނިޔަލަށް ވަނީ 20،000 އަށް ވުރެން ގިނަ މީހުން ޕޯޓަލްގައި ރަޖިސްޓްރީވެފަ އެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ޖަހަން ޖެހޭ މި ވެކްސިން ރާއްޖޭގައި މިހާރު ހުރީ 50،000 މީހުންނަށް ވާ ވަރަށެވެ.